Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ކަސްޓަރޑް ފްލޭން ކޭކް ބަދިގެ

ޒީޓައިމްސް ބަދިގެ: ކަސްޓަރޑް ފްލޭން ކޭކް

ކޭކަށް ބޭނުންވާތަކެތި:

¾ ޖޯޑު ކަސްޓަރޑް

250ގ ބަޓަރ

Article - in content
Advertisement

250ގ ހަކުރު

250ގ ބިސް

250ގ ފުއް

½ 2 ސައިސަމުސާ ބޭކިންގ ޕައުޑަރ

1 މޭޒުމަތީ ސަމުސާ ހިކިކިރު

½ 1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ބަޓަރ އަދި ހަކުރު ތައްޓަކަށް އެޅުމަށްފަހު ހަކުރު ވިރެންދެން ގިރާލާށެވެ. ދެން ފަހަރަކު ބިހެއް އަޅަމުން ގިރާލާށެވެ. އެއަށްފަހު ބޭކިންގ ޕައުޑަރ، ހިކި ކިރު އަދި ކަސްޓަރޑް ޕައުޑަރ އަޅާފަ ފިރާށެވެ. ރަނގަޅަށް ގިރުނީމަ ވެނީލާ އެސެންސް އަޅާ ގިރާށެވެ.

ޕްޑިންގ އަށް ބޭނުންވާ ތަކެތި

8 ބިސް

1 ގެރިކިރު ދަޅު

1 ގެރިކިރު ދަޅުގެ ފެން

1 ސައިސަމުސާ ވެނީލާ އެސެންސް

4 މޭޒުމަތީ ސަމުސާ ހަކުރު

2 މޭޒުމަތީ ސަމުސާ ފެން

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ޕޭންގެތެރެއަށް ހަކުރު އަދި 2 ސަމުސާ ފެން އަޅާ ހަކުރުގަނޑު ރަތް ވަންދެން ކައްކާށެވެ. ހަކުރުގަނޑު ރަތްވީމަ އުނދުންމަތިން ބާލާފައި ހިހޫކުރަން ބަހައްޓާށެވެ. ދެން ބިސްތައް ތައްޓަކަށް އަޅާފަ ގިރާފައި އޭގެތެރެއަށް ގެރިކިރު، ފެން، ވެނީލާ އެސެންސް އަޅާ ގިރާށެވެ.

ދެބައި ތައްޔާރުކޮށް ނިމުނީމަ ކެއްކި ހަކުރުގަނޑު މައްޗަށް ޕުޑިންގ މިކްސް އަޅާށެވެ. އޭގެ ފަހުން އޭގެ މައްޗަށް މަޑުމަޑުން ކޭކް ބެޓަރ ގަނޑު އަޅާފައި އެއްވަރުކޮށްލާފަ އަވަނަށް ލާފަ ފިހެލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —