Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ޑޭޓްސް ގްރެނޯލާ ބާ ބަދިގެ

ޒީޓައިމްސް ބަދިގެ: ޑޭޓްސް ގްރެނޯލާ ބާ

ބޭނުންވާތަކެތި:

2 ޖޯޑު ކަދުރު (އޮށް ނަގާފައި)

1 މޭޒުމަތީ ސަމުސާ ކާށި ތެޔޮ

Article - in content
Advertisement

½1  ޖޯޑު އިންސްޓެންޓް އޯޓްސް 

¼ ޖޯޑު ޗިއާ ސީޑްސް

½ ޖޯޑު ބަރަބޯ އޮށް (ރޯސްޓްކޮށްފައި ހުންނަ)

½ ޖޯޑު މިކްސްޑް ނަޓްސް

½ ޖޯޑު ހުނި

¼ ޖޯޑު ޑާކް ޗޮކްލެޓް (ކުޑަކޮށް ހިމުންކޮށްފައި)

½ ޖޯޑު އަލްމަންޑް ބަޓަރ ނުވަތަ ޕީނަޓް ބަޓަރ

ފުރަތަމަ ކަދުރުތައް މިކްސްޗަރުގައި ކުޑަކޮށް ޗަސްކޮށްލާށެވެ. އެއަށްފަހު ކާށިތެޔޮ އަޅައިގެން އޯޓްސްތައް މުގުރާލާށެވެ. ދެން ނަޓްސް އަދި ހުނި އެޅުމަށްފަހު އެހާ ހިމުން ނޫންކޮށް ހެފޭވަރަށް މުގުރާލާށެވެ. އެއަށްފަހު ޗިއާ ސީޑްސް، ޑާކް ޗޮކްލެޓް އަދި ބަރަބޯ އޮށް އަޅައިގެން މަޑުމަޑުން އެއްކޮށްލާށެވެ. ޕީނަޓް ބަޓަރ ނުވަތަ އަލްމަންޑް ބަޓަރ އަޅައިގެން އެއްކޮށްލާށެވެ. އެއަށްފަހު ބޭކިންޓްރޭއެއްގައި އަތުރާލާފައި އެއްދުވަސްވަންދެން އައިސްއަލަމާރީގައި ބަހައްޓާށެވެ. ދެން އައިސްއަލަމާރިން ނެގުމަށްފަހު ބާ ހުންނަ ބައްޓަމަށް ރެކްޓޭންގަލްކޮށް ކަފާލާށެވެ.

މިއީ ގައިގަ ވަރުޖެއްސުމަށް ރޯދަމަހު ކާލަން ވަރަށް ރަނގަޅު އަދި ހަކުރު ނާޅާ ތައްޔާރު ކުރެވިދާނެ ފޮނި އެއްޗެކެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —