ހުޅުމާލޭގެ ފުރަތަމަފިޔަވަހީގެ ގިނަ މަގުތަކެއްގައި ދަނބުގަސް ހައްދާފަ ހުރިއިރު މިދުވަސްވަރަކީ ދަނބުގަސްތަކުގައި ގިނަ އަދަދެއްގެ ދަނބު އަޅާފަހުރި ދުވަސްވަރެކެވެ. ދަނބު ފެނުމުން ހަނދާންވަނީ މީގެ 22 ވަރަކަށް އަހަރު ކުރިއެވެ. އެއިރު ފުވައްމުލަކުން އާއިލާގެ މެންބަރުންނާއެކު ދަނބު ގަނެ އުޅުނީ 1 ރުފިޔާ އަށް 10 ދަނބެވެ.
ބިދޭސީން އެކަކު އަނެކަކަށްވުރެ ކުރިން ފޯރީގައި ދަނބުގަސްތަކަށް އަރާ ދަނބު ބިނދެވޭތޯ އުޅުނުއިރު އެމީހުން ދަނބުކޮތަޅެއް ވިއްކަނީ 50 ރުފިޔާ އަށެވެ. އޭގެ ކޮތަޅެއްގައި ރަނގަޅަށް ދޮންވެފަހުރި 50 ދަނބުވެސް އޮންނާނެހެން ހިއެއް ނުވެއެވެ.
އެންމެ ގިނަ އަދަދަކަށް ދަނބު ވިއްކުމަށް ބިދޭސީން އުޅެނީ ހުޅުމާލެއިން ބުރިޖަށް ދާން އޮންނަ މަގުގައެވެ.
ކުޑައިރުގެ ހަނދާންތައް އާކުރުމަށް އޭގެ ދަނބުކޮތަޅެއް ގަނެގެން ގެއަށްއައިސް ދޮވެގެން ކާން ބެލިއިރު ކަމަކުދާކަށް ނެތެވެ. ގިނައީ ފަނިއަޅާފަހުރި ދަނބެވެ. ސަލާމަތުން ކާން ލިބުނީ ކޮތަޅުގައި ހުރި ދަނބުތަކުގެ ތެރެއިން ¼ ވަރެވެ. ދަނބު ކާއިރު ފަނިހުރިތޯ ޔަގީންކުރާށެވެ. ބައެއް ދަނބުތަކުގައި ފަނި ފެންނަގޮތަށް ލޯވަޅުހެދިފަހުރި މަންޒަރުވެސް ވަނީ ފެނިފައެވެ.
ސޯޝަލް މީޑިއާގަވެސް ގިނަ އަދަދެއްގެ މީހުން ދަނީ ދަނބުގެ ފޮޓޯތައް ހިއްސާކުރަމުންނެވެ. ހުޅުމާލޭގެ ސެންޓްރަލްޕާކް ކައިރީގައި ދެފަރާތުގައި ހުރި ދަނބުގަސްތަކުގެ ކައިރިން ހިނގާލިޔަސް މިދުވަސްވަރު ދުވާނީ ދަނބުވަހެވެ. އެހާވެސް ގިނައިން ދޮންވެ ފައްކާވެފަހުރި ދަނބުތައް ގަސްތަކުގައި އެބަހުއްޓެވެ.
އަހަރުގެ ބައެއް ދުވަސްތަކުގައި އަޅާ މިމޭވާއަކީ ހުތްފޮނިރަހައެއްދޭ ވަރަށް މީރު މޭވާއެކެވެ. އިނގިރޭސި ނަމުންނަމަ "ޖާވާ ޕްލަމް" އަކީ ކެއުމުގައި ބޭނުންކުރުމަށް ފައިދާހުރި މޭވާއެކެވެ. ފުރަތަމަ ފެހިކުލައިގައި ހުންނަ މިމޭވާ ރަތްކުލައަށް ބަދަލުވެ އެއަށްފަހު ދޮންވުމުން ބަދަލުވަނީ ދަނބުކުލައަށެވެ. ރަނގަޅަށް ދޮންވުމުން އޮމާންވެފަ އޮފްކަމެއް ހުންނާނެއެވެ. ދަނބު ބޭނުންކޮށްގެން ޖޭމްވެސް ތައްޔާރުކުރެވިދާނެެއެވެ.
ހުޅުމާލޭގެ މަގުތަކުގެ ދެފަރާތުގައި ހެދިފަހުރި ބޮޑެތިގަސްތަކުގައި ގިނަ އަދަދަކަށް މިމޭވާ އަޅާފަހުރިއިރު، ބޭނުން ކޮންމެ މީހަކު ގޮސް ދަނބު ބިންނަ މަންޒަރު ވަނީ ފެނިފައެވެ. އޮތީ އެމީހަކަށް ކުރެވުނު ހިތްވަރެކެވެ. އެކަމަކު ކުލައަލިހެދުމެއް ލައިގެން މިގަސްކައިރިއަށް ނުދިއުން ބުއްދިވެރިއެވެ. ވަޔާއެކު ވެއްޓޭ ދަނބަކުން ޖެހި ހެދުމުގެ ކުލަ ނުފިލައިގެން އުޅެންޖެހިދާނެތީއެވެ. އަދި ދަނބުގަހަށް އަރާއިރު ވެއްޓިދާނެކަމަށް ވިސްނާށެވެ. ރާއްޖޭގައި ވެސް ވަނީ ދަނބު ބިންނަން އުޅުނު މީހުން ގަހުން ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގާފައެވެ.
ޒީޓައިމްސް ފޮޓޯ: ހުޅުމާލޭގައި ހުރި ދަނބުގަސްތަކުން ދަނބުތައް ދޮންވެ ފައިބަނީ! pic.twitter.com/QE3BbDCQu2
— xeetimes.com (@xeetimes) August 17, 2022
ޖުމްލަ 6 ކިޔުންތެރިންގެ ހިޔާލު
މޮޖީޓޯ ހަދާލަން ފައކާ
ކަމާބެހޭފަރާތުން ގަސްތައް ޙިމާޔަތްކުރަން، ގަހަށް އެކަށޭނަ ސްޕްރޭއެއްޖަހައި ފަނިތައް ނައްތާލެވޭތޯ މަސައްކަތްކުަރަންފެނޭ. އަދި ދަނބު ބިނދެ ވިއްކަންޖެހޭނީވެސް އެފަރާތުން. ދަނބަށް ބިދޭސިންގެ އަތްގަދަވިޔަދީގެން ނުވާނެ. އެހެންދާކަމަށްވަންޏާާ ޤައުމުގެ ޙަައްހާސް ކަންކަމަށްވެސް އަތްގަދަ ކުރާކަށް އެމީހުން ޖެހިލުމެއްނުވާނެ.
https://twitter.com/xeetimes/status/1559865294922719232?t=Etk7CaY-VG82FUEHr0sJjg&s=19
Raajjey gai bidheysin nah noonee ehves kameh Ebavey thoa Ekamaku mee Alhugadu menge gaumu mi dhivehi Raajje noon ehves gaumehga Ais thibey bidhey sinnah Evaruge baareh Ohna gaumeh Alhugadu nudheken mihaaru bidheysin athun dhivehives viafaari kuran mijehenee Sarukaarun mikamaa visnaalun Rangalhu kamah Alhugandah feney😪 dhanbakee Alhugadu ves V kaahihvaa kaan beynunvaa meevaaeh Namaves keehthoa kuraa Ehaa bodu ageh fheefa dhanbu gahnaane faisaaeh Alhugadu athuga mihaaraku neiy😭😭😭😭
Keehvetha bidhaysin mi bidhegen vikan v mi enmmen kaanhuri ehche mee v dherakameh
Gannaaatheee ehnu 🤷🏾♀️
ކޮމެންޓްސް ބަންދުކުރެވިފައި