Advertisement
header ad
XeeTimesXeeTimes
ނަފްރަތާއި ދެކޮޅުވެރިކަމުގެ މަގުން އެއްކިބާވެ މާތް ﷲ އަށް ބިރުވެތިވާށެވެ! ދީން

ނަފްރަތާއި ދެކޮޅުވެރިކަމުގެ މަގުން އެއްކިބާވެ މާތް ﷲ އަށް ބިރުވެތިވާށެވެ!

އިސްލާމް ދީނަކީ އެއްބައިވަންތަކަމަށް ގޮވައިލާ ދީނެވެ. އެއްބަޔަކު އަނެއްބަޔަކަށް އޯގާވެރިވެ ރަޙްމު ކުރުމަށް ގޮވައިލާ ދީނެވެ. ދަތި އުނދަގޫ ކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެނަމަ، އެކަކު އަނެކަކަށް އެހީތެރިވުމަށް ގޮވައިލާ ދީނެވެ. އެކަކު އަނެކެއްގެ ހައްގުތަކަށް ރައްކާތެރިވުމަށް އަމުރުކުރާ ދީނެވެ. އެކަކު އަނެކެއްގެ މުދަލާއި އަބުރަށް ރައްކާތެރިވުމަށް އަމުރުކުރާ ދީނެވެ. ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމަށް އަމުރުކުރާ ދީނެވެ. އިސްލާމީ އުއްމަތުގެ ކޮންމެ ފަރުދަކުވެސް އޭނާގެ ދުލާއި އަތް އެހެން މީހުންނަށް އުނދަގުވާފަދަ ކަންކަމުން ރައްކާތެރިކުރުމަށް ގޮވައިލާ ދީނެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ އިސްލާމީ އުއްމަތުގެ އަފްރާދުން ސިފަކުރައްވާފައި ވަނީ އެއްބަނޑު އެއްބަފާ އަޚުންތަކެއްގެ ގޮތުގައެވެ. މުސްލިމުން އުޅެންވީ ގޮތާއި އެއުރެންގެ މެދުގައި މުއާމަލާތު ކުރަންވީ ރީތި ގޮތްތައް މާތް ﷲ އާއި އެކަލާނގެ ރަސޫލާ ވަނީ އަންގަވާފައެވެ. އެގޮތްތަކުގައި ހިފެހެއްޓުމުން އެކަމުގެ ލާބަޔާއި މަންފާހުރީ ހަމަ އެއުރެންނަށެވެ. އެގޮތްތައް ދޫކޮށްލައި ދުރަށް ދިޔުމުން، އެކަމުގެ ގެއްލުމާއި ހަލާކު ހުރީވެސް ހަމަ އެއުރެންނަށެވެ.

" މުސްލިމުންގެ މެދުގައި ދެކޮޅުވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމަކީ މުޖުތަމައު ބައިބައިވާނެ ކަމެއް. އެކަކު އަނެކަކަށް، އެއްބަޔަކު އަނެއް ބަޔަކަށް ނަފްރަތުވެ އެކުވެރިކަމުގެ ގުޅުން ކެނޑޭނެ ކަމެއް. އެއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން. އެއީ އެކަމުގެ ގެއްލުން މުޅި މުޖުތަމައަށް ފޯރާނެތީ".

Article - in content
Advertisement

އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ދަމަހައްޓާށެވެ. ނަފްރަތާއި ދެކޮޅުވެރިކަމުގެ މަގުން އެއްކިބާވާށެވެ. މާތް ﷲ އަށް ބިރުވެތިވާށެވެ. ޙައްޤު ގޮތުގައި ﷲ އަށް ތަޤްވާވެރިވާށެވެ. ތަޤްވާ އަކީ މީހާ ނުބައިކަމުގެ މަގުން ދުރުކޮށް ހެޔޮކަމުގެ މަގުގައި ސާބިތުކުރާ އެންމެވަރުގަދަ ބާރެވެ. ތަޤްވާގެ ފޭރާމުން ޒީނަތްތެރިވެ އެއިން ކޮއްތު ލިބިގެންފިމީހާއީ ހުރިހާ ހެޔޮކަމެއް ލިބިގެންފި މީހެކެވެ.

އިސްލާމީ އަޚުވަންތަކަމަކީ ނުވަތަ އެކުވެރިކަމަކީ ވަރަށް މަތިވެރި މާތް ލަނޑުދަނޑިތަކެއް ހިމެނޭ ކަމެކެވެ. ދީނީ މުހިއްމު މަޤުސަދުތަކެއް ހިމެނޭ ކަމެކެވެ. މީގެ ތެރެއިން އެންމެ މުހިންމު ކަމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް ހެއު ކަންކަމުގައި ވާގިވެރިވުމެވެ. މާތް ﷲ އަށް ތަޤްވާވެރިވެ ހެއު އަމަލުކުރުމުގެ މައްޗަށް ބާރުއެޅުމެވެ. ފާފަކުރުމާއި ނުބައިކަންކަމުން އެއްކިބާވެ އިސްލާހުކުރުމަށް ބާރުއެޅުމެވެ.

މައުލޫމާތު: ހުކުރު ޚުތުބާ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —