November 24, 2024 05:51
Advertisement

-Advertisement-

މައުލޫމާތު: ތަފާތު ވައްތަރުތަކުގެ ޖެލީފިޝް އާއިމެދު ސަމާލުވަނީ ކިހާވަރަކަށް؟

ދިވެހިރާއްޖޭގައިވެސް ބައެއް މޫސުމުގައި މޫދުން ނުވަތަ ގޮނޑުދޮށުން އެކި ސައިޒުތަކުގެ ޖެލީފިޝް ފެނެއެވެ. ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކުން އާންމުކޮށް ފެންނަން ހުންނަ ވައްތަރުގެ ޖެލީފިޝް ތަކުގައި ހުންނަނީ އިންޗިއެއް ނުވަތަ ދޮޅުއިންޗިވަރެވެ. ޖެލީފިޝް އަކީ މީހުންނަށް ހަމަލާދޭ އެއްޗެއްކަމުގައި ނުވިޔަސް، މޫދުގައި އުޅޭއިރު ގައިގެ ކަޅުހަމުގައި ޖެހުމުން އޭގައި ހުންނަ ވިހައިގެ އަސަރުކޮށް ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ އެއްޗެކެވެ.

ޖެލީފިޝްތަކެއް. ފޮޓޯ:ފޭސްބުކް

ޖެލީފިޝް ގައިގެ ތަނެއްގައި ޖެހުމުން ކަންތައްކުރަންވީ ކިހިނެއް؟

މޫދުގައިއުޅޭއިރު ޖެލީފިޝްއެއްގައި ޖެހުމުން ޖެހުނުތަން ލޮނުފެނުން ރަނގަޅަށް ދޮވެލާށެވެ. އާދައިގެ ފެނުން  ދޮވެފިނަމަ އިތުރަށް ގޯސްވާނެއެވެ. އަދި ހަންގަނޑުގައި ހަރުލާފައި ހުންނަ އެތިކޮޅުތައް އަތުން ނެއްޓުމުގެ ބަދަލުގައި ޓްވީޒަރ ނުވަތަ ސާފު އިލޮށިކޮޅެއް ކަހަލަ އެއްޗަކުން ސާފުކުރާށެވެ. އަދި 'އެންޓިހިސްޓަމިން ކްރީމް' ހުރިނަމަ އުނގުޅާށެވެ.

Advertisement

ޖެލީފިޝް އާއި ކައިރިނުވުން ބުއްދިވެރި

ޖެލީފިޝް އަކީ ބަލާބެލުމަށް ވަރަށް ރީތި އެއްޗެއް ނަމަވެސް މިއެއްޗިއްސާއި ކައިރިނުވުމަކީ އެންމެ ރަނގަޅުގޮތެވެ. އެއީ ބައެއް ވައްތަރުގެ ޖެލީފިޝް އަކީ އޭގެ ސަބަބުން ގައިހިރުވާ އެލާޖިކްވާން މެދުވެރިވާ އެއްޗަކަށް ވާތީއެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެލާޖިކްވާމީހުން ވަކިން ޚާއްސަކޮށް ޖެލީފިޝް އާއި ކައިރިނުވުމަށް ސިއްޙީ މާހިރުން އިރުޝާދުދެއްވައެވެ. 

ޖެލީފިޝްގެ ބާވަތްތައް

1 ލަޔަންސްމޭން ޖެލީފިޝް 

2 މޫން ޖެލީފިޝް

3 ބްލެކްސީ ނެޓްލް ޖެލީފިޝް

4 ބޮކްސް ޖެލީފިޝް

5 ކްރިސްޓަލް ޖެލީފިޝް

6 ކޯލީފްލާވަރ ޖެލީފިޝް

7 ވައިޓްސްޕޮޓެޑް ޖެލީފިޝް

8 އެޓޯލާ ޖެލީފިޝް

 

ނޯޓް: މައުލޫމާތު ނަގާފައިވަނީ ޔޫޓިއުބް. ފޮޓޯ:ފެކްޓްސް

+1
0
+1
6
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް