Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ފޮޓޯ: ސްޓެލްކޯއިން ކުޑަގިރި ދިއްލާލައިފި ފޮޓޯ

ޒީޓައިމްސް ފޮޓޯ: ސްޓެލްކޯއިން ކުޑަގިރި ދިއްލާލައިފި

މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރި ޖުލައި 26 ގައި ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގައި ކަރަންޓުގެ ހުރިހާ މަސައްކަތެއް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. މިގޮތުން ކަރަންޓުގެ ނެޓްވޯކް ގާއިމްކޮށް ނިމި، މަގުބައްތީގެ ގޮތުގައި ހިތްގައިމު ގާރޑެން ލައިޓްތަކެއް ވަނީ ހަރުކޮށް ދިއްލާލާފައެވެ. ކުޑަ ގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް ވަނީ ނިމިފައިކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އާއި، މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވަނީ ކުޑަގިރިއަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —