Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ފޮޓޯ: މަކުނުދޫގައި ފޯރިއާއެކު ތައްޔާރުކުރާ ބައިބޮނޑި ފޮޓޯ

ޒީޓައިމްސް ފޮޓޯ: މަކުނުދޫގައި ފޯރިއާއެކު ތައްޔާރުކުރާ ބައިބޮނޑި

ހދ. މަކުނުދޫ އަކީ ވަރަށް ފޯރީގައި ޢީދު ފާހަގަކުރާ ރަށެކެވެ. ބޮޑު ޢީދު ފާހަގަކުރުމުގެ ގޮތުން މިރަށުގައި ކުރާ ތަފާތު އެއް ކަމަކީ 'ބައިބޮނޑި' އެޅުމެވެ. މަކުނުދޫގެ ޒުވާނެއް ކަމަށްވާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ ޢަބްދުލްޣަނީ މައުލޫމާތު ދިންގޮތުގައި ބައިބޮނޑި އަކީ ބައިބަޔަށް އަޅާ ފޮނި އެއްޗެކެވެ. ހަނޑޫ ބޭނުންކޮށްގެން ތައްޔާރު ކުރާ ބައިބޮނޑި އަކީ އުނިފަތް ބޭނުންކޮށްގެން ބޯކިބަލެއްހެން ފިހާ އެއްޗެކެވެ. ފިހެ ނިމުމަށްފަހު އަންހެންވެރިން މި ބޮނޑި ފޮރުވާއިރު ފިރިހެނުންގެ މަސައްކަތަކީ މި ބޮނޑިތައް ހޯދުމެވެ. ފެނިއްޖެނަމަ ބޮނޑި ނެގުމަށްފަހު އޭގެ ވެރިފަރާތަށް އަގު ދޭނީއެވެ. އަދި ތަކުބީރު ނިމޭ ދުވަހު ފިރިހެނުންނަށް ބޮނޑި ނުފެނިއްޖެނަމަ އަންހެނުންގެ މަސައްކަތަކީ ފޮރުވިތަނަކުން ބޮނޑިތައް ނަގާ އެ ފެޅުމަށްފަހު އެންމެންނަށް ބެހުމެވެ. ކޮންމެއަކަސް މިއީ ވަރަށް ފޯރީގައި އެކި އުމުރުފުރައިގެ މީހުންގެ ބައިވެރިވުމާއެކު މަކުނުދޫގައި ޒަމާނުއްސުރެ ކުރާކަމެކެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —