Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ހެލްތީ ބަރަބޯ މަފިން ބަދިގެ

ޒީޓައިމްސް ބަދިގެ: ހެލްތީ ބަރަބޯ މަފިން

ބޭނުންވާތަކެތި:

1 ސައިސަމުސާ ބޭކިންގ ސޮޑާ

2 ޖޯޑު ފުށް

Article - in content
Advertisement

2 ޖޯޑު ރީނދޫ ކޯންފްލަރ

2 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ

2 ސައިސަމުސާ ލޮނު

½ ޖޯޑު މާމުއި

½ ޖޯޑު ޖަގްރީ 

1 ޖޯޑު ބަރަބޯ ޕިއުރީ

3 ބިސް (ރަނގަޅަށް ގިރާލާފައި)

8 މޭޒުމަތީ ސަމުސާ ބަޓަރ

2 ޖޯޑު ބަޓަރ މިލްކް

ތައްޔާރުކުރާނެ ގޮތް:

ތައްޓެއްގެ ތެރެއަށް ފުށް، ކޯންފްލަރ، ބޭކިން ސޮޑާ، ބޭކިން ޕައުޑަރ އަދި ލޮނު އެޅުމަށްފަހު އެއްކޮށްލާށެވެ.

ދެން އެހެން ތައްޓަކަށް ވަކިން ގިރާލާފައި ހުރި ބިސް، ބަރަބޯ، މާމުއި، ޖަގްރީ އަދި ބަޓަރ މިލްކް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލުމަށްފަހު ކުރިން އެއްކުރި ފުށްކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލުމަށްފަހު މަފިން ތަށިތަކުގައި ބަޓަރ ހާކާލުމަށްފަހު ކޮންމެ ތައްޓެއްގެ 2/3 ހުންނަ ވަރަށް އަޅާލާށެވެ. ދެން އަވަން ހޫނުކޮށްލުމަށްފަހު ފިހެލާނީއެވެ.

އަވަން ބަހައްޓާނީ 425 ޑިގްރީ އަށެވެ. 18 ނުވަތަ 20 މިނިޓް ތެރޭގައި ހުންނާނީ މަފިން ފިހެވިފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —