Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: އެޕަލް ޕައި ބަދިގެ

ޒީޓައިމްސް ބަދިގެ: އެޕަލް ޕައި

ބޭނުންވާތަކެތި:

4 ފެހި އާފަލު

4 މޭޒުމަތީ ސަމުސާގެ ބްރައުން ޝުގަރ

Article - in content
Advertisement

4 މޭޒުމަތީ ސަމުސާގެ އާދައިގެ ހަކުރު

½ 1 ސައިސަމުސާ މުގުރި ފޮނިތޮށި

3 ޖޯޑު ފުށް

200ގ ބަޓަރ

ފެންފޮދެއް

ތައްޔާރުކުރާނެ ގޮތް:

އާފަލުގެ ތޮށި މަށާލުމަށްފަހު ތުނިކޮށް ދިގުކޮށް ކޮށާށެވެ. ދެން ތެއްޔަކަށް އާފަލު، މުގުރި ފޮނިތޮށި އަދި ދެވައްތަރުގެ ހަކުރު އަޅާ އެއްކޮށްލުމަށްފަހު ކުޑައިރުކޮޅަކަށް ފެންގަނޑު ހިނދެންދެން ކައްކާލާށެވެ. ދެން އެއަށްފަހު ހިހޫކުރަން ބަހައްޓާށެވެ.

ތައްޓަކަށް ފުށާއި ބަޓަރ އަޅާ އެއްކޮށްލުމަށްފަހު ފެންފޮދެއް ޖަހައިގެން ފުއްގަނޑު މޮޑެލާށެވެ. ދެން ފުއްގަނޑު ދެބުރިއަށް ބުރިކޮށްލާފަ އެއްބުރި ގުޅަޖަހާލާފަ ފިހަން ގެންގުޅޭ ޕޭން އާއި އެއްވަރަށް ދަމާލާފަ ޕޭންގެ ތެރެއަށް އަޅާފަ ފުއްގަނޑު އެއްވަރުކޮށްލާށެވެ. އޭގެފަހުން ފުއްގަނޑު މައްޗަށް ބޭނުންވާވަރަށް އެޕަލް ފިލިން އަޅާފަ އެއްވަރުކޮށްލާށެވެ. ދެން ފުއްގަނޑުގެ އަނެއްބައި ދަމާލާފަ ހިމަދިގުކޮށް ކަފާލާށެވެ. އަދި އެޕަލް ފިލިންގެ މަތީގައި އެއްފަށް މަތިން އަނެއްފަށް ދަށުން ވާގޮތަށް ވިޔެލާށެވެ. ދެން މަތީގައި ބިސްހާކާފަ ފިހެލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —