September 20, 2024 15:37
Advertisement

-Advertisement-

ރާއްޖޭގައި ކޮވިޑްޖެހުނު މީހުންގެ އަދަދު 130,000 އިން މައްޗަށް

ރާއްޖޭގަައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެއްލައްކަ ތިރީސްހާސް ފަސްސަތޭކަ ނުވަދިހަ ނުވައަކަށް އަރައިފިއެވެ. މީގެތެރެއިން މިވަގުތު ބަލިން ރަނގަޅުނުވެ 17,777 މީހުން އެބަތިއްބެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ ކޮވިޑްބަލީގެ 49 މީހުންނަށެވެ.

އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 2510 މީހުންނެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 1203 ކޭސް އަކީ މާލެއިން ފެނިފައިވާ ކޭސްތަކެވެ. ދެން ހިމެނެނީ އަތޮޅުތަކުން ފެނިފައިވާ 788 ކޭސް އަދި ރިސޯޓްތަކުން ފެނިފައިވާ 41 ކޭސް އެވެ. ކޮވިޑްބަލީގައި ރާއްޖެއިން މަރުވެފައިވަނީ 274 މީހުންނެވެ. މި ޖެނުއަރީ މަހު ކޮވިޑްބަލީގައި 12 މީހުން މަރުވިއެވެ. 112,535 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ވެކްސިންޖެހުމަށް ފުރަތަމަ ހުޅުވާލިއިރު ކިޔުގައި ބަޔަކު މަޑުކޮށްގެން

މިދުވަސްކޮޅު ރާއްޖޭގައި ކޭސްތަކުގެ އަދަދު އާދަޔާ ޚިލާފަށް އިތުވެފައިވަނީ ހަލުވިކަމާއެކު އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދާތީ އެވެ. ބަލިޖެހޭ މީހުންގެ އަދަދުތައް މައްޗަށްދާއިރު އޮމިކްރޯން އިން ރައްކާތެރިވުމަށް 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ވެކްސިން ޖަހައިދެނީ އެޗްޕީއޭގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ހަދައިގެންނެވެ.

Advertisement

އިއްޔެ ބޫސްޓަރ ޑޯޒް ޖަހާފައިވަނީ މާލެ ސަރަހައްދުން 2464 މީހުންނާއި އަތޮޅުތަކުން 1501 މީހުންނެވެ. އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 28 މީހުންނެވެ. ދެވަނަ ޑޯޒް ޖަހާފައިވަނީ 104 މީހެކެވެ. ވެކްސިންޖެހި މީހުންގެ އަދަދުތަކަށް ބަލާއިރު 369,655 މީހުން ވަނީ މިހާތަނަށް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައެވެ. އިއްޔެ އާއި ހަމައަށް ބޫސްޓަރ ޑޯޒް ޖަހާފައިވަނީ ޖުމްލަ 66,367 މީހުންނެވެ.

ސެނަހިޔާ، ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ފުލޫ ކްލިނިކްތަކުން ދަނީ ޚިދުމަތްދެމުންނެވެ. އަދި ހުން، ރޯގާ، ކެއްސުން ފަދަ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކުމަށްޓަކައި ފުޓްބޯޅަ އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ އިމާރާތުގައި ފްލޫ ކުލިނިކެއް ވަނީ ހުޅުވާފައެވެ. ސާމްޕަލް ކަލެކްޝަން ސެންޓަރުތަކަކީ ސިނަމާލެ ބްރިޖް ކައިރީ ޕާކިން ޒޯން، ހެންވޭރު ފުޓްބޯޅަ ދަނޑު، ސޯޝަލް ސެންޓަރ، ހުޅުމާލެ ރުއްގަނޑު ސަރަހައްދު، ހުޅުމާލެ ފޭސް 2 ގެ އެޗް 8 ޓަވަރު ކައިރީގައި ހުރި ތަނުގެ އިތުރަށް ވިލިމާލެ ފުލޫ ކްލިނިކެވެ.

ފްލޫކުލިނިކެއް ކައިރީގައި ބަޔަކު ކިޔުގައި 

ކޮވިޑުން ރައްކާތެރިވުމަށް މާސްކްއެޅުމާއި ގައިދުރުކަން ބެހެއްޓުން، ގިނަ މީހުން އެއްވާ ހަރަކާތްތައް ނުބޭއްވުމާއި ގިނަގިނައިން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަަން ދިނުން މުހިންމެވެ. މިދުވަސްކޮޅު ބާރު ސްޕީޑްގައި ބަލިފެތުރޭއިރު މިކަންކަމަށް ދޭ ސަމާލުކަން ކުޑަވެފައިވާކަން ފެނެއެވެ. މާސްކްނާޅާ މަގުމަތީގައި އުޅޭ ފަރާތްތަކާއި، ތަންތަނުގައި ކިއު ހަދާއިރު، ތިން ފޫޓް ދުރުމިނުގެ ގައިދުރުކަން ނުބަހައްޓާ ތޮއްޖެހިގެން މީހުން ތިބޭތަންވެސް ފެނެއެވެ. ޚާއްސަކޮށް ބައެއް ސްކޫލްތައް ކައިރިން މި މަންޒަރު ފެނެއެވެ. މިކަންކަމަށް ފަރުވާ ކުޑަނުކޮށް ފަރުދީ ޒިންމާ އަދާކުރަމާ ހިނގާށެވެ. ކޮވިޑާއި އެކު އުޅެން ޖެހިފައިވާއިރު ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދާރާތަކުން ދެއްވާ އާންމު އިރުޝާދުތަކަށް ބޯލެނބުން ނުހަނު މުހިންނެވެ

+1
0
+1
2
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް