ބޭނުންވާތަކެތި:
½ ކެބެޖް
1 ފިޔާ (ވައިލެޓް ކުލައިގެ)
Advertisement
1 ކެރެޓް
2 ސަމުސާ މަޔޮނައިޒް
½ ލުނބޯގެ ހުތް
1 މޭޒުމަތީ ސަމުސާ ވިނެގަރ
1 މޭޒުމަތީ ސަމުސާ ހަކުރު
1 ސައިސަމުސާ ލޮނު
½ ސައިސަމުސާ އަސޭމިރުސް (ހިމުންކޮށްފަހުރި)
120 އެމްއެލް ފްރެޝް މިލްކް
ތައްޔާރުކުރާނެ ގޮތް:
ކެބެޖް ތުނިކޮށް ކޮށާށެވެ. ފިޔާވެސް ތުނިކޮށް ކޮށާށެވެ. ކެރެޓް ވެސް ގާނާލާށެވެ. ކެރެޓް ގާނާނީ ތުނިކޮށް ދިގުކޮށް ހުންނަގޮތަށެވެ. ބޭނުންނަމަ ތުނިކޮށް ކެރެޓް ކޮށާވެސް ލެވިދާނެއެވެ.
ތައްޓަކަށް މަޔޮނައިޒް އެޅުމަށްފަހު ލުނބޯ ހުތް އަޅާށެވެ. ވިނެގަރ، ހަކުރު، ލޮނު، އަސޭމިރުސް، ކިރު މިހުރިހާ ބާވަތެއް އެއްކޮށްލާށެވެ. އެއަށްފަހު ކުރިން ކޮށި ކެރެޓް، ކެބެޖް، ފިޔާ އަޅާފަ ރަނގަޅަށް އެއްކޮށްލާށެވެ. މިއީ ވަރަށް މީރު ސެލަޑެކެވެ.









