Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ޗަނާ ޗާޓް ސެލެޑް ބަދިގެ

ޒީޓައިމްސް ބަދިގެ: ޗަނާ ޗާޓް ސެލެޑް

ބޭނުންވާތަކެތި:

2 މޭޒުމަތީ ސަމުސާ ގްރީކް ޔޯގަޓް

1 ސައިސަމުސާ ލުނބޯ ޖޫސް

Article - in content
Advertisement

1 ސައިސަމުސާ ޗާޓް މަސާލާ

½ ޖޯޑު ސަނާމުގު (ފެނުކައްކާފަ)

2 މޭޒުމަތީ ސަމުސާ ޓޮމާޓޯ (ކުދިކޮށް ކޮށާފަ)

2 ސައިސަމުސާ ފިޔާ (ކޮށާފަ)

2 ސައިސަމުސާ ކިއުކަންބަރ (ކޮށާފަ)

2 ސައިސަމުސާ އަލުވި (ފެނުކައްކާފަ އަދި ކޮށާފަ)

1 މޭޒުމަތީ ސަމުސާ ކުދީނާފަތް

1 މޭޒުމަތީ ސަމުސާ ސިލަންޓްރޯ އަދި ބޯވެލިފަތް

ތައްޔާރުކުރާނެ ގޮތް:

އެންމެފުރަތަމަ ގްރީކް ޔޯގަޓްތެރެއަށް ލުނބޯ ޖޫސް އަދި ޗާޓްމަސާލާ އަޅައިގެން އެއްކުރުމަށްފަހު ޖާއެއްގެ އެންމެ ތިރިއަށް އަޅާލާށެވެ. ދެން ފަހަރަކު ލޭޔާއެއްހެން ސަނާމުގު، ޓޮމާޓޯ، ފިޔާ، ކިއުކަންބަރ، އަލުވި، ކުދީނާފަތް، ސިލަންޓްރޯ އަދި އެންމެފަހުން ބޯވެލިފަތް އަޅާލުމަށްފަހު ޖާގެ މަތިޖަހާލާފައި އައިސްއަލަމާރީގައި ބަހައްޓައިގެން ބޭނުންކުރެވިދާނެއެވެ. މިސެލެޑަކީ ވަރަށް ފައިދާހުރި ގައިގައި ވަރުޖައްސައިދިނުމަށް އެހީވެދޭ ސެލެޑެކެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —