Advertisement
header ad
XeeTimesXeeTimes
އަލުވިން ތައްޔާރުކުރެވިދާނެ މީރު އެއްޗެއް! ބަދިގެ

އަލުވިން ތައްޔާރުކުރެވިދާނެ މީރު އެއްޗެއް!

ބޭނުންވާތަކެތި

2 އަލުވި

½ ފިޔާ

Article - in content
Advertisement

2 ސަމުސާ އޮލިވް އޮއިލް

6 ބިސް

½ ސައިސަމުސާ އަސޭމިރުސް

½ ސައިސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް

ފިޔާ ކުދިކޮށް ކޮށާށެވެ. އަލުވީގެ ތޮށިމަށާފަ ދޮވެލާށެވެ. ހަތަރުފަޅިއަށް އަލުވި ފެޅުމަށްފަހު ތުނިކޮށް ކޮށާށެވެ. ތަވާ ހޫނުވުމުން އޮލިވް އޮއިލް އެޅުމަށްފަހު ފިޔާ، އަލުވި އަޅާށެވެ. މަޑުގިނީގައި ބަހައްޓައިގެން އަލުވި މަޑުވަންދެން މަތިޖަހައިގެން ކައްކާށެވެ. އަލުވީގެ ކުލަ ކުޑަކޮށް ރަތްކުލައަށް ބަދަލުވުމުން އުދުން ނިއްވާލާށެވެ.

ބިސް ތައްޓަކަށް އަޅާފަ އަސޭމިރުސް، ލޮނު އަޅައިގެން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެތެރެއަށް ކުރިން ކެއްކި އަލުވި އަޅާފަ އެއްކޮށްލާށެވެ. ތަވާގައި އޮލިވް އޮއިލް ހޭކުމަށްފަހު އެއްކުރި ބާވަތްތައް އަޅާފަ މަޑުގިނީގައި ބަހައްޓައިގެން ފިހެލާށެވެ. ދެފުށް ވަކިން ފިހަންވާނެއެވެ. މިއީ ތަފާތު ރަހައެއްދޭ މީރު އެއްޗަކަށް ވާނެކަމަށް އުއްމީދުކުރަމެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —