September 21, 2024 01:28
Advertisement

-Advertisement-

ޒީޓައިމްސް ބަދިގެ: ރޯދަވީއްލާއިރު ކަރުހިއްކުން ފިލުވާލުމަށް ރަނގަޅު ޖޫސް !

ރޯދައަށް ހުރުމަށްފަހު ވަރަށް ކަރުހިއްކައިގެން އުޅެންޖެހޭ ހެއްޔެވެ. ތިޔަކަމަށް މިއޮތީ ރަނގަޅު ހައްލެކެވެ. މިއީ ކަރުހިއްކުން ފިލުވައިދޭ ހަށިގަނޑަށް ފައިދާހުރި ބުއިންތަކެކެވެ.

ކުރުނބާ ލުނބޯ އޮރެންޖް ޖޫސް
ރޯދަ ވީއްލާ ގަޑީގައި ކަރުހިއްކުން ފިލުވާލުމަށް މިއީ ވަރަށް ރަނގަޅު ބުއިމެކެވެ. ރީހައިޑްރޭޓް ކޮށްދޭ މި ބުއިން ތައްޔާރު ކުރާނީ ކުރުނބައެއްގެ ފެން، ހެޔޮވަރެއްގެ ލުނބޮއެއް ތޮއްޓާއިއެކު އަދި އެއް މެންޑަރިން ނުވަތަ އޮރެންޖެއްގެ ތޮށި މަށާލައިގެން ބްލެންޑަރަށްލައިގެން ރަނގަޅަށް ގިރާލާށެވެ. ހަކުރު އަޅަން ނުޖެހޭ މި ޖޫހަކީ ސިއްހަތަށް ފައިދާހުރި ބުއިމެކެވެ. ޑައިޓް ކުރާ މީހުންނަށްވެސް މި ޖޫސް ބޯލެވޭނެއެވެ. ފަސޭހައިން ބާޒާރުން ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭ މި ޖޫސް އަޖުމަ ބަލާލަން ރޯދަވީއްލާ ގަޑީގައި ބޯލުން ރަނގަޅެވެ.

ލުނބޯ އިނގުރު ޖޫސް
ހަތަރުއިންޗި ހުންނަވަރުގެ އެއް އިނގުރުކޮޅު ތޮށިމަށާ ސާފުކޮށްލާށެވެ. އޭގެތެރެއަށް ދެ ސައިސަމުސާ ބޮޑު އެއް ލުނބޯގެ ހުތް އަދި ކުޑަލޮނުކޮޅެއް އަޅާށެވެ. މިތަކެތީގެ އިތުރުން 2 ސައިސަމުސާ މާމުއި އަދި 3 ޖޯޑު މިނެރަލް ނުވަތަ ކުރުނބާފެން އަޅައިގެން ބްލެންޑަރުން ރަނގަޅަށް ގިރާލާށެވެ. މިއީވެސް ކަރުހިއްކުން ފިލުވާލުމަށް ރަނގަޅު ބުއިމެކެވެ.

Advertisement


ކެރެޓް އޮރެންޖް ޖޫސް
ކެރެޓް ޖޫސް ތައްޔާރު ކުރާއިރު އިނގުރުކޮޅަކާއި އޮރެންޖް އެއްކޮށްގެން ޖޫސް ތައްޔާރުކުރުމުން ކަރުހިއްކުން ފިލުވާލުމަށް ވަރަށް ރަނގަޅުވާނެއެވެ. މިއީ ރޯދައަށް ހުރުމަށްފަހު ބޯލަން ރަނގަޅު ބުއިމެކެވެ. މި ޖޫސް ތައްޔާރު ކުރާނީ ހަތަރު އިންޗި އިނގުރުކޮޅެއް، 1 ކެރެޓް އަދި 2 އޮރެންޖް ބްލެންޑަރަށް އަޅައިގެން ގިރާލާނީއެވެ. މީރުވާނީ ރަނގަޅަށް ފުރާނާލައިގެން މި ޖޫސް ބޯލުމުންނެވެ.

ކަރާ
ކަރައަކީ ރޯދަވީއްލާ ގަޑީގައި ކާލަން ރަނގަޅު އެއްޗެކެވެ. ފެން ގިނަ މި މޭވާއަކީ ކަރުހިއްކުން ފިލުވައިދޭ މީރު މޭވާއެކެވެ.

ރޯދަވީއްލާ ގަޑީގައި ސައި، ކޮފީ ފަދަ ކެފެއިން ހުންނަ ބުއިންތަށް ބުއިމުން ކަރުހިއްކުން އިތުރު ކޮށްދެއެވެ. ވީމާ ސައި ނުވަތަ ކޮފީގެ ބަދަލުގައި ޖޫހެއް ބޯލުމުން ކަރުހިއްކުން ފިލުވައިދީ ހަށިގަނޑުގައި ވަރު ޖައްސާދޭނެއެވެ.

+1
0
+1
4
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް