Advertisement
header ad
XeeTimesXeeTimes
ދޮންކެޔޮ ބޭނުންކޮށްގެން އޯޓްސް ބޯކިބާ ތައްޔާރުކުރާނެ ގޮތް ބަދިގެ

ދޮންކެޔޮ ބޭނުންކޮށްގެން އޯޓްސް ބޯކިބާ ތައްޔާރުކުރާނެ ގޮތް

ބޭނުންވާތަކެތި:

4 ދޮންކެޔޮވަށް

2 ބިސް

Article - in content
Advertisement

3 މޭޒުމަތީ ސަމުސާ އޯޓްސް

އޮލިވް އޮއިލް

ދޮންކެޔޮ ފޮތިތައް އަތުރާނެގޮތް/ ފޮޓޯ: ޔަމީ

ތައްޔާރުކުރާނެ ގޮތް:

ތޮށި ނެއްޓުމަށްފަހު ދޮންކެޔޮވަށް ތުނިކޮށް ފޮތިފޮއްޗަށް ކޮށާށެވެ. އެއަށްފަހު އޭގެ ¾ ބައި ތައްޓަކަށް އެޅުމަށްފަހު އުލެއް ބޭނުންކޮށްގެން ހިމުންކޮށްލާށެވެ. އެހެން ތައްޓަކަށް ބިސް އެޅުމަށްފަހު ގިރާށެވެ. ބިހުގެތެރެއަށް އޯޓްސް އާއި ހިމުންކުރި ދޮންކެޔޮކޮޅު އަޅާފަ އެއްކޮށްލާށެވެ.   

އުނދުން ރޯކުރުމަށްފަހު ތަވާގައި އޮލިވްއޮއިލް ހާކާށެވެ. ކުރިން ކޮށާފަ ހިމުން ނުކޮށް ބެހެއްޓި ދޮންކެޔެ ފޮތިތައް ތަވާގައި އަތުރާށެވެ. އޭގެމައްޗަށް ކުރިން އެއްކުރި (އޯޓްސް، ދޮންކެޔޮ، ބިސް) އަޅާފަ ބޯކިބާއެއްގޮތަށް ފިހެލާށެވެ. ތަވާގައި މަތިޖަހައިގެން މަޑުގިނީގައި ފިހާއިރު އޯޓްސް ބޯކިބާގެ ދެފުށްވެސް ފިހެލަންވާނެއެވެ. ފިހެނިމުމުން ބޭނުންނަމަ މާމުއިކޮޅެއް ބޯކިބާގެ މައްޗަށް އަޅާލާށެވެ. އެއިރުން ބޮޑަށް މީރުވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —