Advertisement
header ad
XeeTimesXeeTimes
ކެރެޓު އަދި ދޮންކެޔޮ ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ މީރު ޖޫހެއް ބަދިގެ

ކެރެޓު އަދި ދޮންކެޔޮ ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ މީރު ޖޫހެއް

ބޭނުންވާތަކެތި:

2 ކެރެޓު

480 އެމްއެލް ފެން

Article - in content
Advertisement

2 ދޮންކެޔޮވައް

480 އެމްއެލް ކިރު (ފުލްކްރީމް މިލްކް)

ތައްޔާރުކުރާނެ ގޮތް:

ކެރެޓުގެ ބޭރު ސާފުކުރުމަށްފަހު ރީއްޗަށް ދޮވެލާށެވެ. އެއަށްފަހު ތުނިކޮށް ފޮތިފޮއްޗަށް ކޮށާފަ ފެންއެޅުމަށްފަހު މިކްސްޖަރުން ހިމުން ކޮށްލާށެވެ. ރަނގަޅަށް ހިމުންވުމުން ފުރާނާލާށެވެ. ފުރޭނި ކެރެޓުޖޫސް ވަކިތައްޓަކަށް އަޅާފަ ބަހައްޓާށެވެ.

އެއަށްފަހު ތޮށި ނެއްޓުމަށްފަހު ދޮންކެޔޮވެސް ތުނިކޮށް ކޮށާށެވެ. ކުރިން ތައްޔާރުކުރި ކެރެޓު ޖޫސް، ދޮންކެޔޮ އަދި ކިރު އެޅުމަށްފަހު ހިމުންކޮށްލާށެވެ. މިއީ ތަފާތު މީރު ރަހައެއްދޭ ޖޫހެކެވެ. ބޮޑަށް މީރުވާނީ އައިސްކިއުބް އަޅައިގެން ރަނގަޅަށް ފިނިކުރުމުންނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —