Advertisement
header ad
XeeTimesXeeTimes
ބޭނުންކޮށްފަ ހުންނަ ތަކެތި އުކާނުލާ ގުޅަންވީ ހުސައިން އަށް! ވިޔަފާރި

ބޭނުންކޮށްފަ ހުންނަ ތަކެތި އުކާނުލާ ގުޅަންވީ ހުސައިން އަށް!

ގޭގައި ބޭނުންކޮށްފަ ހުންނަ ތަކެތި ބާވުމުން އާއެއްޗެހި ގަންނަ މީހުން އުޅެއެވެ. ބާވެގެން އުކާލާ އެއްޗެއްސަކީ އެހެން މީހަކަށް އޭގެ ބޭނުން ކޮންމެވެސް ގޮތަކަށް ކުރެވިދާނެ އެއްޗެކެވެ. އަދި އަންނައުނު އުކާލާއިރު ބައެއް އަންނައުނަކީ ބާވެގެން އުކާލާ އެއްޗެއް ނޫނެވެ. ގިނަ ދުވަހު ބޭނުންކުރެވުމުން އާކޮށްލުމުގެ ބޭނުމުގައި އުކާލަނީއެވެ. 

ބޭނުންކޮށްފައި ހުންނަތަކެތި އުކާނުލާ އެއިން ފައިދާއެއް ހޯދިދާނެ ރަނގަޅު ފުރުސަތެއް އެބައޮތެވެ. އެއީ ހުޅުމާލޭގެ ރަށު މާރުކޭޓުގައި ހުންނަ 18 ވަނަ ނަންބަރު ގޮޅިއަށް އެތަކެތި ދިނުމެވެ.

މި ގޮޅި ހިންގުމުގައި އިސްކޮށް މަސައްކަތްކުރާ ހުސައިން އަބްދުﷲ 'ޒީޓައިމްސް' އަށް މައުލޫމާތު ދިންގޮތުގައި އެއްވެސް އެއްޗަކީ އޭގެ ޒާތުގައި އުކާލަންޖެހޭ އެއްޗެއް ނޫނެވެ.

Article - in content
Advertisement

މި މަސައްކަތް ފެށުނުގޮތް

ހުސައިން މައުލޫމާތުދިންގޮތުގައި އޭނާއަކީ ހުޅުމާލޭގައި އެންމެފުރަތަމަ ދިރިއުޅެންފެށި މީހުންގެތެރޭގައި ހިމެނޭ މީހެކެވެ. އަދި އޭނާ އަކީ ބޭނުންކޮށްފައި ހުންނަ ތަކެތި ފޭސްބުކް ގުރޫޕެއް މެދުވެރިކޮށް ވިއްކަމުންދިޔަ މީހެކެވެ.

" އަޅުގަނޑު އެޗްޑީސީއަށް ޕްރޮޕޯސަލްއެއް ހުށަހެޅިން މިހަކަލަ އެއްޗެހި ވިއްކަން އެއްވެސްކަހަލަ ފުރުސަތެއް އޮތްތޯ ބަލަން. އެޗްޑީސީ އިން ރަށު މާރުކޭޓުގެ ގޮޅިތައް ދޫކުރުމަށް އިއުލާންކުރުމުން ލިބުނު ގޮޅިއަކަށް މަހަކު 3500 ރުފިޔާ ދައްކައިގެން މިތަކެތި ވިއްކުމުގެ މަސައްކަތް މިކުރަނީ" ކަރަންޓާއި ފެންބިލް އަދި ކުލިދެއްކުމަށްފަހު ވިޔަފާރި ކުރިއަށްގެންދެވޭވަރު ވާކަމަށް ހުސައިން ވަނީ ބުނެފައެވެ.

ރަށު މާރުކޭޓުގައި ހުންނަ 'ރީ-ޔޫސް ކޮމިއުނިޓީ' ގޮޅި

އެންމެގިނައިން ވިކެނީ ކޯއްޗެއް؟

ކާބޯތަކެތި ފިޔަވައި ހުރިހާއެއްޗެއް ވިއްކޭގޮތަށް ދޫކޮށްފައިވާ މިގޮޅީގައި ހުސައިން ވިއްކަނީ ބޭނުންކޮށްފައި ހުންނަ އަންނައުނު، ބަދިގޭސާމާނު އަދި ބޭނުންކޮށްފައި ހުންނަ ތަފާތު ތަކެއްޗެވެ.

" އެންމެގިނައިން ވިކެނީ ހެދުން. ކުޑަކުދިންގެ ހެދުން ވަރަށްގިނައިން ވިކޭ. އެންމެ ކުޑަކުދިންގެ ހެދުމަކީ ބާނުވަނީސް ބަދަލުކުރާ އެއްޗަކަށް ވާތީ އެއަށް ވަރަށް ރަނގަޅު ޑިމާންޑެއް އޮވޭ. މި ސަރަހައްދުގެ ގޮތުން މަސްދޯނިފަހަރު ކައިރިކުރާ ޖެޓީއެއްވީމަ ބޮޑެތި މީހުންގެ ޓީޝާޓްވެސް ވިކޭ. ދެން ބަދިގެ ސާމާނުވެސް ވިކޭ" ހުސައިން ފާހަގަކުރިއެވެ.

ކިހިނެއް އަގުތައް؟

މިގޮޅީގައި ވިއްކާ ހުރިހާއެއްޗަކީވެސް ވަރަށް އަގުހެޔޮކޮށް ވިއްކާތަކެއްޗެވެ. ހުސައިން މައުލޫމާތު ދިންގޮތުގައި ހެދުން އާންމުކޮށް ވިއްކަނީ 30 ރުފިޔާއަށް ހެދުމެއް ނޫނީ އެއަށްވުރެ ކުޑައަގެއްގައެވެ. ކޯޓުކަހަލަ އަގުބޮޑު އެއްޗެހި 150 ރުފިޔާ އަށް ލިބެން ހުރިއިރު ބަދިގެ ސާމާނު ވިއްކަނީ ތަފާތު އަގުތަކުގައެވެ.

" ބައެއް މީހުން ގެންނާނެ މިތަނުގައި ބަހައްޓައިގެން އެއްޗެހި ވިއްކަން. އެގޮތަށް ވިއްކާ އެއްޗެހިން ލިބޭ ރުފިޔާއިން ވަކި އިންސައްތައެއް އަޅުގަނޑުމެން ނެގުމަށްފަހު ބާކީބައި ދެނީ އެމުދަލެއްގެ ވެރިފަރާތަށް"

ގޮޅީގައި ވިއްކަން ބަހައްޓާފަހުރި ތަކެތި

އާންމުންނަށް އޮތް ފުރުސަތު

ފޭސްބުކް 'ރީ-ޔޫސް ކޮމިއުނިޓީ' ގުރޫޕުގެ އިތުރަށް އިންސްޓަގްރާމްގައި ވެސް ޕޭޖެއް ހިންގަމުން އަންނަ ހުސައިން އާއި ގުޅޭނެ ނަންބަރަކީ 7722539 އެވެ.

" ބޭނުންކޮށްފައި ހުންނަ ތަކެތި އުކާނުލާ އެއިން އެއްވެސް ބޭނުމެއް ކުރެވޭނެނަމަ އަޅުގަނޑުމެންނަށް ގުޅާ. އެއިރުން ދާނަން އެ ހޯދަން. ތިމާވެއްޓަށް ގެއްލުން ނުވާނެގޮތަކަށް އަދި ދޭ މީހާއަށްވެސް ފައިދާވާނެ ގޮތަކަށް އޭގެ ބޭނުންކުރެވޭނެ ގޮތެއްވޭތޯ އަޅުގަނޑުމެން ބަލަން. އަޅުގަނޑުމެންނަށް 35 އިންސައްތަ ނޫނީ 40 އިންސައްތަ ލިބޭގޮތަށް ވިއްކައިދެނީ"

ހުސައިން ހިންގާ ގޮޅިއަށް ހިލޭސާބަހަށް އެއްޗެހި ހަދިޔާކުރުމުގެ ފުރުސަތުވެސް އެބައޮތެވެ.

"މިތާގައި ހުންނާނެ ހިލޭ ލިބޭނެ އެއްޗެހިތައް ވަކިން އެނގެން. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލިބޭ ހިލޭ ބަހާނެ އެއްޗެހި. ބޭނުންވަނީ ބޭކާރުނުކޮށް އެހެން މީހަކަށް ބޭނުންހިފޭނެ ގޮތެއް ހެދުން. އަދި އިސްރާފުކުރުން މަދުކޮށް ކުނި މަދުކުރުން".

ގޮންޖެހުން

ބޭނުންކޮށްފައި ހުންނަތަކެތި ވިއްކުމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ އެތަކެތި ބަހައްޓާނެ އެކަށީގެންވާ ޖާގައެއް ގޮޅީގައި ނެތުމެވެ. ގޮޅީގެ ސައިޒު ކުޑަވުމުން ފަރުނީޗަރު ފަދަ ތަކެތި ވިއްކަނީ ފޭސްބުކް ގުރޫޕުގައި އެމައުލޫމާތު ހިއްސާކޮށްގެންނެވެ. ހެމުން ހެމުން ހުސައިން ބުނީ ބޮޑު ގުދަނެއް މިތަކެތި ބެހެއްޓުމަށް ބޭނުންވާކަމަށެވެ. އެހެންވެ މީހުންދޭ އެއްޗެހި ނަގަނީވެސް ޖާގަ ހުންނަ މިންވަރަކުން ކަމަށް ވަނީ ބުނެފައެވެ.

ހުޅުމާލޭގެ ބީޗަށާއި ކުނިގޮނޑަށް އުކާލާއެއްޗެހި މަދުކޮށް، އިސްރާފުކުރުން މަދުކުރުމުގެ ބޭނުމުގައި ހުސައިން ފެށި މިމަސައްކަތަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އޭނާގެ ބޭބެއަށާއި އެޗްޑީސީ އަށް ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Shaa 04މާޗް2022

Contact num

Anni 01މާޗް2022

Male ga hurey varah rangalhu quality ga reethi ehchehi vikkaa fihaara eh. Aa ehchehi ves is 150 ah libey. Mihaa aguheyo koh gina meehun mikan kurun ei varah rangalhu kameh gothuga fennany. 13 1

Girl 01މާޗް2022

Varah rangalhu kameh malegaves bayaku thikahala kameh kurey ekam emeehun vihkkanee 90 ah 150 ah hedhumeh hama fihaarainves libey 150 ah hedhumeh feshi iru emeehuntathun ganelevey varuvey ekam viyafaari hinganfesheema mihaaru agu bodhu ginain hunnanee meehun hiley emeehunah dheefa hunna ehchikanneyge behaves ekakuves egau mihaaru aharumenah hifaalevey varehnoon 14 2

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —