November 22, 2024 01:57
Advertisement

-Advertisement-

އާތްރައިޓިސްގެ ރިހުންތައް ލުއިކޮށްދޭ ބުއިންތައް

އާތްރައިޓިސް އަކީ އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެެއް ކަމަށް ހީވެފައި އޮތަސް ޒުވާން އުމުރުގައިވެސް މިބަލި ތަހަންމަލު ކުރަން ޖެހިދާނެއެވެ. މިއީ ވަކި އުމުރަކަށް އޮތް ބައްޔެއް ނޫނެވެ. މުޅިދުނިޔޭގައި 350 މިލިއަނަށްވުރެ ގިނަ މީހުންނަކީ އާތްރައިޓިސް ހުންނަ މީހުންނެވެ.

އެމެރިކާގައި 50 މިލިއަން މީހުން އާތްރައިޓިސްގެ ވޭންތައް ތަހައްމަލު ކުރަމުންދާއިރު އޭގެތެރޭގައި އާތްރައިޓިސް ހުންނަ 300 ކުޑަކުދިން ހިމެނެއެވެ.

ހުޅުތައް ދުޅަވެ ހުޅުތަކުގައި ރިއްސުމަށް މެދުވެރިވާ މި ބައްޔަށް ލުއިކަމެއް ލިބޭފަދަ ކެއިން ބުއިމުގެ ބާވަތްތަކެއް ހުރެއެވެ. މިހިމަނާލަނީ އާތްރައިޓިސްގެ ރިހުންތައް ލުއިކޮށްދޭ ސްމޫތީގެ ބައެއް ވައްތަރުތައް ތައްޔާރުކުރާނެ ގޮތެވެ.

Advertisement

1. އަލަނާސި- ރީންދޫ ސްމޫތީ

ބޭނުންވާތަކެތި:

އަލަނާސިއެއްގެ 1/4 ބައި ތޮށި މަށާ ކުދިކޮށް ކޮށާފައި

ފިލްޓަރ ކޮށްފައިވާ 200 މިލިލީޓަރުގެ ފެން

1 އޮރެންޖް ތޮށި މަށާފައި

1/2 ސައިސަމުސާ ރީންދޫ

1/2 ލުނބޯތޮށި ހިމުންކޮށްފަ

1/2 ދޮންއަނބު ކުދިކޮށް ކޮށާފައި

1/2 ސައިސަމުސާ އިނގުރު

ބޮޑު ކެރެޓެއް

ކުޑަ ކުޑަ ލޮނުކޮޅެއް

މިހުރިހާ އެއްޗެހި އެއްކޮށްލައިގެން މިކްސްޗަރުން ގިރާލުމުން ސްމޫތީ ހެދުނީއެވެ. އަލަނާސި އަކީ ގިނަ އަދަދަކަށް ވިޓަމިންސީ އެކުލެވޭ މޭވާއެއްކަމަށްވާއިރު މިއީ ހުޅުތަކުން ތަދު ފިލުވާލަދޭނެ ބުއިމެކެވެ.

2. ކިވީ އާއި ކޭލް ސްމޫތީ

ބޭނުންވާތަކެތި:

2 ކިވީ ތޮށި މަށާލުމަށްފަހު ފޮތިފޮތި ކޮށްފައި

ކޮށާފައިވާ 100ގްރާމް ކޭލް

1 އަނބު ތޮށިމަށާފައި ކުދިކޮށް ކޮށާފައި

1 އޮރެންޖް ތޮށި މަށާލާފައި

މިބާވަތްތައް އެއްކޮށްލައިގެން ހަދާ ސްމޫތީންވެސް އާތްރައިޓިސްގެ ރިހުންތަކަށް ލުއިކަން ގެނެސްދެއެވެ.

މެގްނީޒިއަމް އެކުލެވޭ ކޭލް އަކީ އާތްރައިޓިސްގެ ރިހުންތައް ކުޑަކޮށްދޭ ފަތެކެވެ. ކިވީ އަކީ ދުޅަތައް ތިރިކޮށްލަދޭ 'ސްޕަރ ފުޑް' އެކެވެ.

3. ސެލެރީ - އިނގުރު ސްމޫތީ

ބޭނުންވާތަކެތި:

1 ފެހި އާފަލު ކިއުބުކޮށް ކޮށާފައި

ދެ ބޮނޑި ސެލެރީ

1/2 އަލަނާސި ކޮށާފައި

1/2 މޭޒުމަތީ ސަމުސާ އިނގުރު

ބޮޑު ލުނބޮއެއްގެ ތޮށި ގާނާފައި

މުށެއްގެ ބޯވެލިފަތް

1 މޭޒުމަތީ ސަމުސާ  ރީންދޫ

1 މޭޒުމަތީ ސަމުސާ ކާށި ތެޔޮ

ގިނަ ހޯދުންތަކުން ދައްކާގޮތުގައި އިނގުރަކީ އާތްރައިޓިސް ހުންނަ މީހުންނަށް ތަދުތަކާ ރިހުންތައް ކުޑަކޮށްދިނުމަށް ވަރަށް ބޮޑަށް އެހީވެދޭ އެއްޗެކެވެ. ސެލެރީއަކީ އޭގެ ޒާތުގައި ހުހަށްކާން މީރު އެއްޗަކަށް ނުވިޔަސް ޖޫސްތަކުގައި ބޭނުންކޮށްލަން ވަރަށް މީރު އެއްޗެކެވެ.

އާތްރައިޓިސް ހުންނަ މީހުންނަށް ސެލެރީ ޖޫސް ބުއިމަށް އާންމުކޮށް ލަފާދެއެވެ.

4. އަނބު - ސްޓްރޯބެރީ ސުމޫތީ

 

ބޭނުންވާތަކެތި:

1 ޖޯޑު މެލަން ކިއުބްކޮށް ކޮށާފައި

1 އަނބު ތޮށިމަށާ ކުދިކޮށްކޮށާފައި

4 މެދު ސައިޒްގެ ސްޓްރޯބެރީ

100 ގުރާމް ބޯވެލިފަތް

1/2 ދޮންކެޔޮ ފަޅިކޮށްފަ

200 މިލި ލީޓަރު ފެން

މިހުރިހާ ބާވަތް އެއްކޮށްލައިގެން ތައްޔާރު ކުރެވޭ ބުއިމުންވެސް އާތްރައިޓިސްގެ ރިހުންތައް ދުރުކޮށްދެއެވެ.

+1
5
+1
0
+1
2
+1
3
+1
1
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް