November 23, 2024 14:24
Advertisement

-Advertisement-

ސިނަމާލެ ބުރިޖު: ނަނާހުވަފެނެއް ކަމަށް ބެލެވުނު ބޮޑު މަޝްރޫޢުން ލިބުނީ ފަސޭހަ

2018 ވަނަ އަހަރުގެ އޯގަސްޓްމަހު ބުރިޖު ހުޅުވުމުގެ ކުރިން މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރު ކުރުމަކީ ވަރަށް އުދަގޫ، އެހާމެ ގިނަ ވަގުތު ހޭދަވާކަމެކެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުންގެތެރެއިން މާލޭގެ އޮފީސްތަކަށް ވަޒީފާއަށް ދާ މީހުން ގަޑިއަށް އޮފީހަށް ދިއުމަށްވެސް އެއިރު ކުރިމަތިވީ ބޮޑެތި ގޮންޖެހުންތަކެކެވެ. މިގޮތުން ފެރީތަކަށް ސައިކަލު އަރުވަނީ ވަކި އަދަދަކަށް ކަމަށްވާއިރު، ސައިކަލުކިއުގައި އެތައް ގަޑިއެއް ހޭދަކުރަންޖެހޭ ފަހަރުވެސް އާދެއެވެ. އަދި ބާރުބޮޑު ގަޑިތަކުގައި ފެރީއިން ޖާގަ ނުލިބި މަޑުކުރަންޖެހި އޮފީހަށް ގަޑިޖެހޭ މީހުން އުޅެއެވެ.

ސައިކަލުގަ ހުޅުމާލެ ދިއުމަށް ކިޔުގައި ގިނަބަޔަކު އަދި ވިއްސާރަ ދުވަހެއްގަ ފެރީއެއް/ ފޮޓޯ: ސޯޝަލް މީޑިއާ

އެންމެ ހިތްދަތި އިހުސާސްތަކެއް ކުރެވެނީ ކަނޑުގަދަ ވިއްސާރަ ދުވަސްތަކުގައެވެ. ކުޑަކުދިން ގޮވައިގެން އަދި ބަލިވެ ޑޮކްޓަރަށް ދެއްކުމަށް ހުޅުމާލެއިން މާލެ އަންނަ މީހުންނަށް ފެރީގަ ދަތުރުކުރުމަކީ މިފަދަ ދުވަސްތަކުގަ ވަރަށް އުދަގޫ ކަމެކެވެ. މިހުރިހާކަމަކަށް ހީވެސް ނުކުރާފަދަ ލުއިފަސޭހައެއް ލިބުނީ ސިނަމާލެ ބުރިޖުގެ ސަބަބުންނެވެ. މި ބުރިޖުގަ ދަތުރުކުރެވެން ފެށުނު ފަހުން ހުޅުމާލޭގެ އާބާދީވެސް ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ވިޔަފާރި ވަނީ ފުޅާވެފައެވެ. 

Advertisement

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ފެއްޓެވި މި ބޮޑު މަޝްރޫއު ނިމިދާނެކަމަކަށް އެއިރު ބައެއް މީހުން ހީވެސް ނުކުރެއެވެ. ދައްކަމުންދާ ނަނާ ހުވަފެނެއްކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެހެންނަމަވެސް މަޝްރޫޢު ނިމި ބޭނުން ވަގުތަކު އެއްގަމު އުޅަނދުގަ މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރު ކުރެވުމަކީ އެތައްހާސް ބަޔަކަށް ލިބިގެންދިޔަ ވަރަށްބޮޑު ފަސޭހައެކެވެ. އަދި ކުރިން ފެރީ ދަތުރު ކުރުމަށް އެހޭދަވި ވަގުތު ސަލާމަތްވެ އަތުން ދާ ޚަރަދުވެސް ވަނީ އަމިއްލަ އުޅަނދުތައް ދުއްވާ މީހުންނަށް ކުޑަވެފައެވެ.

ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަދައްކަވަނީ

އާޓިފިޝަލް ބީޗްގައި ސިނަމާލެ ބުރިޖު ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ މިބުރިޖަކީ ދިވެހިންގެ ކުރިމަގަށް ހުޅުވިގެންދިޔަ އަލިމަގެއް ކަމަށެވެ.

" މިފަދަ މަޝްރޫއެއް ހިންގެވުމަށް ހިތްވަރު ލިބުނީ އެތައްހާސް ބަޔަކު ކޮންމެ ދުވަހަކު 1 ކިލޯމީޓަރުގެ ކަނޑުދަތުރެއް އެތައް ފަހަރަކު ކުރަންޖެހުމުން". ރައީސް ޔާމީން ވިދާޅުވިގޮތަށް މިބުރިޖު ވެގެން މިދިޔައީ ދިވެހިންނަށް ލިބުނު އަގުނުކުރެވޭވަރުގެ ބޮޑު ލުއިފަސޭހައަކަށެވެ.

ސިނަލާމެ ބުރިޖާއި ގުޅޭގޮތުން މީޑިއާތަކަށް އެއިރު އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބުރިޖު އެޅުމަށް ޗައިނާއިން ލޯނު ނަގައިފައިވަނީ 1.033 ބިލިއަން ރުފިޔާއެވެ. ލޯނު އަނބުރާ ދައްކަން ޖެހެނީ 15 އަހަރުގެ މުއްދަތެއްގައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 1.742 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ދިވެހި ސަރުކާރުން ހަރަދުކޮށްފައިވަނީ 277 މިލިއަން ރުފިޔާއެވެ.

ރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ދެގައުމު ގުޅިގެން ތަރައްގީކުރި މި ބުރިޖުގެ ދިގުމިނުގައި 2 ކިލޯ މީޓަރު ހުންނައިރު ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. ކަނޑުދަތުރުކުރާ އުޅަނދުތަކުގެ ތެރެއިން އުސްމިނުގައި 12 މީޓަރު ހުންނަ އުޅަނދުފަހަރަށް ބުރިޖުގެ ދަށުން ދަތުރުކުރެވެއެވެ.

ސިނަމާލެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގަ ހަވާއަރުވަނީ

ބަޑިބޭހުގެ ކުޅިވަރާއި ލޭޒަރ ލައިޓްގެ ހަރަކާތްތަކާއެކު މީގެ 4 އަހަރު ކުރިން ހުޅުވި ބުރިޖު މިއީ ދިވެހި ތާރީޚުގައި ވެސް ފާހަގަކުރެވޭފަދަ ތަރައްގީގެ މަޝްރޫއެކެވެ.

ވީޑިއޯ: ސިނަމާލެ ބުރިޖު

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް