Advertisement
header ad
XeeTimesXeeTimes
ހެނދުނުގެ ނާސްތާއަށް ބޭނުން ކުރުމަށް ފައިދާހުރި ސޭންޑްވިޗް ބަދިގެ

ހެނދުނުގެ ނާސްތާއަށް ބޭނުން ކުރުމަށް ފައިދާހުރި ސޭންޑްވިޗް

މިއީ އެވަކާޑޯ ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ފައިދާހުރި ސޭންޑްވިޗެކެވެ.

ބޭނުންވާތަކެތި:

ބްރައުން ބްރެޑް

Article - in content
Advertisement

1 މޭޒުމަތީ ސަމުސާ ބަޓަރ

2 އެވަކާޑޯ

3 ލޮނުމެދު

2 ޓޮމާޓޯ

ޕާސްލީ ފަތް

½ ލުނބޯ ފަޅި

ލޮނު (ރަހަލާވަރަށް)

1 ސައިސަމުސާ އަސޭމިރުސް

އެވަކާޑޯ ސޭންޑްވިޗް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތަވައަށް ބަޓަރ އެޅުމަށްފަހު، 1 ލޮނުމެދު ގާނާލުމަށްފަހު، ޕާންފޮތި އޭގެތެރެއަށްލާފައި ޓޯސްޓް ކޮށްލާށެވެ. ދެން ޕާންފޮތިތައް ވަކިން ބަހައްޓާށެވެ. އެވަކާޑޯ ސަމުސަލަކުން ކަހާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓޮމާޓޯ އަދި ޕާސްލީ ފަތް ކުދިކުދިކޮށް ކޮށާލުމަށްފަހު އަޅާށެވެ. ދެން ބާކީހުރި ލޮނުމެދު ގާނާފައި އެޅުމަށްފަހު ލޮނު، މުގުރި އަސޭމިރުސް އަދި ލުނބޯ އެޅުމަށްފަހު އެއްކޮށްލާށެވެ. މިހާރު އެހުރީ އެވަކާޑޯ ސޭންޑްވިޗަށް ބޭނުންވާ އެއްޗެހި ތައްޔާރުކުރެވިފައެވެ. އެއަށްފަހު ޕާންފޮތީގައި އަތުރާލުމަށްފަހު ހެނދުނުގެ ނާސްތާއަށް ކާލަން މިއީ ސިއްހަތަށް ވަރަށް ފައިދާހުރި ސޭންޑްވިޗެކެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —