Advertisement
header ad
XeeTimesXeeTimes
ވޯލްޑްކަޕް ޚާއްސަ ކެއުން: ސްޕެނިޝް ޕޮޓޭޓޯ އޮމްލެޓް ބަދިގެ

ވޯލްޑްކަޕް ޚާއްސަ ކެއުން: ސްޕެނިޝް ޕޮޓޭޓޯ އޮމްލެޓް

ބޭނުންވާތަކެތި:

1 ޖޯޑު އޮލިވް އޮއިލް

2 އަލުވި

Article - in content
Advertisement

1 ފިޔާ

2 ލޮނުމެދު

6 ބިސް

1 ކެޕްސިކަމް (ރަތްކުލަ)

1 ސައިސަމުސާ ތެޅި މިރުސް

½ ސައިސަމުސާ އަސޭމިރުސް

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް:

އަލުވީގެ ބޭރު ދޮވުމަށްފަހު ތުނިކޮށް ގޮޅިގޮޅިއަށް ކޮށާލާށެވެ. ބޭނުންނަމަ ތޮށި މަށާލެވިދާނެއެވެ. ފިޔާވެސް ތޮށި ނެއްޓުމަށްފަހު ތުނިކޮށް ފޮތިފޮއްޗަށް ކޮށާށެވެ. ލޮނުމެދުވެސް ހިމުންކޮށް ކޮށާށެވެ. މިރުސްވެސް ކޮށާށެވެ. ބިސް ވަކިތައްޓަކަށް އެޅުމަށްފަހު ގިރާލާށެވެ.

ތަވާއަށް އޮލިވް އޮއިލް އެޅުމަށްފަހު ހޫނުކޮށްލާށެވެ. ހޫނުވުމުން ކޮށާފަހުރި އަލުވިތައް އަޅާށެވެ. އަލުވިތައް ރޯފިލަންދެން ތެލުލާށެވެ. އެއަށްފަހު ތެޔޮ ހިއްކާލުމަށް ތައްޓަކަށް އަޅާފަ ބަހައްޓާށެވެ.

ތަވާއަށް ކުޑަތެޔޮފޮދެއް އެޅުމަށްފަހު ފިޔާ، މިރުސް އެޅުމަށްފަހު މިބާވަތްތައްވެސް ތެލުލާށެވެ. އެއަށްފަހު ކުރިން ތެލުލި އަލުވިވެސް އެއްކޮށްލާށެވެ. އަދި ލޮނުމެދު، ތެޅިމިރުސް، އަސޭމިރުސް، ލޮނުވެސް އަޅާށެވެ. ހުރިހާބާވަތެއް ރަނގަޅަށް އެއްކޮށްލާށެވެ. މިގޮތަށް ތެލުލުމަށްފަހު އެއްކުރުމުން އަލުވިވެސް ހުންނާނީ މަޑުރަތްކުލައެއްގައެވެ.

ބިސް ހުރިތައްޓަށް ތެލުލި ބާވަތްތައް އަޅާފަ އެއްކޮށްލާށެވެ. އަނެއްކާވެސް ތަވާގައި ކުޑަތެޔޮފޮދެއް ހޭކުމަށްފަހު ބޯކިބާ ފިހާގޮތަށް ދެފުށް ފިހެލާށެވެ.

ވަރަށް މީރުވާނެ ކަމަށް އުންމީދު ކުރަމެވެ.

 

ފޮޓޯ: ސްޕެނިޝް ރެސިޕްސް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —