Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ދޮންކޭލާއި އޯޓްސް ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ ކުކީސްއެއް ބަދިގެ

ޒީޓައިމްސް ބަދިގެ: ދޮންކޭލާއި އޯޓްސް ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ ކުކީސްއެއް

ބޭނުންވާތަކެތި:

2 ދޮންކެޔޮވަށް ނުވަތަ 1 ޖޯޑު ދޮންކެޔޮ

1 ½ ޖޯޑު އަވަހަށް ކެކޭ ވައްތަރެއްގެ އޯޓްސް

Article - in content
Advertisement

½ ޖޯޑު ޗޮކްލެޓް ޗިޕްސް

ތައްޔާރުކުރާނެ ގޮތް:

ރަނގަޅަށް ދޮންވެފަހުރި ފޮނިރަހަދޭ ދޮންކެޔޮ ބޭނުންކުރާށެވެ. އެއިރުން އިތުރަށް ހަކުރު ބޭނުންނުކޮށްވާނެއެވެ. ތޮށި ނެއްޓުމަށްފަހު އުލެއް ބޭނުންކޮށްގެން ދޮންކެޔޮ ހިމުންކޮށްލާށެވެ. އެއަށްފަހު އޯޓްސް އެޅުމަށްފަހު ދެބާވަތް ރަނގަޅަށް އެއްކޮށްލާށެވެ. ދޮންކޭލާއި އޯޓްސް އެއްކުރުމަށްފަހު އޭގެތެރެއަށް ޗޮކްލެޓް ޗިޕްސް އަޅާފަ އެއްކޮށްލާށެވެ.

ވަށްކޮށް ފަތިކޮށް އެއްސައިޒަކަށްވާގޮތަށް ކުކީސް ފިހުމަށް ޓްރޭގައި އަތުރާލާށެވެ. މަޑުގިނީގައި އަވަނުގައި ބަހައްޓައިގެން 13-15 މިނިޓަށް ފިހެލާށެވެ. ފިހެވުމުން ހިހޫވަންދެން މަޑުކުރުމަށްފަހު ޓްރޭއިން ކުކީސްތައް ނަގާށެވެ. މިއީ ފައިދާހުރި ފަސޭހައިން ތައްޔާރުކުރެވިދާނެ ކުކީސް އެކެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —