Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ބޭކްޑް ބްރޮކޮލީ ޓޮޓްްސް ބަދިގެ

ޒީޓައިމްސް ބަދިގެ: ބޭކްޑް ބްރޮކޮލީ ޓޮޓްްސް

ބޭނުންވާތަކެތި:

2 ޖޯޑު ބްރޮކޮލީ (ނުކައްކައި ހުރި)

1 ބިސް

Article - in content
Advertisement

1/3 ޖޯޑް ޗެޑަރ ޗީޒް (ގާނާފައި)

1/3 ޖޯޑް ފާރޮށި ކުނޑި

2 ސައިސަމުސާ ޕާސްލީ ފަތް ނުވަތަ ރޯސްމެރީފަތް

1/2 ސައިސަމުސާ ލޮނު

1/2 މުގުރި އަސޭމިރުސް

1/4 ބައި ފިޔާ (ގާނާފައި)

2 ލޮނުމެދު (ގާނާފައި)

2 ރޯމިރުސް

ބޭކްޑް ބްރޮކޮލީ ޓޮޓްްސް ތައްޔާރުކުރުމަށް ބޭނުންވާ ބާވަތްތައް/ ފޮޓޯ: ހަފީ

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ކެކިކެކި ހުރި ހޫނުފެން އެއްޗެއްގެ ތެރެއަށް ބްރޮކޮލީތައް އަޅާލާފަ މިނިޓެއްހާއިރު ބަހައްޓާށެވެ. އެއަށްފަހު ރީއްޗަށް ކޮށާލާށެވެ. ދެން ބާކީހުރި މިރުސް ފިޔާ ލޮނުމެދު މިހުރިހާއެއްޗެއް ލޮނު އަދި މުގުރި އަސޭމިރުސް އަޅައިގެން މޮޑެލާނީއެވެ. ދެން މަޑުމަޑުން ބިސް އަދި ޕާސްލީފަތްތައް އެއްކުރާނީއެވެ. ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ކަވާބު ހަދާ ބައްޓަމަށް ތައްޔާރުކޮށް ބޭކިންގ ޝީޓެއްގައި އަތުރާލުމަށްފަހު 20 މިނިޓް ވަންދެން އަވަނުގައި ފިހެލާށެވެ.

މިތައްޔާރު ކުރެވުނު ހެދިކާއަކީ ސޯސްއާއިއެކު ކާލަން ވަރަށް ފައިދާހުރި ވަރަށް މީރު ހެދިކާއެކެވެ. ރޯދަމަހުގެ ރޯދަ ވީއްލުމަށް ހަށިގަނޑަށް ވަރަށް ލުއި ހެދިކާއެކެވެ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —