Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ކުޑައިރު ދޮންކެޔޮކަޖުރު މީރުވެގެން އުޅުނީ ކޮންބައެއް؟ ބަދިގެ

ޒީޓައިމްސް ބަދިގެ: ކުޑައިރު ދޮންކެޔޮކަޖުރު މީރުވެގެން އުޅުނީ ކޮންބައެއް؟

ބޭނުންވާތަކެތި:

4 ވައް ދޮންކެޔޮ

½ ޖޯޑު ހަކުރު

Article - in content
Advertisement

2 މޭޒުމަތީ ސަމްސާ ކާށިހުނި

1 ސައިސަމްސާ ބޭކިންޕައުޑަރ

½ ސައިސަމްސާ ވެނީލާ އެސެންސް

1 ބިސް

½ ޖޯޑު ފުށް

ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ރަނގަޅަށް ދޮންވެފަހުރި ދޮންކެޔޮވައް ތޮށި ނެއްޓުމަށްފަހު ސަމްސަލެއް ބޭނުންކޮށްގެން ޗިސްކޮށްލާށެވެ. އެއަށްފަހު ހަކުރު، ބިސް، ކާށިހުނި އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އަދި ފުށާއި އެސެންސްވެސް އެއްކުރާށެވެ. ހުރިހާ ބާވަތެއް ރަނގަޅަށް އެއްކުރެވުމުން ބޭކިންޕައުޑަރ އަޅާށެވެ.

ތަވާ އުނދުންމައްޗަށް އުދާލުމަށްފަހު ތެޔޮ އަޅާށެވެ. ތެޔޮ ހޫނުވުމުން، ތައްޔާރުކުރި ދޮންކެޔޮ ފުށްގަނޑުން ފަހަރަކު އެއް ސަމްސާއަށް ވާވަރަށް ނެގުމަށްފަހު ތެޔޮ އެއްޗަށް އަޅާ ރޯފިލަންދެން ތެލުލާށެވެ. ކުދި ސައިޒުގެ 4 ވައް ދޮންކޭލުން 15 ވަރަކަށް ދޮންކެޔޮކަޖުރު ތައްޔާރު ކުރެވޭނެއެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —