January 18, 2025 18:11
Advertisement

-Advertisement-

ވީޑިއޯ: އާނިސްގެ ވޭނީ ދިރިއުޅުން، ބޭނުންވަނީ ދީލަތީ އެހީއެއް

2008 ވަނަ އަހަރު ޙާމިދު ރަޝީދު އާއި ޝަހީމާ ނަޢީމް ޒަވާޖީ ހަޔާތެއް ފެށީ ވަރަށް ލޯބިން ދިރިއުޅުމަށެވެ. އެ ދެމަފިރިން ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަ ޖެހި ފުރަތަމަ ދަރިފުޅު ލިބުނީ 2010 ވަނަ އަހަރުގަ އެވެ. އެ ލޯބި އަންހެން ދަރިފުޅާއެކު އާއިލާއަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. މި އުފާވެރި ދުވަސްތައް ގުނަމުންދާތާ 3 ވަނަ އަހަރު މި އާއިލާ އަށް ލިބުނީ އިތުރު މެންބަރަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރެވެ. 

ފުރަތަމަ ދަރިފުޅަކީ އަންހެން ކުއްޖަަކަށްވާއިރު ދެވަނަ ދަރިފުޅަކީ ފިރިހެން ކުއްޖެއްކަން އެނގުމުން ލިބުނު އުފާވެރިކަން ވަކިން ބޮޑެވެ. ދުވަސްތައް ހޭދަވެ ވިހާ ދުވަސް ކައިރިވިއިރުވެސް ލިބެން އުޅޭ ދަރިފުޅުގެ ހާލަތެއް ނޭނގެއެވެ. ދަރިފުޅު އުފަންވުމާއެކު އާއިލާއަށް ކުރެވުނީ ބަޔާންކުރަން ދަތި އިހުސާސްތަކެކެވެ. އެ ދަރިފުޅު ފެނުނު ކޮންމެ މީހަކު ވެސް ހިތަށް ފުން އަސަރުތަކެއް ކުރާނެއެވެ. ތުއްތު ދަރިފުޅުގެ ބޯ އާދަޔާޚިލާފަށް ބޮޑުވެފަ ހުރިއިރު، ލޯ ހުރީ ހުންނަންޖެހޭ ވަރަށްވުރެ ބޭރަށް ނުކުމެފައެވެ. މޫނުގެ ކަށިތައް އެތެރެއަށް ވަދެފަކަހަލަ ގޮތަކަށް ހުރިއިރު އަތާއި ފައިގެ އިނގިލިތައް ހުރީ ތައްލަވާފައެވެ.

އާއިލާއަށް ލިބުނު ހިތްދަތިކަމާއެކު ވެސް ފެނުނީ ހިތްވަރާއެކު މި ތުއްތު ދަރިފުޅު (އާނިސް)ގެ ހައްގުގައި ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ދިނުމުގައި ދުވަސްތައް ހޭދަކުރަމުންދާތަނެވެ. އާނިސްގެ ކުޑައަށް ވެސް މި އާއިލާއަށް ވަނީ އިތުރު އަންހެން ދަރިއަކު ލިބިފައެވެ.

Advertisement

އާނިސް އުފަންވިތާ 9 އަހަރު ވީއިރު އިންޑިއާ އާއި ބެންކޮކުން ތަކުރާރުކޮށް ވަނީ ފަރުވާ ހޯދާފައެވެ. އާންމުންގެ އެހީތެރިކަމާއެކު މިހާތަނަށް 11 އޮޕަރޭޝަން ވަނީ ކޮށްފައެވެ. ކުރިއަށް އޮތީ ބޮޑު އޮޕަރޭޝަނެކެވެ. އާނިސް ވެސް ދަނީ ދިރިއުޅުމުގައި ދިމާވަމުންދާ ގޮންޖެހުންތަކާ ފުރިހަމައަށް ކުރިމަތިލަމުންނެވެ. އެއީ ހިތްވަރުގަދަ ކުއްޖެކެވެ. ބޭނުންވަނީ ތިޔަ ކިޔުންތެރިންގެ ދީލަތީ އެހީއެއް މި އާއިލާއަށް ފޯރުކޮށްދިނުމެވެ. 

އެކައުންޓު ނަންބަރު: ޙާމިދު ރަޝީދު 7703229160101 (ރުފިޔާ)

7713229160101 (ޑޮލަރު)

އިތުރު މައުލޫމާތު ވީޑިއޯ އިން ބައްލަވާލައްވާ:

+1
2
+1
2
+1
0
+1
0
+1
0
+1
0
+1
10

Advertisement

ގުޅުންހުރި ލިޔުންތައް