Advertisement
header ad
XeeTimesXeeTimes
މާބަނޑު ދުވަސްވަރު ބަނޑުގައިވާ ކުޑަދަރިފުޅު ދަސްކުރާ ބައެއް ކަންތައް

މާބަނޑު ދުވަސްވަރު ބަނޑުގައިވާ ކުޑަދަރިފުޅު ދަސްކުރާ ބައެއް ކަންތައް

ސައިންސްވެރިންގެ ބައެއް ހޯދުންތަކުން ހާމަވެފައިވާ ގޮތުގައި ކުޑަދަރިފުޅު ވިހެއުމުގެ ކުރިން މައިމީހާގެ ބަނޑުގައި އޮވެގެން ބައެއް ކަންތައްތައް ދަސްކުރެއެވެ.

1. ކާއެއްޗެހީގެ ރަހަބެލުން

ކުއީންސް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޕީޓަރ ހެޕަރ ކުރި ދިރާސާއަކުން ހޯދިފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ލޮނުމެދު ބޭނުންކުރި މައިންގެ ދަރިން އެ ކުދިންގެ އުމުރުން 8 އަހަރާއި 9 އަހަރުގައިވެސް ލޮނުމެދު އަޅައިގެން ތައްޔާރުކޮށްފައިވާ ކާއެއްޗެހި ކެއުމަށް ލޯބިކުރާ ކަމަށްވެއެވެ. ހަމަމިގޮތަށް މާބަނޑު ދުވަސްވަރު ކެރެޓް ޖޫސް ބޭނުންކުރުމުންވެސް ކުޑަ ދަރިފުޅު މިޖޫސް ބޯން ބޭނުންވާކަމަށް ވެއެވެ.

Article - in content
Advertisement

2. އަޑުއެހުން

ފިންލޭންޑުގެ ސައިންޓިސްޓުން ތަކެއް ދިރާސާއެއް ކުރުމަށްޓަކައި، މާބަނޑު އަންހެނުން 2 ގުރޫޕަކަށްބަހާލުމަށްފަހު އެއްބަޔަކު ކުޑަކުދިން ނިންދަވަންޖަހާ ލަވަތައް އަޑުއެހިއެވެ. ނަތީޖާއަކަށްވީ އެކުދިން ވިހެއުމަށްފަހު އެހެންކުދިންނާއި ޚިލާފަށް އެލަވަތައް އަޑުއެހުމަށް ޝައުގުވެރިވުމެވެ.

3. އަޑު ދެނެގަތުން

ނިއުޔޯކް ޔުނިވާސިޓީގެ ސައިކްލޮޖިސްޓެއް ކަމަށްވާ އެތީނާ ވޮލޮމާނޮސް ގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި އަލަށްވިހާ ކުޑަދަރިފުޅު މާބަނޑު ދުވަސްވަރު ގިނައިން އިވިފައިވާ އަޑުތައް އިވުމުން އެ އަޑުތައް ދެނެގަނެ ހަރަކާތްތެރިވެއެވެ. އަދި މަންމަގެ އަޑު އިވުމުން ވަކިންބޮޑަށް އެނގޭކަމަށްވެއެވެ. އަދި މި  ދިރާސާއިން ހާމަވެފައިވާ ގޮތުގައި ބަނޑުގައި އޮންނައިރު މީހުންގެ އަޑު އެކަށީގެންވާ މިންވަރަށް ނުލިބޭނަމަ ދުވަސްނުފުރާ ވިހާ ކުދިންނަށް ވާހަކަދެއްކުމުގެ ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.

 

މައުލޫމާތު: ބްރައިޓްސައިޑް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —