November 23, 2024 06:08
Advertisement

-Advertisement-

ސްޓެލްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ސްޓެލްކޯ

ކަރަންޓް އިޤްތިސާދު ކުރުން: ބިލު ކުޑަކޮށް ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު!

ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމަކީ، ކަރަންޓް ބިލުތައް ބޮޑުވާ ދުވަސްވަރެކެވެ. އެންމެބޮޑު ސަބަބަކީ ފިނިމޫސުމާއި ބަލާއިރު ހޫނު މޫސުމުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރު ބޮޑުވުމެވެ. ކޮންމެ އަހަރެއްގެ ވެސް ކުރީކޮޅަކީ އާންމުކޮށް ރާއްޖެއަށް ވަރަށް ހޫނުގަދަ މަސްތަކަކަށް ވާއިރު، ކަރަންޓް ޚަރަދު ކުޑަކުރުމަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ ކަރަންޓް ވަސީލަތްތައް ބޭނުންނުކުރާ ވަގުތު ކަރަންޓްކަޑާފަ ބެހެއްޓުމެވެ. އެއިރުން ބޭކާރުގޮތުގައި ކަރަންޓް ބިލް ބޮޑު ނުވާނެއެވެ.

ވިސްނައިގެން ކަރަންޓް ބޭނުންކުރާނަމަ ބިލު ކުޑަކުރެވޭ

ހޫނު މޫސުމުގައި ކަރަންޓް ބިލްތައް ބޮޑުވެ، ކަރަންޓް ކެނޑުމުގެ މައްސަލަތައް ދިމާވާތީ ސްޓެލްކޯއިން ވަނީ 'ސޭވް އެނަރޖީ' ނަމުގައި ކަރަންޓް އިޤްތިސާދު ކުރުމުގެ ކެމްޕެއިނެއް ފަށައިފައެވެ. މިއީ މިފަދަ ކެމްޕެއިނެއް ކުރިއަށްގެންދާތާ 4 ވަނަ އަހަރެވެ. މިއަދު ބޭއްވި ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުޢުނީ ވިދާޅުވީ ކަރަންޓަށް ބަލާނުލެވޭނަމަ ބޮޑު އިންސައްތައެއް މައްޗަށް ދާ ކަމަށެވެ.

Advertisement

" އަޅުގަނޑުމެން ސްޓެލްކޯއިން ބޭނުންވާގޮތަކީ، އެއްވެސް ފަރާތަކުން އެފަރާތެއް ބޭނުންވާ ވަރަށްވުރެ އިތުރަށް ކަރަންޓް ބޭނުން ނުކުރުން. އެއީ ބޭކާރުވެގެންދާ ފައިސާ. އަޅުގަނޑުމެން ބޭނުމެއްނުވޭ އެއްވެސް ފަރާތަކަށް ބިލުކުރާކަށް އެފަރާތް ބޭނުންނުކުރާ ކަރަންޓަކަށް. ބޭނުންކުރި ކަރަންޓަކަށް މިވަނީ ކަރަންޓް އިޤްތިސާދުކޮށްގެން ކޮންމެހެން ކުރަންޖެހޭ ކަންކަމަށް އެކަރަންޓް ބޭނުންކޮށްގެން. ރަނގަޅަށް ވިސްނައިގެން ބޭނުންކުރާނަމަ ކަރަންޓް ބިލު 15 އިންސައްތައާއި 20 އިންސައްތައާއި ދެމެދު ކުޑަކުރެވޭނެ" މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުޢުނީ

ފައިސާގެ އިނާމް ލިބެނީ ކިހިނެއް؟

ކަރަންޓް އިޤްތިސާދު ކުރާ ފަރާތްތަކަށް ފައިސާގެ އިނާމް ލިބޭ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމަށް ސްޓެލްކޯ އިން ވަނީ އިޢުލާންކޮށްފައެވެ.

"މި ޕްރޮމޯޝަނަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކަސްޓަމަރުން ބައިވެރިވެ، މާރިޗް (ފެބުރުވަރީ މަހުގެ ޔޫސޭޖަށް ތައްޔާރުކުރާ ބިލް) އޭޕްރީލް އަދި މެއި މަހު، މިއިން ކޮންމެ މަހަކު 10 ފަރާތަކަށް 1000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮމޯޝަނެއް. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ސްޓެލްކޯގެ ވެބްސައިޓްގައި މިކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓަރ ވުމުން ބިލްތައް އަޅާކިޔުމަށްފަހު ކަރަންޓް އިޤްތިސާދު ކުރުމުގައި އެންމެބޮޑު ކުރިއެރުމެއް ހޯދާ ފަރާތްތަކުގެ މެދުގައި ގުރުނަގައި ހޮވޭ ނަސީބުވެރިންނަށް 1000 ރުފިޔާ ދޭނަން" ޕްރޮމޯޝަން ކުރިއަށްދާގޮތާއި ގުޅޭގޮތުން ވިދާޅުވިއެވެ.

އަދި އެންމެ އިންސާފުވެރި ގޮތަކަށް ވާނީ ފައިސާ ދިނުމުގެ ބަދަލުގައި، ބިލުން 1000 ރުފިޔާ އުނިކުރުން ކަމަށް ފެންނާތީ، މިގޮތަށް ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ދެއްވާފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ހަމައެކަނި މާލެ ސަރަހައްދުން އެކަނި ނޫންކަމަށާއި، ކޮންމެ މަހަކުވެސް ގުރުއަތުން ނަގާ 10 ކަސްޓަމަރުންގެ ތެރެއިން 7 ކަސްޓަމަރުން ގްރޭޓާމާލެ އޭރިއާއިން އަދި 3 ކަސްޓަމަރުން ސްޓެލްކޯގެ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ރަށްރަށުން ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ މަހަކުވެސް އެމަހެއް ނިމުމުން މިޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާ އިއުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ލަކީޑްރޯ ނަގާގޮތް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން ގޭގައި ތިބޭ ވަގުތު ގިނަވުން މިއީވެސް ވޭތުވެދިޔަ 2 އަހަރު ކަރަންޓް ބިލު އޭގެ ކުރީގެ އަހަރުތަކާއި އަޅާބަލާއިރު ބޮޑުވާން މެދުވެރިވި އެއް ސަބަބެވެ. އިސްރާފުނުކޮށް ވޭތޯ ބެލުމަށް ކަރަންޓަށް ބަލައިގެން އުޅެފިނަމަ ބިލުގެ ކުޑަ އިންސައްތައެއް ނަމަވެސް ކުޑަކުރެވިދާނެއެވެ. ބޭނުންވަނީ ވިސްނައިގެން ކަރަންޓް ބޭނުންކުރުމެވެ. ކަރަންޓް ބިލު ކުޑަކުރެވޭނީ އަމިއްލައަށް ކުރި ހިތްވަރަކުންނެވެ. 

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް