January 19, 2025 19:25
Advertisement

-Advertisement-

މާމުއި ކުޅަނދުރު/ ފޮޓޯ: އައިސްޓޮކް

މައުސޫމް ގޮތަކަށް ފެނުނު ނަމަވެސް ހަގީގަތުގައި ނުރައްކާތެރި އެއްޗެއް!

މާމުއި ކުޅަނދުރަކީ އިންސާނުންނަށް ވަރަށް ފައިދާހުރި ބާވަތެއް ކަމުގައިވާ މާމުއި ލިބުމުގެ މެދުވެރިއެކެވެ. މާމުއި އަކީ ކެއުމުގައި ބޭނުންކުރުމުގެ އިތުރަށް ބޭސް ތައްޔާރުކުރުމުގައި ވެސް ބޭނުންކުރާ މީރު ބާވަތެކެވެ.

މާމުއި ކުޅަނދުރެއް ކަށިޖެހުމުން ވާގޮތްތައް ގިނަބަޔަކަށް އޮޅިފައެއް ނޯންނާނެއެވެ. ކުޅަނދުރު ހަތައަކަށް ގޯނާކުރުމުން އެކަން އެނގޭނެއެވެ. އަދި އެ ފައްސާލުމުގެ ގޮތުން އެއާދިމާލަށް އަތްހޫރާ ކަންތައް ކުރުމުން ކަށިޖަހާފާނެއެވެ.

ހަގީގަތުގައި މި ސޫފިތަކަކީ އެއަށް ގޯނާ ނުކުރާހާހިނދަކު އިންސާނުންނަށް ނުރައްކަލެއް ކުރިމަތިވާ އެއްޗެއް ނޫނެވެ.

Advertisement

ދިރާސާތަކުން ދައްކާގޮތުގައި، ބައެއް ގައުމުތަކުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދަށް ބަލާއިރު، ހަރުފައާއި ފައިދިގުމަކުނުގެ ސަބަބުން ގެއްލުން ލިބިގެން އެޑްމިޓްކުރާ މީހުންނަށްވުރެން ގިނަމީހުން ކުޅަނދުރު ކަށިޖަހައިގެން އެޑްމިޓްކޮށްފައިވެއެވެ.

މާމުއި ކުޅަނދުރު ހަތައެއް

މާމުއި ކުޅަނދުރު ކަށިޖަހައިފިނަމަ ދެވިދާނެ ފަރުވާ:

މާމުއި ކުޅަނދުރު ކަށިޖަހައިގެން ވިހަވެ ބޮޑުވަރުވާނަމަ އަވަސް ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމުކަމެކެވެ. އެހެންނަމަވެސް އެހާބޮޑުވަރު ނުވާނަމަ ކެލަމިންލޯޝަން ހާކައިގެން ރަނގަޅުވޭތޯ މަސައްކަތް ކުރެވިދާނެއެވެ. އެއީ ކުޅަނދުރު ކަށިޖަހައިފިނަމަ ހިރުވައި ކަށިޖެހިތަނެއް ދުޅަވެދާނެތީއެވެ. 

މާމުއި ކުޅަނދުރުގަ ހުންނަ ތޫނު ކަށި އިންސާނެއްގެ ގަޔަށް ވަނުމުން، އޭތި އުދުއްސައިގަނެފިނަމަ އެކަށި ކުޅަނދުރުން ވަކިވާނެއެވެ. އެހެންވުމުން މާމުއި ކުޅަނދުރު ކަށިޖަހައިފިނަމަ އެކަށި ހަށިގަނޑުގައި ހަރުލާފަހުރިތޯ ބަލަންވާނެއެވެ.  

މާމުއި ކުޅަނދުރު ކަށިޖެހުމަށްފަހު އުދުއްސައިގަތުމުން އޭގެ ކަށި ވަކިވަނީ/ ފޮޓޯ: ޕެޗް

މާމުއި ކުޅަނދުރުގެ ކަށި ވަކިވުމުގެ ހިކުމަތް:

މާމުއި ކުޅަނދުރު ކަށިޖެހުމަށްފަހު އުދުއްސައިގަނެފިނަމަ އެކަށި އެކުޅަނދުރުން ވަކިވާއިރު އެކައްޓާއެކު އޭގެ ހަށިގަނޑުގެ ބައެއް ވަކިވާނެއެވެ. އެހެންވުމުން މާގިނައިރުތަކެއް ނުވެ އެ ކުޅަނދުރު މަރުވުން އެކަށީގެންވެއެވެ. އަދި އިންސާނާގެ ގަޔަށް ކަށިޖެހުމުން އެކަށި ތަޣައްޔަރުވާނެއެވެ. އަދި ކަށިޖެހުމަށްފަހު އެކައްޓާއެކު ގޮސް ހަތައިގެ ތެރެއަށް ވަދެފިނަމަ އެ ހަތައިގަ ހުންނަ މާމުއިތައް ތަޣައްޔަރު ވާނެއެވެ. އެހެންވުމުން މާމުއި ކުޅަނދުރު މީހުންގެ ގަޔަށް ކަށިޖެހުމަފަހު އެކަށި ދޫކޮށްފަ ދިއުމުން މާމުއި ތަޣައްޔަރުވުމުގެ ފުރުސަތެއް ނޯންނާނެއެވެ. 

 

މައުލޫމާތު: ނައިން ނިވްސް، މާޔޯކްލިނިކް

+1
0
+1
3
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް