November 23, 2024 02:12
Advertisement

-Advertisement-

ޒީޓައިމްސް ބަދިގެ: އެގް މަފިން

ބޭނުންވާ ތަކެތި:

6 ބިސް

¾ ޖޯޑު ޗެޑާ ޗީޒް (ގާނާފައި)

Advertisement

¾ ޖޯޑު ޕާމެޝަން ޗީޒް

¾ ޖޯޑު ޗެރީ ޓޮމާޓޯ

¾ ޖޯޑު ބޯވެލިފަތް (ބޭނުންނަމަ މުރަގަފަތްވެސް ބޭނުން ކުރެވިދާނެ)

½ ޖޯޑު ކުކުޅު (ރޯސްޓްކޮށްފަ އަދި ކޮށާފަ)

¾ ޖޯޑު ފިޔާ (ކުދިކޮށް ކޮށާފަ)

¾ ޖޯޑު ބެލް ޕެޕަރ (ކުދިކޮށް ކޮށާފަ)

1 މޭޒުމަތީ ސަމުސާ އަސޭމިރުސް (މުގުރާފަ)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތައްޓަކަށް ބިސްތައް އަޅާލުމަށްފަހު ގިރާލާށެވެ. އެއަށްފަހު ފިޔާ އަދި ޕާމެޝަން ޗީޒް އަދި ކުކުޅުކޮޅު އަޅައިގެން މަޑުމަޑުން އެއްކުރަމުންދާށެވެ. އެއަށްފަހު މުގުރިއަސޭމިރުސް އަޅާލާށެވެ. އޭގެފަހުން މަފިންހަދާ ޓްރޭއަކަށް އޮލިވް އޮއިލް ސްޕްރޭ ކުރުމަށްފަހު ގިރާފައި ހުރި ބިސްތައް އަޅާލާށެވެ. އޭގެ މައްޗަށް ބެލްޕެޕަރ، ބޯވެލިފަތް އަޅާލާށެވެ. އޭގެ މައްޗަށް ޗެޑަރ ޗީޒް އެޅުމަށްފަހު އަވަނުގައި 20 މިނިޓް ފިހެލާށެވެ. އޭރުން އެހުރީ އެގް މަފިން ތައްޔާރު ކުރެވިފައެވެ. މިއީ ވަރަށް ފަސޭހައިން ބަނޑުފުރޭ އަދި ވަރަށް މީރު އެއްޗެކެވެ.

+1
0
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް