November 22, 2024 14:08
Advertisement

-Advertisement-

އެވޭލާ ހާދިސާ: ތަސްލީމު އަވާމެންދުރެއްގެ ފަހަތުގައި

އަހަރެންގެ ފަގީރު ކަމުގައި އަހަރެން ހުންނަނީ ގޭގައެވެ. އެއްވެސް މީހަކަށް އަހަރެންގެފަރާތުން ދެރައެއްނުދެމެވެ. އެކަކަށްވެސް ގޯނާއެއްނުކުރަމެވެ. އަދި އުދަގުލެއްވެސް ނުކުރަމެވެ. ފަގީރު ހާލަތުގައި އަހަންނަށް ލިބޭކުޑަ ކާއެތިކޮޅަށް ޝުކުރު ކޮށްގެން އަހަރެން ހުންނަނީ ގޭގައެވެ. އެހެންވީމާ މީހަކަށް އަހަންނާދިމާލަށް ކިޔޭނީފަހެ ކީކޭހެއްޔެވެ.؟ ކޮންމެމީހަކަށްވެސް އަގައޮތިއްޔާ އެއްޗެހި ކީދާނެއެވެ. އެއީ ހަގީގަތެއް އޮވެގެން ކިޔާއެއްޗެއްސަކަށްނުވާނެއެވެ. މީހުން އަހަރެން ދެކެ ރުޅިއަންނަނީ އަހަރެންގެ ކޮންކުށެއް އޮވެގެންކަމެއް އަހަރެންނަކަށްވެސް ނޭނގޭއެވެ. ކިތަންމެ އެއްޗެއްކިޔަސް އަހަރެންގެ ދުލަކުން މީހަކާދިމާލަށް އެކައްޗަކޭވެސް ނުކިޔާނަމެވެ. އިރާދަކުރެއްވިއްޔާ އަދި އެމީހުންގެ ރުހުން އަހަންނަށް ލިބިދާނެ ތޯއްޗެކެވެ.

އަހަރެން ކުޑައިރު އަހަރެންގެ މައިންބަފައިން ނިޔާވީ އަހަރެން މިހާލުޖެހުމުގެ ސަބަބެވެ. ނަމަވެސް އެއީ އެމީހުންގެ ކުށެއްވެސް ނޫނެވެ. އަޖަލު ޖެހުމުން ދަރިއެއްގެ ހާލަކަށް އެއަޖަލެއް ނުބައްލަވާނެއެވެ. އެދެމީހުންނެތުމީ އަހަރެންގެ ތަގުދީރުގާ ވާގޮތެވެ. މިހުރިހާ ވާހަކަތަކެއް ތަސްލީމު އޭނަ ގެންގުޅުނު މަންމަ (ދޮންބީފާނު) ގާތުގައި ހިތާމައިން ފުރިގެންވާ އަޑަކުން ކިޔާދިނެވެ. "ދަރިފުޅު ތަސްލީމް ދެރަނުވާށެވެ. ދަރިފުޅު ކުރާމަސައްކަތުގައި ކުރިޔަށްދާށެވެ. ކިތައްމެ ކުޑަ އާމްދަނީއެއް ލިބުނަސް ދަރިފުޅަށްޓަކައި އެ ރައްކާކުރެވެއެވެ. ތަސްލީމުގެ މަސައްކަތަކީ ދުވާލަކު ދިހަގެއަށް ފެން ގެންގޮސްދިނުމެވެ. ދުވާލަކު ގެއަކުން 2 ރުފިޔާ ލިބުމުން ހިފައިގެންގޮސް މަންމާއި ހަވާލުކުރެއެވެ. އެ މަންމަ ދަރިފުޅަށްޓަކައި އެ ރުފިޔާ ރައްކާކުރެއެވެ.

އެއީ ފަގީރު ކުއްޖެއްގެ ހައްގަކަށްވާތީއެވެ. އެދަރިފުޅު ބޮޑުވެ އެއިން ބޭނުމެއްޖެހޭނެ ދުވަހަކަށެވެ. އެއީ އެދަރިފުޅަށްޓަކައި އެމަންމަ ހިތުގައިވާ ލޯތްބަތްޓަކައެވެ. އެމަންމަ އެދަރިފުޅު ބަލާބޮޑުކުރަނީ އުފަންދަރިއެއްގެ ގޮތުގައެވެ. ތަސްލީމުވެސް ދެކެނީ އެއީ އުފަން މަންމަކަމަށެވެ. އުފަން މަންމައެއްގެ އޯގާތެރިކަމެއް ނުލިބިހުރި ތަސްލީމަށް ދޮންބީފާނު ފެނުނީ ހިތަށްވެސް ތަސައްވަރު ނުކުރެވޭފަދަ ލޯބި މަންމައަކަށެވެ. ތަސްލީމުގެ އުމުރުން ހަތްއަހަރުގައި ގޭގެއަށް ފެން އުފުލުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ. މިހާރު އޭނަގެ އުމުރަކީ ދިހަ އަހަރެވެ. އަދިވެސް އެމަސައްކަތް ހުއްޓައެއްނުލައެވެ. ފޫހިކަމެއްނެތި ދިހަ ގެއަށް ފެންގެންގޮސް ދިނުމަކީ އޭނާގެ އުފަލެކެވެ.

Advertisement

ވަރަށް ހޫނުގަދަ ދުވަހެކެވެ. ތަސްލީމު އެދުވަހު އެންމެ ހޫނުގަދަވީ ވަގުތު ފިއްލަދޫ (އަސްލުރަށެއްނޫން) މަގުމަތީ ދެކޮޅު ބަލަހައްޓައިގެންހުއްޓާ މަގުގެ އެއްކޮޅުން އޭނައަށް ފެންނަނީ ފެންގަނޑެއްކަހަލަ ތަނެކެވެ. ހޫނުގަދަވާވަރަށް ފެންގަނޑު ބޮޑުކަމަށް ދައްކައެވެ. ތަސްލީމު ހިތަށް އެރިއެވެ. އެހެން ދުވަސްދުވަހު ނުފެންނަ ފެންގަނޑެއް މިއަދު މިފެންނަނީ ކީއްވެބާވައެވެ. މީގެ ހަގީގަތްޖެހޭނީ ބަލާށެވެ. މިހެންހިތަށް އެރުމަށްފަހު ފެންގަނޑާދިމާއަށް ހިނގަންފަށައިފިއެވެ. ހިނގާވަރަކަށް މިފެންގަނޑު ދުރުވާހެންހީވެއެވެ. ހިނގާހިނގާ މިފެންގަނޑެއް ތަސްލީމަކަށް ނުފެނުނެވެ. ފެންގަނޑާ އަރާހަމަވޭތޯ ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް ފެންގަނޑެއް ނެތެވެ. މިހާރު ދިގުމަގުގެ އެންމެކޮޅަށް ދެވިއްޖެއެވެ. އެފެންގަނޑު މިހާރު ނުފެނެއެވެ. ވަރަށް ދެރަވެލާފައި ތަސްލީމު މަގުގެ އަނެއްކޮޅު ބަލާލިއެވެ. އަސްތާ! މިވީ ކިހިނެއްހެއްޔެވެ. މިހާރު އެފެންގަނޑު އެއޮތީ އެކޮޅުގައެވެ. މިއީ ދެކޮޅަށް ދުވާ ދިރޭ ފެނެންގަނޑެއްހެއްޔެވެ.؟ މީގެކުރިއަކު ރަށުތެރޭ ދެކޮޅަށްދުވާ ފެންގަނޑެއް އަހަރެން ނުދެކެމެވެ. މަގުގައި އެއްވެސް ވަރަކަށް ފެނުގެ އަސަރެއްވެސް ނެތެވެ. މަގުމަތީ ހިރަފުސްވެސް ވަރަށްގަދައެވެ. އެކަމަކު ލޮލަށް ފެންނަނީ ބޮޑު ފެންގަނޑެކެވެ. މިއީ އަޖާއިބަކަށް ނުވެދާނެބާވައެވެ.

އެއިރު ތަސްލީމު ލަސްވެގެން ދޮންބީފާނު ނުކުމެގެން އޭނާ ހޯދަނީއެވެ. އަލީ ނަމަކަށްކިޔާ މީހަކު ދޮންބީފާނު ކައިރީގައި ބުނެލިއެވެ. " އޭމަންޖޭ ތިހޯދަނީ ކޯއްޗެއްހެއްޔެވެ." ދޮންބީފާނު ބުންޏެވެ. މިހޯދަނީ މަގޭ ތަސްލީމެވެ. އަލީ އޭނާ ދުށިންތަ؟ އަލީ: ހާ! ދުށިން. ނޫން!ނުދެކެން. އެކޮޅުން ފެނޭ. މިކޮޅުން ނުފެނޭ. ދެކޮޅު އެއްފަހަރާ ބެލީމާ ފެނިދާނެ. މިދެއުޅިއެއްނުވާ އަލީގެ ބަސްތަކަކުން ދޮންބީފާނަށް ހަމަ އެކައްޗެއްވެސް ނޭގުނެއެވެ. ދެވަނަ ފަހަރަށް ދޮންބީފާނާއި ދިމާވީ އެރަށު މުދިންމީހާއެވެ. ދޮންބީފާނު އަހާލިއެވެ. ކުޑަހުއްތުއެވެ. އަހަރަމެންގެ ތަސްލީމު ދުށިންހެއްޔެވެ.؟ ކުޑަހުއްތު އެއީ ކާކުތަ؟ އާ! އެއީ ގޭގެއަށް ފެންގެންދާ ކުއްޖާދޯއެވެ.؟ ދޮންބީފާނު ހާ! އެކުއްޖާއެވެ. ކުޑަހުއްތު: ރަށުގެ ދެކޮޅުންވެސް އަހަރެން އޭނަދުށީމެވެ. މިހާރު މަގުގެ އުތުރު ކޮޅުގައި އެބަހުއްޓެވެ. ދުވެފައި ދޮންބީފާނު މަގުގެ އުތުރުކޮޅަށް ދިޔައިރު ގަހެއްގެ ބުޑުގައި ލެނގިލައިގެން ތަސްލީމު އިނެވެ. ވަރުބަލިވެފައެވެ. ދަރިފުޅާ ކީއްކުރަންތަ މިތާތިއިނީ.؟ މިހާރު ކިހާއިރެއްމިވީ ދަރިފުޅު ގެއިން ނުކުމެގެންއުޅޭތާ.؟ އަވަހަށް ގެއަށްދަމާބަހީ. މަންމާ! އަހަންނަށް ފެނުނު ދުވާ ފެންގަނޑެއްގެ ފަހަތުން މަގުގެ ދެކޮޅަށް ހިނގާލެވުނީއެވެ. އުޅެއުޅެ ފެންގަނޑަކާއި ދިމާނުވިއެވެ. މިހާރު އެއްކޮޅަކުންވެސް ފެންގަނޑެއްނުފެނެއެވެ. އެއިރު ގަޑިން ހަތަރުގަޑިބައިވަނީއެވެ.

ދަރިފުޅަށް ތިބުނާފެންގަނޑެއްފުނުނީ ކޮންވަގުތަކުހެއްޔެވެ.؟ މަންމާ! އެއީ ބާރަ ޖެހިއިރު އެންމެ ހޫނުވީވަގުގައެވެ.

ދަރިފުޅުގެ މޮކަމާއިމެދު މަންމަ ހައިރާންވެއްޖެއެވެ. ދަރިފުޅާ އެއީ ފެންގަނޑެއްނޫނެވެ. އެއީ އަވާމެންދުރެކެވެ. މަންމާ އަވާމެންދުރަކީ ކޯއްޗެއްހެއްޔެވެ. ދަރިފުޅާ އެއީ ހޫނުގަދަ ދުވަސްދުވަހު މަގުގެ ދެކޮޅުން އިންސާނާގެ  ލޮލަށް ފެންގަނޑެއްހެން ސިފަވާ ސިފަވުމެކެވެ. އެއަށް ކިޔަނީ "އަވާމެންދުރު"އެވެ. މަންމާ! އަހަރެންނަކީ މޮޔައެއްދޯއެވެ. އަހަރެންނަށް ތިވަރުވެސް ނޭގުނުކަމީ އަހަރެންގެ ވިސްނުން ކޮށިކަމެވެ. އެއާއެކު ތައުލީމެއްވެސް ނެތުނީމައެވެ. އިރާދަކުރެއްވިއްޔާ ދެވަނަފަހަރަކު މިފަދަ މޮޔަކަމެއްނުވެވޭތޯ ބަލާނަމެވެ. ދޮންބީފާނާއި ތަސްލީމު އެކުގައި ގެއަށްދިޔައިރު ފަސްގަޑި ތިރީސްވީއެވެ. ދިޔަ މަގުމަތީ ތަސްލީމު ބުނެލިއެވެ. މަންމާ އެވާހަކަ މީހުން ކާއިރީގައި ނުދައްކާތި، މީހުންގެ މަލާމާތްކުރުން އިތުރުވާނެއެވެ. މިހާރުވެސް ޒުވާނުން އަހަންނަށް ޖެއްސުންކުރާވަރު މަންމައަށް އެގޭނެއެވެ. އާ! ދަރިފުޅާ މަންމަ ތިވާހަކައެއް ނުދައްކާނަމެވެ. ތަސްލީމު އާއި ދިމާއަށް ޒުވާނުން އެއްޗެހި ގޮވަނީ އެއުމުރުގެ ކުދިންނަށް ވުރެ އޭނާ މުރާލިވީމައެވެ. އެހެންކުދިން އުޅޭގޮތަށް މަގުމަތީގައި ސަކަރާތް ޖަހަން ނޫޅޭތީއެވެ. މަސައްކަތްކޮށްގެން ކުޑަނަމަވެސް އާމްދަނީއެއް ލިބެމުން ދާކުއްޖަކަށްވީމައެވެ. މިހާރު ޒުވާނުންވެސް ތިމަންނަމެން މިއުޅެނީ ރަނގަޅަށް ނޫންކަން އެނގި އެކުދީންގެ ހިތްވަރު ތަސްލީމަށް ލިބެންފަށައިފިއެވެ. އެއްކަލަ މަލާމާތާއި ފުރައްސާރަ ކުރި ކުދިން މިހާރު ތަސްލީމުގެ އެކުވެރިންނަށްވީއެވެ.

އޭގެތިންމަސްފަހެވެ. އެއްދުވަހަކު ދޮންބީފާނު ރުފިޔާ ގުނަންއިންދާ ތަސްލީމްއަށް ފެނުމުން ބުނެލިއެވެ

މަންމާ ތިޔައީ ކޮންރުފިޔާތަކެއްހެއްޔެވެ. ދޮންބީފާނު ދަރިފުޅާ މިއީ ދަރިފުޅު ގޭގެއަށް ފެން ގެންގޮސްދީގެން ދަރިފުޅަށް ލިބުނު ފައިސާއެވެ. ދަރިފުޅަށްޓަކއި އެފައިސާ މަންމަ ރައްކާކުރީމެވެ. މިހާރު މަންމަގެ އަތުގައި މިއޮތް /2160 ރުފިޔާ އަކީ ދަރިފުޅުގެ ފައިސާއެވެ. ދަރިފުޅު ބޮޑުވެ ފައިސާއަށް ބޭނުންވާ ދުވަހަކުން މިރުފިޔާ ދަރިފުޅު ބޭނުންކުރާށެވެ.

މިހާ ހިސާބުން މިހާދިސާ ނިމުނުކަމަށް މުސައްނިފް (މަލިކް ހަސަންބޭ) ލިޔެފައިވެއެވެ.

+1
0
+1
1
+1
2
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް