September 21, 2024 05:01
Advertisement

-Advertisement-

އިހުޒަމާނުގެ ރިހާކުރުފޮޅި

ބޭނުންވާ ތަކެތި:

½ ޖޯޑު ހަނޑޫފުށް (1 ސަމުސާ ހުނި އަޅައިގެން ފުނޑާފައި)

3 މޭޒުމަތީ ސަމުސާ ގޮދަންފުށް

Advertisement

1/3 ޖޯޑު ރިހާކުރު

3 މޭޒުމަތީ ސަމުސާ ކާށިހުނި

½ ޖޯޑު މުރަނގަފަތް

1 ފިޔާ (މެދު ސައިޒުގެ ކޮށާފައި)

1 އިންޗި އިނގުރު (ގާނާފައި)

1/3 ސައިސަމުސާ މުގުރި ދިރި

1 ލުނބޯ

3 ކުކުޅުބިސް

1 ގިތެޔޮމިރުސް

ބައިދަޅު މަސް (ފެލިވަރުމަސް)

އިގިލިކުރިން ހިފާލެވޭވަރުގެ މުގުރި އަސޭމިރުސް އަދި ރީނދޫ

ހިކަނދިފަތް (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

އެންމެފުރަތަމަ ފިޔާ، މިރުސް، ހިކަނދިފަތް، އިނގުރު، ރީނދޫ އަދި ލުނބޯހުތް ލައިގެން ރަނގަޅަށް މޮޑެލާނީއެވެ. އެއަށްފަހު ހުނި، ރިހާކުރު، ދިރި، އަސޭމިރުސް އަޅައިގެން އަދި މަސްދަޅުވެސް އަޅައިގެން މޮޑެލާނީއެވެ. ދެން ކުކުޅުބިސް އެޅުމަށްފަހު ހަނޑޫފުށާއި ގޮދަންފުށްކޮޅު އަޅައިގެން އެއްކޮށްލާނީއެވެ. ދެން މުރަނގަފަތް އެޅުމަށްފަހު މާހިކިނަމަ ކުޑަފެންފޮދެއް އަޅައިގެން ތަވާގައި ފަހަރަކު ފޮޅިއެއް ފިހަމުން ގެންދާށެވެ. މިއީ އެންމެ އިހުޒަމާނުގައި ރިހާކުރު ފޮޅި ފިހެ އުޅުނު ގޮތެވެ.

ރިހާކުރު ބޮނޑީގެ ބަދަލުގައި މިހާރު ބޭނުންކުރަނީ މަސްދަޅެވެ. މިގޮތަށް ރިހާކުރު ފޮޅި ތައްޔާރުކޮށްލުމުން ވަރަށް މީރުވާނެއެވެ.

+1
2
+1
9
+1
1
+1
0
+1
1
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް