Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ރެޑް މަސާލާ ޕޮޓޭޓޯ ބަދިގެ

ޒީޓައިމްސް ބަދިގެ: ރެޑް މަސާލާ ޕޮޓޭޓޯ

ބޭނުންވާތަކެތި:

500ގ. އަލުވި ކޮށާ ފެނުކައްކާފައި

3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

Article - in content
Advertisement

2 މޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައިހުރި ހިކިމިރުސް

2 ފިޔާ ކޮށާފައި

2 ހިކަނދިފަތް

5 ރާނބާފަތްކޮޅު 1/2 އިންޗިއަށް ބުރިކޮށްފައި ހުރި

2 ލޮނުމެދު ގާނާފައި

1 ސައިސަމުސާ ގިތެޔޮމިރުސް ކޮށާފައިހުރި

1/2 ޖޯޑު ރެޑް މަސާލާ ޕޭސްޓް

1/2 ޖޯޑު މުގުރި މަސް

3 ބޭލީވްސް

1 ސައިސަމުސާ މުގުރި ދިރި

1 ސައިސަމުސާ އިނގުރު ޕޭސްޓް

1 ސައިސަމުސާ މުގުރި މިރުސް

1/3 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި

1/4 ސައިސަމުސާ މުގުރި އަސޭމިރުސް

1 ޗިކަންކިއުބް

2 ޖޯޑު ކާށިބޯކިރު

ލޮނުކޮޅެއް

ތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް:

ތަވާ އުނދުން މައްޗަށް އުދާލާށެވެ.

ކުޑަ ތެޔޮފޮދެއް އަޅާލާށެވެ.

ހޫނުވީމާ ފިޔާކޮޅާއި، މިރުސް، ހިކަނދިފަތް ރާނބާފަތާއި ބޭލީވްސް އަޅާލާށެވެ.

މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން އެއްކުރަމުން ދާށެވެ.

މޯޅިވުމުން ދިރިކޮޅާއި މުގުރި މިރުސް އެއްކޮށްލާށެވެ.

އެބައި ހަނާވީމާ ބޯކިރު ފިޔަވައި ބާކީހުރި ހުރިހާ ބާވަތް އެއްކޮށް އަޅާފައި ރޯފިލުމުން ބޯކިރު އެއްކޮށްފައި ކެކިގަތުމުން އުނދުން މަތިން ބާލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —