ކ.ތުލުސްދޫ އަކީ މާލެ އިން ލޯންޗުގަ 30 މިނިޓުން ދެވެން އޮންނަ ހިތްގައިމު ރަށެކެވެ. މިރަށުގައި ތަފާތު އަގުތަކުގެ ކޮޓަރި ލިބެންހުރި ގެސްޓްހައުސްތައް ހުރިއިރު 'އާސްނާއިން' ގެސްޓްހައުސް އަކީ ފާހަގަކޮށްލެވޭ ތަނެކެވެ.

އާސްނާއިން އަށް ވަންނައިރު ފެންނާނީ ފެހިކަންގަދަ ރީތި ގަސްތަކެކެވެ. ހިތްގައިމު ބޮޑު ޓެރަހެއް ހުރިއިރު ކޮޓަރިތަކުގެ ޖާގަ ވަރަށް ތަނަވަހެވެ. މީހުން ގަޔާވާނެ ގޮތަށް ފަރުމާކޮށްފައިވާ 12 ކޮޓަރީގެ މިތަނުގެ އަގުތައްވެސް ހުރީ އަތްފޯރާ ފަށުގައެވެ.

އާސްނާއިންގެ އިސްވެރިއެއް ކަމުގައިވާ އައިމިނަތު އަޒީމާ މައުލޫމާތު ދިންގޮތުގައި ދިވެހިން ނުވަތަ ވޯކްވިސާ ހޯލްޑަރުންނަށް ހަފްތާބަންދަށް ޚާއްސަ ޕެކޭޖުގެ ގޮތުގައި 3 ދުވަސް އަދި 2 ރެއަށް ދެމީހަކަށް 1500 ރުފިޔާ އަށް ކޮޓަރިތައް ދަނީ ދޫކުރަމުންނެވެ. 1 ދުވަހަށްނަމަ ކޮޓަރިއެއްގެ އަގު އުޅެނީ 850 ރުފިޔާ އަށެވެ. އަދި މިއީ ހެނދުނުގެ ސަޔާއެކުގައެވެ.
" ގެސްޓުންނަށް ތަފާތު ޕެކޭޖްތައް އެބަހުރި. ހަފްތާއަކަށް ކޮޓަރިއެއް ކުއްޔަށް ނަގާނަމަ 'ބީ އެންޑް ބީ' މިއުޅެނީ 315 ޑޮލަރަށް. 'ހާފްބޯޑު' އުޅެނީ 420 ޑޮލަރަށް. 'ފުލްބޯޑު' އުޅެނީ 525 ޑޮލަރަށް. ގިނަ އަދަދެއްގެ މީހުން ގުޅިގެން އެއްފަހަރާ ކޮޓަރިތައް ނަގާނަމަ އަގުހެޔޮކޮށްދެން".
އޭސީ ކޮޓަރިތައް ދޫކުރަނީ ކޮފީ އަދި ސައި، ސާފުފެން، ހިލޭ އިންޓަނެޓް، ރެސްޓޯރެންޓްގެ ޚިދުމަތްވެސް ލިބޭ ގޮތަށެވެ. އެތަނުން އާންމުކޮށް ކަސްޓަމަރުން ބޭނުންވާ ކެއުންތައް ތައްޔާރުކޮށްދޭނެއެވެ.

އާސްނާ އިން އަށް ޗުއްޓީ ހޭދަކުރުމަށްދާ ފަތުރުވެރިންނަށް އޮތް އެންމެބޮޑު ހިތްހަމަޖެހުމަކީ ތުލުސްދޫ ކައިރީގައި އޮންނަ ސަރފިންގ ޕޮއިންޓެވެ. އަދި އެރަށުގެ ހިތްގައިމު ގޮނޑުދޮށެވެ. ފަތުރުވެރިންނަށް ޚާއްސަ ގޮނޑު ދޮށެއް އޮންނައިރު ކުޑަކުދިން ގޮވައިގެން ދިއުމަށް ޚާއްސަ ރީތި ގޮނޑުދޮށެއް ވެސް އޮވެއެވެ.

ތުލުސްދޫ ކައިރީގައި ދިޔަވަރު ހިކި ގަޑީގަ ހިނގާފަ ދެވޭގޮތަށް އޮންނަ ކުޑަ ރަށެއް އޮވެއެވެ. މީގެ އިތުރުން ތުލުސްދޫގައި ހަދާފަ ހުންނަ ފާލަމަކީވެސް ރަށަށް ޒިޔާރަތްކުރާ މީހުންގެ މެދުގަ މަގުބޫލުތަނެކެވެ. އެކި އުމުރުފުރައިގެ މީހުން މަސްބާނަން ގޮސް އުޅޭ މިފާލަން ކައިރީގަ ތަފާތު ރީތި އެކިވައްތަރުގެ މަސްތައް އުޅޭއިރު، ވެލައާއި މާކަނާ ވެސް އެސަރަހައްދުން ދަނީ ފެންނަމުންނެވެ.

އާސްނާއިންގެ ޚިދުމަތް ހޯދާ މީހުންގެ ހިތްހަމަޖެހުމަށް ސާފުފެން ފޯރުކޮށްދިނުމުގެ ގޮތުން އެތަނުގެ ބިމު އަޑީގައިވަނީ ބޮޑު ޓޭންކެއް ހަދައި އެޓޭންކުގައި ވާރޭފެން ރައްކާކޮށް ފެންވަރަން ބޭނުންކުރެވޭގޮތަށް ހަދާފައެވެ. މިތަނުގެ ސާފުތާހިރުކަން ފާހަގަކުރެވެއެވެ. މިއީ 2021 ވަނަ އަހަރު އޮކްޓޯބަރު މަހު ޚިދުމަތްދޭން ފެށި ގެސްޓް ހައުސްއެކެވެ.
އާސްނާއިން ގެސްޓްހައުސްގެ ވީޑިއޯ:
ޗުއްޓީ ހޭދަކުރަންދާ މީހުން ބޭނުންވެއްޖެނަމަ މަސްދަތުރު، މޫދު ކުޅިވަރު ފަދަ ކަންތައްތައް ތުލުސްދޫގެ މިފަދަ ޚިދުމަތްދޭ މީހުންނާއި ގުޅިގެން ގެސްޓްހައުސް އިން އިންތިޒާމްކޮށްދެއެވެ.
ގުޅޭނެ ނަންބަރު: 7577476 / 7938180
ފޭސްބުކް ޕޭޖް: Aasna Inn