November 22, 2024 19:10
Advertisement

-Advertisement-

ފާރަލާކަން ދެނެގަނެ އަމަލުކުރެވިދާނެ ގޮތް!

ބަޔަކު ތިބާއަށް ފާރަލާކަން ފާހަނގަކުރެވިއްޖެނަމަ އެބައެއް ނުވަތަ އެމީހެއްގެ ކިބައިން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަން އެނގިފަހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އަދި ހަވަނަ ހިއްސުގެ ބޭނުންކުރުމަކީ މިކަހަލަ ކަންތައްތައް ދެނެގަނެވިދާނެ ކަމެކެވެ. އެގޮތުން ބަޔަކު ފާރަލާނަމަ ދެނެގަނެ އަމަލުކުރާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ.

1- ކާރު ދުއްވުން ހުއްޓާނުލާ

ދުއްވަމުންދާ ކާރުގެ ފަހަތުން ފާރަލާކަމަށް ޝައްކު ކުރެވިއްޖެނަމަ ކާރުގެ ސްޕީޑް މަޑުކޮށް ފަހަތުން އަންނަނީ ކާރެއްނަމަ އެކާރު ކުރިއަށްދިއުމަށް ޖާގަދޭށެވެ. ނޫނީ ދުއްވަމުންދާ ލޭނުން އެހެން ލޭނަކަށް ބަދަލުކޮށްލާށެވެ. ފަހަތުން އަންނަ ކާރު ލައިޓް ބޭނުންކޮށްގެން ސިގްނަލް ދިން ކަމުގައިވިޔަސް ތިމާ ދުއްވާ ކާރުގެ އެއްވެސް މައްސަލައެއް ފާހަގަނުކުރެވޭނަމަ މަޑުނުކޮށް ދުއްވަމުންދާށެވެ. ސީސީޓީވީ ކެމެރާތައް ބެހެއްޓިފައިވާ މަގުތަކުން ދުއްވުމަށް އިސްކަންދީ އެކި ގޯޅިތަކުން ނަމަވެސް ހަތަރު ފަހަރު ކަނާތްފަރާތަށް އަޅާށެވެ. އެވަރުންވެސް އެކާރު ފަހަތުން ފެންނަން އޮތްނަމަ ފާރަލަމުން އަންނަ ކާރެއްގެ ގޮތުގައި ބެލެވިދާނެއެވެ.

Advertisement

2- ފާރަލާމީހާ ހީނުކުރާގޮތަށް އަމަލުކުރުން

ކާރެއްގައިނަމަ، (މަގުމަތިން އެކްސިޑެންޓްނުވެ ދުއްވާނެ ޖާގަ އޮތްނަމަ) ވާތްފަރާތުން ގޯޅިއަކަށް އަޅާކަމަށް ސިގްނަލްދީ، އެއަށްފަހު ކަނާތްފަރާތަށް ސިގްނަލްދީ ކަނާތްފަރާތަށް އަނބުރާލުމުން ފަހަތުން ފާރަލާނަމަ ދެނެގަންނަން ފަސޭހަވާނެއެވެ. އެއީ ފަހަތުން އަންނަ ކާރުވެސް ތިމާ އެއަމަލުކުރި ގޮތަށް ސިގްނަލްދީ ފަހަތުން އައުން އެކަށީގެންވާތީއެވެ. އަދި ފައިމަގުގައި ދަނިކޮށް މީހަކު ފަހަތުން ފާރަލާނަމަ އައިކޮޅު ނޫން އަނެއްކޮޅަށް އެނބުރި ހިނގައިގަންނާށެވެ.

3- ތަކުރާރުކޮށް އެކަކާ ދިމާވުން

ތަކުރާރުކޮށް އެކަކާ ދިމާވުމަކީ އާންމުގޮތެއްގައި ގޮސްއުޅޭ ތަންތަނުން ވެދާނެކަމެކެވެ. މިސާލަކަށް އެއްގަޑިއެއްގައި ޖިމަށް ދާއިރު އެއްބަޔަކާ ދިމާވުން އެއީ ވެދާނެކަމެކެވެ. ނަމަވެސް އެހެންތަންތަނުން އަވަސް މުއްދަތެއްގައި އެކަކާ ތިންވަނަ ފަހަރު ދިމާވެއްޖެނަމަ (ކުރިން އާންމުކޮށް ދިމާނުވާ މީހަކު) އެއީ ފާރަލާމީހެއްގެ ގޮތުގައި ބެލެވިދާނެއެވެ.

ބާޒާރުކުރަން އެއްގަޑިއެއްގައި ދިއުމުގެ ބަދަލުގައި އެކިގަޑިތަކުގައި ދިއުމަށް އިސްކަންދޭށެވެ. އަދި ހިނގުމުގައި ގެންގުޅޭ ސްޕީޑް ތަފާތުކުރަމުން ހިނގާށެވެ. ފަހަތުން އަންނަމީހާ އެސްޕީޑާ އެއްގޮތަށް ހިނގާކަން ފާހަކުރެވިއްޖެނަމަ އެއީ ފާރަލަމުން އަންނަ މީހެއްކަމުގައި ބަލާށެވެ. އަދި ހިނގަމުންގޮސް ކުއްލިއަކަށް މަޑުކޮށްލުމަށްފަހު އަނެއްފަރާތަށް އެނބުރި ފޯނުނަގާކަމަށް ނުވަތަ ބޫޓުގެ ނާޑުވާ އައްސަން ކަމަށް ހަދާށެވެ. އެހެން ކަންތައްކުރުމުން ފަހަތުން ފާރަލަމުން އަންނަމީހާ ހުއްޓުންއެރުން ނުވަތަ ފަޅާއެރީކަމަށް ހީކޮށް އާދަޔާޚިލާފުގޮތަކަށް އަމަލުބެހެއްޓުން އެކަށީގެންވެއެވެ.

މިފަދަކަމެއް ދިމާވެއްޖެނަމަ ކޮންމެވެސް ގޮތަކުން ފޯނުގައި ނަމަވެސް މައުލޫމާތު ނޯޓުކޮށްފައި ބެހެއްޓުން ބުއްދިވެރިއެވެ. ސަބަބަކީ މައުލޫމާތު ފޯރުކޮށްދިނުމުން އެފަދަ މައްސަލައެއް ތަހުގީގުކުރާނަމަ ވަރަށްބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެތީއެވެ.

ފާރަލާކަން ޔަގީންވުމުން އަމަލުކުރާނީ ކިހިނެއް؟

ސެލްފްޑިފެންސް ތަޖުރިބާކާރުން ބުނާގޮތުން އާންމު އުސޫލުންނަމަ އެފަދަ ހާލަތެއްގައި ފާރަލާމީހުންނާ ކުރިމަތިލުމުގެ ބަދަލުގައި އަމަލު ކުރަންވީ ގޮތަކީ:

1- ވެހިކަލެއްގައި ނުވަތަ ފައިމަގުގައި ދިޔަކަމުގައިވިޔަސް ސީދާ ގެއަށް ނުވަތަ ދިރިއުޅޭ ތަނަށް ނުދާށެވެ. ނަމަވެސް އާންމުކޮށް އެކަހަލަ ވަގުތުތަކުގައި ބޭނުންވާނީ ސީދާގެއަށްގޮސް ކޮޓަރިއަށްވަދެ ތަޅުލައިގެން އޮންނާށެވެ. އެގޮތަށް އަމަލުތަށް ބަހައްޓައިފިނަމަ ފާރަލާ މީހާއަށް އެދެވެނީ ވަރަށް މުހިންމު މައުލޫމާތެވެ. އޭގެތެރޭގައި ދިރިއުޅޭ ގޭގެ މައުލޫމާތު ލިބުން ހިމެނެއެވެ. ދިރިއުޅޭ ގޭގެ މައުލޫމާތު ލިބިއްޖެނަމަ ފާރަލާ މީހަކު ބޭނުންވާ މަގްސަދު ހާސިލުކުރުމުގެ ފުރުސަތު ބޮޑުވާނެއެވެ. 

2- ފާރަލާކަމަށް ޔަގީންވެއްޖެނަމަ މީހުން ގިނައިން ދިރިއުޅޭ ސަރަހައްދަކަށް ނުވަތަ ތަނަކަށް ދާށެވެ. އެއަށްފަހު ފުލުހުންނަށް ގުޅާ ރިޕޯޓުކުރާށެވެ.

+1
0
+1
2
+1
3
+1
1
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް