September 14, 2024 01:59
Advertisement

-Advertisement-

ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަނަމަ ބަލިމަޑުކަމާއި، ނާމާންކަން ފެތުރޭނެ

އިންސާނާ ދިރިއުޅޭ ވެށި ތަޣައްޔަރުވެ، ފަސާދަވެ އުނދަގޫތަކާ ކުރިމަތިލާން ޖެހެނީ އިންސާނާ ކޮށްއުޅޭ އަމަލުތަކުގެ ސަބަބުންކަން އެނގެއެވެ. ހަމަ އެއާއެކު އިންސާނާ ފަސާދަކޮށްފައިވާ އޭނާގެ އަމަލުތައް ހެޔޮކޮށް، އޭނާގެ އަމިއްލަ ނަފުސު އިސްލާހުކޮށް، ދިރިއުޅޭ ވެށި ސާފުކޮށް ތާހިރު ކޮށްފިނަމަ، އެ ހުރިހާކަމެއް އަލުން ރަނގަޅުވާނެކަން އެނގެއެވެ. އެއީ އޭނާގެ އަތްމަތީގައި އޮތް ކަމެކެވެ.

" މާތް ﷲ ގެ އަމުރުފުޅުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓާނަމަ، މުޖުތަމައު އިސްލާހުވެ ބަލިތަކާ ދުރުވެ ސިއްހަތަށް ރައްކާތެރިކަން ލިބޭނެ. އެއާ ޚިލާފަށް ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަ ނަމަ ބަލިމަޑުކަމާއި، ނާމާންކަން ފެތުރޭނެ. އިންސާނަކަށް ވީތީ އޭނާގެ ކިބައިގަ ލައްވާފައިވާ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި، ޖިންސީ ޣަޒީޒާ ހިމެނޭ. އެކަމަށް އިޖާބަދޭނެ ޝަރުޢީ މިންގަނޑު މާތް ﷲ ވަނީ ކަނޑައަޅުއްވާފަ، އެއީ ޝަރުޢީ ކައިވެނި". ޚުތުބާގައި ވެއެވެ.

ޒިނޭ އާއި އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތަކާ ގާތް ނުވުމަށް ﷲ ތައާލާ އަންގަވާފައިވަނީ އެކަންކަމުގެ ނުބައިކަމާއި އޭގެ ސަބަބުން ދެދުނިޔޭގައި ކުރިމަތިވެދާނެ ގެއްލުންތަކާއި ފާފައިގެ ބޮޑުކަމުންނެވެ. ޒިނޭ އާ ދުރުވުމަށް އެންގެވީ އޭގެ ސުންޕާކަމުގެ ސަބަބުން މުޖުތަމައު ފަސާދަވެ ނަސްލު އޮޅުންބޮޅުން ވާނެތީއެވެ. އަދި އީމާން ކަން ނިގުޅިގެން ދާނެތީއެވެ.

Advertisement

އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލު ކޮށް އުޅުނު މީހުންގެ މައްޗަށް، ﷲ ތައާލާ އެކަލާނގެ ކޯފާ އާއި، އަޛާބު ފޮނުއްވައި، އެބައިމީހުން ހަލާކު ކުރެއްވި ގޮތާމެދު ނިކަން ވިސްނާށެވެ. ހިނދުކޮޅެއްގެ އުފަލާއި އަރާމަށްޓަކައި މައުސޫމު އަންހެނުންނާއި، ފިރިހެނުން، ދުނިޔޭގެ ދަހިވެތިކަމާއި، ތިމާގެ ކެހިވެރިކަމުގެ ދަލުގައި ޖައްސައި، މަކަރާއި ހީލަތުން ފާހިޝް އަމަލުތަކަށް އަރައިގަތުމަށް އެ މީހުންނަށް މަޖުބޫރުކޮށް ދެދުނިޔޭގެ ބާއްޖަވެރިކަމުން މަހުރޫމް ނުކުރާށެވެ.

ފާހިޝް އަމަލުތައް ހިންގުމަށް ހިތްވަރުދީ އުޅޭ މީހުންނާއި އެ ކަންކަން މަނާ ކުރުމަށް މަސައްކަތް ނުކުރާ މީހުންގެ މައްޗަށް ﷲ ތައާލާ ގެ ކޯފާ އައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާ ދައްކަވާފައިވާ މަގަށް ތަބާވާށެވެ. ކައިވެނި ކުރުން ހުއްދަ ކުރައްވާފައިވާއިރު ކައިވެނީގެ އިމުގެ ތެރެއިން މާތް ﷲ ރުހިވޮޑިގެންވާ މަގުން ޖިންސީ ޣަރީޒާ ފުރިހަމަ ކުރާށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ އެއިރުންނެވެ.

ޖިންސީ ނަހަމަ ގުޅުމުގެ ސަބަބުން ފެތުރޭ ބަލިތަކުގެ ތެރޭގައި، ހަށިގަނޑުގެ ދިފާޢީ ނިޒާމު ހަލާކުކޮށްލާ ބަލިތައް ހިމެނެއެވެ. އެފަދަ ބައެއް ބަލިތަކަށް ބޭސް ކުރިޔަސް ޝިފާ ލިބުން ލަސްވެއެވެ. ގުނަވަންތައް ފޭލްވެއެވެ. އެންމެފަހުން މަރާ ކުރިމަތިލާން ޖެހެއެވެ. މި ނުރައްކާތެރި ވަބާއިން ޒުވާނުންނާއި މުޅި މުޖުތަމައު ސަލާމަތްކުރުމަކީ މައިންބަފައިންނާއި މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ.

މައުލޫމާތު: ހުކުރު ޚުތުބާ

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް