ލޮލުގެ ފަރުވާތަކަށް ބޭނުންވާ މީހުންގެ އަދަދު ދުނިޔޭގައި އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.
ލޮލުގެ ފަރުވާގެ ނިޒާމު ރަނގަޅުނުކޮށްފިނަމަ 2050 ވަނަ އަހަރާ ހަމައަށް ލޯ އަނދިރިވާ މީހުންގެ އަދަދު ތިން ގުނައަށް މަތިވެ އެއަދަދު 115 މިލިއަނަށް އަރާނެ ކަަމަށް ބައިނަލް އަގްވާމީ ޖަމްއިއްޔާ، ސައިޓްސޭވާސް އިން ބުނެއެވެ.
މިހާރުވެސް ދުނިޔޭގައި 2.2 ބިލިއަން މީހުންނަކީ ލޮލަށް ނުފެންނަ މީހުންނެވެ. މީގެތެރޭގައި ހިމެނެނީ އެއްގޮތަކަށްވެސް ލޮލަށް ނުފެންނަ މީހުންނާއި ކޮންމެވެސް ވަރަކަށް ލޮލުގެ ފެނުން ގެއްލިފައިވާ މީހުންނެވެ. ނަމަވެސް މީގެތެރެއިން ދެބައިކުޅައި އެއްބައި މީހުންނަކީ ފަރުވާކޮށްގެން ލޮލުގެ ފެނުން އިޔާދަކުރެވިދާނެ މީހުންނެވެ.
ލޯ އަނދިރިވުމާއި ލޯ ފުސްވުންފަދަ މައްސަލަތައް ކުރިމަތިވާ ލޮލަށް ޖެހޭ ބައިވަރު ބަލިތައް ހުރެއެވެ. އޭގެ ތެރެއިން ބައެއް ބަލިތަކަށް ކުރީކޮޅުގައި ފަރުވާ ނުދެވި ލަސްވަމުންދާނަމަ ލޯ އަނދިރިކޮށްލައެވެ.
އާންމުކޮށް ލޮލަށް ޖެހޭ ބަލިތައް
1. ކެޓަރެކްޓްސް
މި ބަލި ޖެހުމުން ލޮލުގެ ކަޅުކަޅި ހުދުވާންފަށައެވެ. މި ބަލި ޖެހެނީ ލޮލުގެ ލެންސްގެ މައްޗަށް ޕްރޮޓީންސް ޖަމާވުމުންނެވެ. މީގެ ސަބަބުން ލޮލުގެ ފެނުން ފުސްވުމާއި ބައެއްފަހަރަށް ލޯ އަނދިރިވެސް ވެއެވެ. މުޅި ދުނިޔޭގައި 12 މިލިއަނަށްވުރެ ގިނަ މީހުން ލޯ އަނދިރިވެފައިވަނީ މި ބަލީގެ ސަބަބުންނެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިބަލި ޖެހެނީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެހެންނަމަވެސް ބައެއް ފަޤީރު ޤައުމުތަކުގައި ކެޓަރެކްޓްސް ބަލީގެ ސަބަބުން އެތައް ހާސް ތުއްތު ކުދިންގެ ލޮލުގެ ފެނުންވެސް ގެއްލިފައިވެއެވެ. މި ބައްޔަކީ އޮޕަރޭޝަންކޮށްގެން ރަނގަޅު ކުރެވޭ ބައްޔެކެވެ.
2. ރިފްރެކްޓިވް އެރާ
ދުނިޔޭގެ ލޯ އަނދިރިމީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔާއި ގާތްކުރާ އަދެއްގެ މީހުން ލޯ އަނދިރިވީ ރިފްރެކްޓިވް އެރާ ގެ ސަބަބުންނެވެ. މި ބަލީގައި، ލޮލުގެ ބައްޓަމަށް އަންނަ އާދަޔާއިޚިލާފު ބަދަލުތަކެއްގެ ސަބަބުން ލޮލުގެ ފެނުން ފުސްވެއެވެ. އެހެންނަމަވެސް އައިނު އަޅައިގެން މިކަން ހައްލު ކުރެވެއެވެ. މި ބައްޔަށް ފަރުވާ ނުކުރެވި މައްސަލަތައް ދިމާވަނީ ފަޤީރު ގައުމުުތަކުގައެވެ. އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގައި މިބަލި ދެނެގަތުމަށް ޓެސްޓް ކުރެވޭނެ ތަނަވަސްކަން މީހުންގެ ކިބައިގައި ނުހުރުން އަދި އައިނު ގަތުމުގެ ތަނަވަސްކަން ނެތުމުގެ ސަބަބުން ގިނަބަޔަކަށް ފަރުވާ ނުކުރެވި ވަނީ ލޯ އަނދިރިވާން ދޫކޮށްލެވިއެވެ.
3. ޓްރެކޯމާ
ޓްރެކޯމާ އަކީ އެންމެ ގިނަ މީހުން ލޯއަނދިރިވުމަށް މަގުފަހި ކުރުވާ އިންފެކްޝަންސް ލޮލުގެ ބައްޔެވެ. 44 ގައުމެއްގެ މީހުންނަކީ މި ބަލީގެ ރިސްކް އޮތް މީހުންނެވެ. ގައިންގަޔަށް އަރާ މި ބަލީގެ ކުރީކޮޅު ފަރުވާ ދެވިއްޖެނަމަ ފަސޭހައިން ރަނގަޅުވެސް ކުރެވެއެވެ. އެހެންނަމަވެސް ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ލޮލުގެ މަތީގައިވާ ބައިގެ އެތެރެ ދުޅަވެ ހިރުވާގޮތްވެއެވެ. އަދި އެސްފިޔަތައް ލޮލުގެތެރެއަށް ވަދެ ލޯ ކެހުމާއި އެހެނިހެން އުނދަގޫތައްވެއެވެ. މި ބަލީގެ ސަބަބުން ލޯ އަނދިރިވެފައިވާ 1.9 މިލިއަން މީހުން އެބަތިބި ކަމަށް ސައިޓްސޭވާސް ޖަމްއިއްޔާއިން ލަފާކުރެއެވެ. އާންމުކޮށް މި ބަލި ޖެހެނީ ކުޑަކުދިންނާއި އަންހެނުންނަށެވެ.
4. ރިވާ ބްލައިންޑްނެސް
މިއީ ސޫއްޕެއްގެ ޒަރިއްޔާއިން ލޮލަށް ޖެހޭ އިންފެކްޝަނެކެވެ. މި ބަލީގައި ވަރަށް ބޮޑަށް ހަންގަނޑު ކަހާގޮތްވެއެވެ. އަދި ލޯ އަނދިރިކޮށްލައެވެ. ލޯ އަނދިރިވުމުގެ ކުރިން އެންޓިބައޮޓިކް އެއް ކައިގެން މި ބަލި އިތުރަށް ފެތުރުން ހުއްޓުވިދާނެ އެވެ. މި ބަލި ފަތުރާ ސޫއްޕަކީ ހަލުވިކަމާއެކު ފެންގަނޑު ދައުރުވާ ކޯރުތައް ކައިރީގައި އުފެދިގެން އާލާވާ ކަޅުކުލައިގެ މެއްސެކެވެ. ހަލުވިކަމާއެކު މި މެހީގެ އާބާދީ އިތުރުވެ ކޯރުތައް ކައިރީގައި ގޮވާމުގެ ބާވަތްތައް ހެދުނަ ނުދޭން މި ސޫފިތައް މަސައްކަތް ކުރެއެވެ. އާންމުކޮށް ރިވާ ބްލައިންޑްނެސް ޖެހެނީ އެފްރިކާގެ ގައުމުތަކުގައި އުޅޭ މީހުންނަށެވެ. 1.1 މިލިއަން މީހުންގެ ލޯ އަނދިރިވެފައިވަނީ މި ބަލީގެ ސަބަބުންނެވެ.
5. ގުލްކޯމާ
ބެލެވޭ ގޮތުގައި 4.5 މިލިއަން މީހުން ލޯ އަނދިރިވެފައިވަނީ ގުލްކޯމާ ބަލި ޖެހިގެންނެވެ. ގުލްކޯމާއަކީ ލޮލުގެ ތެރޭގައި ޕްރެޝަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ލޮލުގައި ޕްރެޝަރުމަތިވެ ލޮލާއި ސިނކުނޑިއާއި ގުޅުވައިދޭ އޮޕްޓިކް ނާރު ހަލާކުކޮށްލައެވެ. ގުލްކޯމާއަކީ ތިންވަނައަށް އެންމެ ގިނަ މީހުން ލޯއަނދިރިވާން މެދުވެރިވާ ބައްޔެވެ. މި ބަލި ޖެހިއްޖެނަމަ ފަރުވާ ކުރުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ ބަލީގެ ކުރީކޮޅު އަލާމާތްތަކެއް ނުފެންނާނެއެވެ. ގުލްކޯމާގެ އަލާމާތްތައް ލޮލުގެތެރޭގައި އުފެދެމުން ބޮޑުވަމުން އަންނަނީ ލަސްލަހުން ކަމަށްވާތީ ގިނަ އަހަރުތަކެއް ވަންދެން މި ބަލި ޖެހިފައި ހުއްޓަސް އެކަން އެނގެނީ މާ ފަހުންނެވެ.
6. ޑައިބިޓިކް ރެޓްނޯޕަތީ
މިއީ ލޭގައިވާ ހަކުރުގެ މިންވަރު މަތިވުމުގެ ސަބަބުން ނުވަތަ ހަކުރުބަލީގެ ސަބަބުންނާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ ސަބަބުން ކުރިމަތިވާ ބައްޔެކެވެ. ހަކުރުބައްޔާ ޕްރެޝަރު މައްޗަށްދިއުމުގެ ސަބަބުން ލޮލުގެ ތެރޭގައިވާ ބްލަޑް ވެސަލްސްތައް ހަލާކުވެއެވެ. އެންމެ ފަހުން ލޯ އަނދިރިވެސް ކޮށްލައެވެ. ހަކުރުބަލީގެ މީހުންނަކީ ލޮލުގެ ބަލިތައް ޖެހުމުގެ ރިސްކް ބޮޑު ބައެކެވެ. ކެޓަރެކްޓްސް އާއި ގުލްކޯމާވެސް އެ ބަލިތަކުގެ ތެރޭގައި ހިމެނެއެވެ. ހަކުރުބަލީގެ ސަބަބުން ލޮލަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ބްލަޑް ޝުގާ ލެވެލް އާއި ބްލަޑް ޕްރެޝަރ އަދި ކޮލެސްޓްރޯލް ލެވެލް މަތިވިޔަ ނުދީ ހިފަހައްޓަން ޖެހޭނެއެވެ.
ނޯޓް: މައުލޫމާތު ނަގާފައިވަނީ ސައިޓްސޭވާސް އޮގަނައިޒޭޝަން
ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު
mi liyumugai vaa gothun mihaaru dhuniyeygai thibi meehunge therein 2.2 billion meehunnak loa andhiri meehun. mulhi dhuniyeygaives mihaaru thibee gaaigandakah 8 billion meehun kamah veeiru 2.2 billion adhadhu gaboolu kuran dhathi. E hisaabu hoadhi thanakaai gotheh liyumugai faahanga kohlun muhimmu. e
https://www.sightsavers.org/protecting-sight
Liyumuga eba bune mi meehunna havaalaadhee
ލިޔުމުގައި އެއޮތް އޮގަނައިޒޭޝަންގެ ވެބްސައިޓްގައި ބުނަނީ 2.2 ބިލިއަން މީހުން ލޮލަށް ނުފެންނަ ކަމަށް. އޭގެތެރެއިނ އެއްބައި މީހުން އެއްކޮށް އަނދިރި އަނެއްބައި މީހުން ކޮންމެވެސް ވަރަކަށް އަނދިރި އޯ
ކޮމެންޓްސް ބަންދުކުރެވިފައި