Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ކަށިކެޔޮ ބަތްޕެން ބަދިގެ

ޒީޓައިމްސް ބަދިގެ: ކަށިކެޔޮ ބަތްޕެން

ބޭނުންވާތަކެތި:

2 ޖޯޑު ކަށިކެޔޮ (ކޮށާފައި)

1/2 ޖޯޑު ހަނޑޫ (އަވީލާފައި)

Article - in content
Advertisement

3 އިންޗި ރާނބާފަތް

1 ½ ޖޯޑު ހަކުރު

5 ޖޯޑު ފެން

1 ޖޯޑު މާފެން

1 ޖޯޑު ކާށިކިރު

1/2 ޖޯޑު ހުނި

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ފެނުގެތެރެއަށް ރާނބާފަތް އަޅައިގެން ކަށިކެޔޮ މަޑުކުރާނީއެވެ. ކަށިކެޔޮ މަޑުވުމުން ފެންތައް ފުރާނާލާފައި ކަށިކެޔޮތައް ސަމުސަލަކުން ނުވަތަ މިކްސްޗަރުން ކުޑަކޮށް ޗަސްކޮށްލާށެވެ. ބާކީ ފެން ހުރިނަމަ ވަކިން ބަހައްޓާށެވެ.

ހަނޑޫކޮޅު ފެންއަޅައިގެން ވަކިން މަޑުކުރާށެވެ. ރަނގަޅަށް ހަނޑޫ މަޑުވުން ޗަސްކުރި ކަށިކެޔޮ، އަދި ކަށިކެޔޮ ފެންފޮދު އަޅައިގެން ކައްކާށެވެ. މިހެން ދެބާވަތް އެއްކޮށް ކައްކާއިރު ހަކުރު އަޅައިގެން ރަނގަޅަށް އޮލަވަންދެން ކައްކާށެވެ. އެއަށްފަހު ކާށިކިރު އަޅާފައި އަދި ހުނިކޮޅުގެވެސް ދެބައިކުޅައެއްބައި އަޅާލާށެވެ. ކައްކާ ނިމެން ކައިރިވުމުން މާފެން އަޅާށެވެ. ކާންވުމުން ފޮނިރަހަ ހެޔޮވަރުކޮށްލުމަށްފަހު ބޭނުންވަރަކަށް ހުނި އަދި ކާށިކިރު އަޅައިގެން ކެއުމަށް އިންސާފުކޮށްލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —