މަސްވެރިންގެ ދެމީހަކު މަސްހިފުމަށް ކޯރަށް ދައު އުކަމުންދިޔައެވެ. ކައިރީގައި ހުރި ގަހެއްގައި ރާމާމަކުނެއް އިނެވެ. މަސްވެރީން ކުރާ ކަންތައްތައް އެސޮރު އިނީ ބަލާށެވެ. މެންދުރުވުމުން މަސްވެރީންގެ ދެމީހުން އެބައިމީހުން ގެނައި ކާއެއްޗެހި ކާން ހިނގައްޖެއެވެ. ދައު އޮތީ ކޯރުގެ އައްސޭރީގައި ބާއްވާފައެވެ.
ރާމާމަކުނު ހިތަށް އެރިއެވެ. "މަށަށްވެސް މިކަން ވެދާނެއެވެ. މިކަމަކީ މާއުދަގޫކަމެއް ނޫނެވެ". މަސްވެރީން ދައު އުކާގޮތް ބަލަން އިނދެފައި ވަރަށް ޝައުގުވެރިކަން އުފެދިގެން ރާމާމަކުނު އެކަން ކުރުމުގެ ހިޔާލު އައެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ރާމާމަކުނުގެ ސިކުނޑީގައި މަސްހިފާނެ ގޮތްތައް ރާވާލިއެވެ. އަދި އެހެން ރާމާމަކުނުތައް ކައިރީގައި ނުބުނެ މިކަން ކުރާނަމޭހިތާ އިންދާ ރަހުމަތްތެރި އެހެން ރާމާމަކުނެއް އައިސް ކީއްވެފަތޯ އަހައިލިއެވެ. "މިދަނީ ކުޑަކޮށް އަރާމުކޮށްލާށޭ ކިޔާފައި ވާހަކަ އޮޅުވާލިއެވެ. އަދި ހަވީރު އައުމަށް ބުނެ ރަހުމަތްތެރި ރާމާމަކުނު ގެއަށް ފޮނުވާލައިފިއެވެ.
އެކަނިމާ އެކަނި މިކަން ކުރަން މިއުޅެނީ އެހެން ރާމާމަކުނަކަށް މިކަހަލަ ކަމެއް ކުރެވިފައި ނުވާތީ މިކަމާ ފަޚުރުވެރިވެ ފޮނިކަނޑާލުމުގެ ނިޔަތުގައެވެ. ރާމާމަކުނުގެ ގަހުގައި މަސްވެރީން ބާއްވާފައި އޮތް ދައު ނަގައިގެން އައިސް ކޯރަށް އެއްލޭތޯ އުޅުނެވެ. މަސްވެރީން ކަންކުރިގޮތް ބަލައިގެންވެސް އެކަން ކުރެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ކޮންމެއަކަސް މަކުނު ވަރަށް ހިތްވަރު އެލިއްޖެއެވެ. އެހެންނަމަވެސް މަކުނު ގޮތެއް ދުލެއް ނުކުރިއެވެ. އަނެއްކާވެސް ދައު ނަގައި އެއްލަން މަސައްކަތްކުރިއެވެ. އެންމެ ފަހުން ދަލުގައި އޮޅި މަކުނު ބަނދެވިއްޖެއެވެ.
ގަތްލަދުންނާއި ވީދެރައިން މަކުނު ހިތާހިތާ ބުނެލިއެވެ. "މިކަމުން އެނގެނީ އެކަމެއް ދަންނަ މީހަކަށް އެކަން ކުރަން ދޫކޮށްލުން ބުއްދިވެރިވާނެތާއެވެ". މަކުނަށް މިލިބުނު އިބްރަތްތެރި ފިލާވަޅު ވަރަށް ރަނގަޅުތާއެވެ.