September 21, 2024 01:34
Advertisement

-Advertisement-

ކުޑަކުދިންނަށް އެންމެ އާންމުކޮށް ޖެހޭ ކެންސަރުގެ ވައްތަރުތައް!

ކުޑަކުދިންނަށް ޖެހޭ ކެންސަރުގެ ވައްތަރު، ބޮޑެތި މީހުންނަށް ޖެހޭ ވައްތަރުގެ ކެންސަރާއި އާންމު ގޮތެއްގައި ތަފާތެވެ. އެންމެ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ލޫކީމިއާ، ބްރެއިން އެންޑް ސްޕައިނަލް ކޯޑް ޓިއުމަރސް އަދި ބޯން ކެންސަރ ހިމެނެއެވެ. މީގެ އިތުރުން ބޮޑެތި މީހުންނަށް ޖެހޭ ކެންސަރުވެސް ކުޑަކުދިންގެ ކިބައިން ފެނެއެވެ.

1. ލޫކީމިއާ: މިއީ ބޯން މެރޯ އާއި ލޭގެ ކެންސަރެވެ. މިއީ ކުދިންގެ ޅަފަތުގައި ޖެހޭ އެންމެ އާންމު ވައްތަރުގެ ކެންސަރެވެ. އެގޮތުން ކެންސަރ ބަލި ތަހައްމަލުކުރާ ކުޑަކުދިންގެ ތެރެއިން 28 އިންސައްތަ ކުދިންނަކީ ލޫކީމިއާ ޖެހިފައިވާ ކުދިންނެވެ. ލޫކީމިއާގެ ތެރެއިން އެންމެ ގިނަ ފަހަރަށް ކުޑަކުދިންނަށް ޖެހެނީ އެކިއުޓް ލިމްފޮސޮޓިކް ލޫކީމިއާއެވެ. އަދި މައެލޮއިޑް ލޫކީމިއާއެވެ. މި ބާވަތުގެ ކެންސަރު ޖެހިފައިވާނަމަ ކަށިތަކާއި ހުޅުހުޅުގައި ރިއްސުމާާއި ގައިގެ ވަރުދެރަވުމާއި ހަންގަނޑު ހުދުވުމާއި ލޭއައުމާއި ހުންއައުން އަދި ބަރުދަން ލުއިވުން ފަދަ އަލާމާތްތަކާއި އެހެނިހެން އަލާމާތްތައްވެސް ހުރެއެވެ. އެކިއުޓް ލޫކީމިއާ އަކީ ވަރަށް ހަލުވިކަމާއެކު ބަލި ބޮޑުވަމުން އަންނަ ބައްޔެކެވެ. އެހެންކަމުން ބަލި ފެނުނުހާ އަވަހަކަށް ކީމޯތެރަޕީގެ ފަރުވާ ފަށަން ޖެހެއެވެ.

2. ބްރެއިން އެންޑް ސްޕައިނަލް ކޯޑް ޓިއުމަރ: މިއީ ކުޑަކުދިންގެ މެދުގައި ދެވަނައަށް އެންމެ އާންމު ވައްތަރުގެ ކެންސަރެވެ. އެގޮތުން ކެންސަރު ބަލި ޖެހިފައިވާ ކުޑަކުދިންގެ ތެރެއިން 26 އިންސައްތައަކީ ބްރެއިން އެންޑް ސްޕައިނަލް ކޯޑް ޓިއުމަރެވެ. ބައިވަރު ވައްތަރުގެ ސްޕައިން އެންޑް ސްޕައިނަލް ކޯޑް ކެންސަރު ހުރެއެވެ. އެހެންކަމުން އެކި ވައްތަރަށް ދޭން ޖެހޭ ފަރުވާވެސް ތަފާތެކެވެ. ގިނަފަހަރަށް ކުޑަކުދިންގެ ސިނކުނޑީގައި ޓިއުމަރު އުފެދެނީ ސިކުނޑީގެ ތިރީ ބައިގައެވެ. އެކަމުގެ ސަބަބުން ބޮލުގައި ރިއްސުމާއި މޭ ނުބައިކުރުމާއި ހޮޑުލެވުމާއި ފުސްކޮށް ފެނުން ނުވަތަ ލޮލަށް ފެންނައިރު އެކައްޗެއް ދޭތިގޮތަށް ފެނުންފަދަ އުނދަގޫތައް ކުރިމަތިވެއެވެ. އަދި އެނބުރުން އަރާގޮތްވުމާއި ހިނގަން އުނދަގޫވެ އެއްޗެހި އުފުއްލަންވެސް އުނދަގޫވެއެވެ. ސްޕައިނަލް ކޯޑް ޓިއުމަރ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ކިބައިންވެސް ފެނެއެވެ.

Advertisement

3. ވިލްމްސް ޓިއުމަރ: ވިލްމްސް ޓިއުމަރ އަށް ނެފްރޯބްލާސްޓޮމާވެސް ކިޔައެވެ. މި ވައްތަރުގެ ކެންސަރު ޖެހެން ފަށަނީ އެއް ކިޑްނީއަށެވެ. ދެކިޑްނީ އަށް ޖެހުމަކީ އެހާ އާންމުކަމެއް ނޫނެވެ. އާންމުކޮށް މިވައްތަފުގެ ކެންސަރު ފެންނަނީ 3 އަހަރާ ހަތަރު އަހަރާ ދެމެދުގެ ކުދިންގެ ކިބައިންނެވެ. އާންމުކޮށް ފެންނަ އަލާމާތްތަކަކީ ބަނޑުދުޅަވެފަ ހުރުން ނުވަތަބަނޑުގެ ތަނެއް ފުއްޕާފައި ހުރުމެވެ. މީގެ އިތުރުން ފެނިދާނެ އަލާމާތްތަކަކީ ހުން އައުމާއި މޭނުބައި ކުރުމާއި ގައިގައި ރިއްސުން ހިމެނެއެވެ. ޅަފަތުގައި ޖެހޭ ކެންސަރުގެ 5 އިންސަތައަކީ މިބާވަތުގެ ކެންސަރެވެ.

4. ބޯން ކެންސަރ: ބޯން ކެންސަރ ގިނައިން ޖެހެނީ ތަންކޮޅެއް ބޮޑެތި ކުދިންނަށެވެ. ފުރާވަރަށް އަރަމުން އަންނަ ކުދިންނަށެވެ. ކުޑަކުދިންނަށް ޖެހޭ ކެންސަރުގެ ތެރެއިން 2 އިންސައްތަ ކުދިންނަކީ ބޯން ކެންސަރު ޖެހިފައިވާ ކުދިންނެވެ. ބޯޯންކެންސަރު ފެންނަނީ އަތާއި ފައިގެ ނިމޭ ހިސާބުން އަވަސް ކަމާއެކު ހެދި ބޮޑުވަމުން އަންނަ ކަށިތަކަށެވެ. އަލާމާތްތަކުގެ ތެރޭގައި ކަށިތަކުގައި ރިއްސުން ހިމެނެއެވެ. ރޭގަނޑުގަޑީގައި މިރިހުން ބޮޑަށް އިތުރުވެއެވެ. ނުވަތަ ކަސްރަތު ކުރުންފަދަ އެކްޓިވް ހަރަކާތްތައް ކުރާއިރު ކަށިތަކުގެ ރިހުން ބޮޑުވެއެވެ. އަދި ކަށިތަކާއި ކައިރީގައިވާ މަސްގަނޑު ދުޅަވުންވެސް ހިމެނެއެވެ.

 

މައުލޫމާތު ނެގީ: ކެންސަރ ޑޮޓް އޯގް 

+1
0
+1
2
+1
2
+1
0
+1
1
+1
0
+1
3

Advertisement

ގުޅުންހުރި ލިޔުންތައް