Advertisement
header ad
XeeTimesXeeTimes
ތުލުސްދޫ އާއިޝަތު އާދަމްގެ މަޖާ މަސްދަތުރު! ފަރުދުން

ތުލުސްދޫ އާއިޝަތު އާދަމްގެ މަޖާ މަސްދަތުރު!

ޒީޓައިމްސްގެ މިފަހަރު ދަތުރު ޚާއްސަކޮށްލީ ކ.ތުލުސްދޫ އަށެވެ. މިގޮތަށް ކުރާ ދަތުރުތަކުގައި އެކި މީހުންނަށް ދިމާވެފަހުރި ޝައުގުވެރި މަޖާ ކަންތައްތަކުގެ ވާހަކަތައް ޒީޓައިމްސް އިން ދަނީ ކިޔުންތެރިންނަށް ގެނެސްދެމުންނެވެ.

ތުލުސްދޫގައި އެންމެ ގިނަ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އާއިޝަތު އާދަމް އަކީ 6 ކުދިންގެ މަންމައެކެވެ. އާއިޝަތު ބުނާގޮތުން އޭނާގެ އުމުރު އުޅެނީ 70 އަށްވުރެ މަތީގައެވެ. ސީދާ އުމުރެއް ބުނަން އޭނާއަށް ނޭނގެއެވެ. ފެންނަފެނުމަށް 80 އަހަރު ވެދާނެކަމަށް ބެލެވެއެވެ. އެހެންނަމަވެސް ހަރަކާތްތެރިކޮށް ފެންނަ އާއިޝަތު ބުނިގޮތުގައި ދުޅަހެޔޮކަންމަތީ ހުރުމުގެ ސިއްރަކީ ތެދުވެ އަމިއްލައަށް މަސައްކަތް ކޮށްގެން އުޅުމެވެ. ހަވީރު ގަޑީގައި އާއިލާގެ ގޭގެއަށް ހިނގާފަ ދިއުމަކީވެސް އާއިޝަތުގެ އާދައެކެވެ.

" ދަންނަ މީހުންވެސް ބުނާނެ އައިސާފުޅު އެބައުޅޭހޭ. އެއީ އެހާވެސް ޒަމާންވެފަ ހުރިމީހެކޭ. މިރަށުގަ ނުއުޅޭނެ އަޅުގަނޑަށްވުރެ ދޮށީ މީހެއް އަންހެނުންގެތެރޭ. އެކަމަކު އަޅުގަނޑު މިއުޅޭ އުޅުމުން އަޅުގަނޑު މިގޮތަށް މިހުންނަނީ. މަސައްކަތްކޮށް މިހެން އުޅޭތީވެ" ހިތްހަމަޖެހުމާއެކު އާއިޝަތު ބުންޏެވެ.

Article - in content
Advertisement

ކުރީޒަމާނުގެ ހަނދާންތައް އާކުރަމުން ބުނީ އާމްދަނީ ހޯދުމަށް އެއިރު ކުރި މަސައްކަތަކީ، ދަރުކޮށުމާއި މަސްކައްކާ މަސްހިއްކުން ފަދަ މަސައްކަތެވެ. 6 ކުދިން ބޮޑުކުރީ މިފަދަ މަސައްކަތްތައް ކޮށްގެންކަމަށް އުފަލާއެކު ވަނީ ފާހަގަކޮށްފައެވެ.

އާއިޝަތު އޭނާގެ ގޭގެ ގޯތިތެރޭގައި ހައްދާފަހުރި ގަސްތަކެއް ކައިރީގައި

އެންމެދުރު މަޖާ ހަނދާނެއްގެ ގޮތުގަ ފާހަގަކުރީ ކުރިން ކައިވެނިކޮށްގެން އުޅުނު ކުޑައަހަންމަދު އާއެކު މަހަށް ދިޔަ ދަތުރުގެ ވާހަކައެވެ.

" އެއްދުވަހަކު އެން ހިފައިގެން އައިސް ބުނީ ހިނގާށޭ މަހަށްދާން. ބުނިން އަޅުގަނޑަކަށް ނުކެރޭނޭ. ބުނީމަ ބުނީ ކަނޑު ގަދައެއް ނޫނޭ ހިނގާށޭ. އެއިރުން އެނގޭނެ ނޫންހޭ މަސް ބާނާ ގޮތްވެސް. ބުނީމަ އެއްބަސްވީ. ވަރަށްގިނަ ދޯނިތައް އޮތް މަސްބާނަން ގޮސް. އެންހިފަން ގެންގުޅޭ ދަލެއް އޮތީ އަޅުގަނޑުގެ ގައިމަތީގަ އަޅާފަ. އަޅުގަނޑު އިނީ އިށީނދެގެން. އިރުކޮޅަކާ މީހުން އަހާ ތިއިނީ އަންހެނެއް ނޫންހޭ. ބުނީމަ ކުޑައަހަންމަދު ބުނަނީ ކަލޭމެންނާ ބެހޭ މައްސަލައެއް ނޫނެއް ނޫންހޭ. އެއީ އަހަރެންގެ އަންހެނުންނޭ. އަހަރެން ދާހާ ތަނަކަށް އަންހެނުން ގެންދަމޭ. އެހެންވީމަ ގޮވައިގެން މިއައީ މަހަށޭ". ހެމުން ހެމުން އެއިރުގެ ހަނދާންތައް އާކުރަމުން އާއިޝަތު ކިޔައިދިނެވެ.

އަދި އެދުވަހު އެނބުރި ތުލުސްދޫ އަށް ދިޔައީ ބޭނި މަސްތައް މާލެއަށް ގެންގޮސް ވިއްކުމަށްފަހު ކަމަށް ވަނީ ބުނެފައެވެ.

ވީޑިއޯ: އާއިޝަތުގެ އިންޓަވިއު

https://twitter.com/xeetimes/status/1564092763737534464

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —