ބޭނުންވާތަކެތި:
1 ޖޯޑު ކަދުރު (އޮށް ނެގުމަށްފަހު)
½ ޖޯޑު އޯޓްސް (ރޯލްޑް އޯޓްސް)
Advertisement
¼ ޖޯޑު ކޮށާފައި ހުރި ޕެކަންސް
¼ ޖޯޑު ޗިއާ ސީޑްސް
2 ކެރެޓް (މެދު ސައިޒުގެ)
1 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް
¾ ސައިސަމުސާ ހިމުންކޮށްފައި ހުރި ފޮނިތޮށި
½ ސައިސަމުސާ ހިމުންކޮށްފައި ހުރި އިނގުރު
¼ ސައިސަމުސާ ރީނދޫ
¼ ސައިސަމުސާ ލޮނު
ކުޑަކުޑަ އަސޭމިރުސްކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ކަދުރު، އޯޓްސް، ޕެކަންސް، ޗިއާ ސީޑްސް ރަނގަޅަށް ހިމުންކޮށްފަ އެއްކޮށްލާށެވެ. އެއަށްފަހު ކެރެޓް، ވެނީލާ، ފޮނިތޮށި، އިނގުރު، ކަދުރު، ލޮނު، ރީނދޫ އަސޭމިރުސް އަޅާފަ ހުރިހާބާވަތެއް ވަރަށް ރަނގަޅަށް އެއްކޮށްފަ މޮޑެލާށެވެ. އެއް ސަމުސާއަށް ވާވަރަށް ނެގުމަށްފަހު ކުދިކުދި ބޯޅަ ގޮތަށް ހަދާށެވެ. ކެރެޓް ކޭކް އެނަރޖީ ބައިޓްސް އަކީ ރަހަމީރު ފައިދާހުރި އެއްޗެކެވެ.
މައުލޫމާތު: ޑައިބެޓިކް ލިވިންގ









