Advertisement
header ad
XeeTimesXeeTimes
ހާދިސާ: މަރްޔަމް ހާލެއް ނެތުން ހާދިސާ

ހާދިސާ: މަރްޔަމް ހާލެއް ނެތުން

ޒ. ފަސްފަރު ހޭވަރިވާގެ ޔޫސުފު އެއްދުވަހަކު އަރުވައި ޖަހައިގެން ވަރަށް ބާރަށް އެރަށު އޮފީހަށްގޮސް ކަތީބާއި ބައްދަލުކޮށްފައި ބުންޏެވެ. ކަތީބާއެވެ. ކަމަކުދާކަށް ނެތެވެ. އަހަރެންގެ އަނބި މަރްޔަމް ހާލެއް ނެތިގެން އެބައުޅެއެވެ. އަވަހަށް ދުރުވާށެއެވެ. އެހެން ބުނުމާއެކު އޭނާ ހިނގައްޖެއެވެ.

އެވަގުތު އޮފީހުގެ މުވައްޒަފުންވެސް ކަންބޮޑުވިއެވެ. އަވަސް އަވަހަށް ކަތީބު އެގެއަށް ދުރުވެއްޖެއެވެ. އުތުރުދޮރުން ބޯދިއްކޮށްލިއިރު މަރްޔަމް އިނީ ގޭތެރޭގައި ފަންގިވިންނާށެވެ. ކަތީބު ވަރަށް ހައިރާންވެފައި މަރްޔަމްއާއި މުޙާތަބުކޮށް ބުނުއްވިއެވެ. މަރްޔަނބާއެވެ. އަހަރެން މިއައީ މަރްޔަމް ހާލެއް ނެތިގެން އުޅޭވާހަކަ ޔޫސުފު ބުނެގެންނެވެ. އޭނާ ކޮބައިހެއްޔެވެ؟

ޖަވާބުގައި މަރްޔަމް ބުންޏެވެ. އޭނާ މިތާ ދެންމެއަކު ހުއްޓެވެ. އޭނާ ދައްކާވާހަކަ ކަތީބު އަހައިފާނުހެއްޔެވެ؟ ކޮންމެފަދަ ވާހަކައެއްވެސް އޭނާ ދައްކާފާނެއެވެ. އޭރު ޔޫސުފު ގޭގެ ދެކުނުދޮރުން ވަންނަނީއެވެ.

Article - in content
Advertisement

ކަތީބު ބުނުއްވިއެވެ. ޔޫސުބާ ކަލޭ ބުނީމެއްނޫންހޭ މަރްޔަމް ހާލެއްނެތިގެން އެބައުޅޭ.. މަރްޔަމް މިއިނީނޫންހޭ؟ ޔޫސުފު ބުންޏެވެ. މިއަދު ހެނދުނުއްސުރެ މަރްޔަމް އުޅުނީ ހާލެއްނެތިގެންނެވެ. ވަރަށް ހަޅޭއްވެސްލެވިއެވެ. އެވަގުތު މަރްޔަމް ބުންޏެވެ. އަހަރެން އުޅުނީ އަހަރެން ގެންގުޅޭ ހާލެއް ނުފެނިގެންނެވެ. އެކަމާ އެވާހަކަ ބުނަން އޮފީހަށް ދިޔައީދޯއެވެ.

ކަތީބު ވަރަށް ހީހީފައި ބުނުއްވިއެވެ. މިޔޫސުފު ދައްކާވާހަކަ އަހާކަށް ނުވާނެއެވެ. ނޭނގޭނެ ނޫންހެއްޔެވެ؟ މީނާ ކޮންމެ ވާހަކައެއްވެސް ބުނާނީ ދެމާނަ ނެގޭގޮތަށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —