ގދ. ގައްދޫ ރޯޝަނީގޭގައި ކައްކަން ބޭނުންކުރި ގޭސްފުޅިއެއް ލީކުވެގެން މިރޭގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ ބޮޑުބައެއް ފިހުނީ އުމުރުން 80 އަހަރާއި ގާތްވެފައިވާ މުހައްމަދު ޖަމީލު (ޖަމީލުބެ) އެވެ. އަލިފާނުގެ ހާދިސާއަށްފަހު މުހައްމަދު ޖަމީލު އާއި އެންމެ ފުރަތަމަ ދިމާވި އަބްދުﷲ އިމާދު ބިން ސައީދު މައުލޫމާތު ދިންގޮތުގައި ޖަމީލުބެގެ ހަންގަނޑު ވަނީ އެއްކޮށް ނެއްޓިފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ބަދިގެ
" އެގޭ ކުރިމަތީގައި ހުރި މިސްކިތް ކައިރިން ދިމާވީ. ފުރަތަމަ ނޭނގުނު ކާކުކަން ވަކިކުރަންވެސް. އެވަރަށް ހަންގަނޑު އަނދާފަ ހުރީ. ޖަމްބޯ ގޯންޏެއް އަނދެގެން އައީ މަޑުމަޑުން ހިނގާފަ. ޖަމީލުބެ އެނދީއޭ ބުނީމަ އެނގުނީ މިއީ ޖަމީލުބެކަން. ފުރަތަމަ ގެންދިޔައީ ސިއްހީ މަރުކަޒަށް. އެއަށްފަހު އިތުރު ފަރުވާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް ވަނީ ފުރުވާލާފަ". އިމާދު ޒީޓައިމްސް އަށް މައުލޫމާތު ދިނެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގެއާއި ވަކިން ގޯތިތެރޭގައި ހަދާފަހުރި ކުޑަ ބަދިގެއެއްގައެވެ. ބަދިގެތެރެއިން ވަނީ ޖަމީލުބެގެ ހަށިގަނޑުގެ ހަންގަނޑުން ނެއްޓިފައިހުރި ބައިތައް ފެނިފައެވެ.
ގދ. ގައްދޫ އަށް ދިޔަ ދަތުރެއްގައި ޖަމީލުބެގެ ދެމަފިރިންނާއި ވަނީ ދިމާވެފައެވެ. ޖަމީލުބެގެ އަންހެނުން ބަލި އެނދުގައި އޮންނަތާ 10 އަހަރަށްވުރެ ގިނަ ވާނެއެވެ. އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތުގައި އޮތް އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖަމީލުބެ ފާހަގަކުރެވެނީ ނަމޫނާ ފިރިއެއްގެ ގޮތުގައެވެ. މީގެ އަހަރުތަކެއް ކުރިން ވަނީ މިމަންޒަރު އަޅުގަނޑަށް ހަމަލޮލުން ވެސް ފެނިފައެވެ. އުރާލައިގެން ކަހަލަ ގޮތަކަށް އަނބިމީހާ ގޮވައިގެން ބޭރު އުނދޯލިގެއަށް ނުކުތްއިރު އަނބިމީހާ ގެންގުޅެނީ ކުޑަކުއްޖަކު ގެންގުޅޭނެފަދަ ގޮތަކަށް ވަރަށް ލޯބިންނެވެ. ދުވަހަކުވެސް މިހާ ލޯބިން އަނބިމީހާ އަށް ހިދުމަތްކޮށްދިނުމުގައި ދެމިހުރި މީހަކު އަދި ނުދެކެމެވެ.
ޖަމީލުބެ ތިނަދު އަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ
މި އަލިފާނުގެ ހާދިސާއަށްފަހު ޖަމީލުބެގެ އަންހެނުން ވަނީ ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. އަލިފާނުގެ އަސަރެއް އަންހެނުންނަށް ނުކުރިކަމުގައިވިއަސް އެޑްމިޓްކުރީ މިހާދިސާގެ ސަބަބުން ފުންއަސަރުތަކެއް ކޮށްފައިވާތީކަމަށް މައުލޫމާތު ލިބެއެވެ.
..............
ނޯޓް: މި އަލިފާނުގެ ހާދިސާ ހިނގިތާ އެއްދުވަސް ފަހުން ޖަމީލުބެ ވަނީ ނިޔާވެފައެވެ. މައްޔިތާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ.










ޖަމީލުބެއަށް ރަހުމަތް ލައްވާށި އާމީން
Ahmadh beyah kahvalhuge Axaabu luikurahvai adhi suvarugayge mathi veri niumah minvarukurahvaashi Adhi Ahmadhu bayge anhenunnah kehtherikan dhevvaashi Aameen
شفا ك الله ޖަމީލުބެއައް ދެދުނިޔޭގަވެސް ހެޔޮރަޙްމަތް ލައްވާށި.امين يارب العا المين 4
Jameelbe ah avas shifa eh minvaru kurahvvaashi. Aameen 1
Mah Allah grant him a speedy recovery. 1
ޖަމީލުބެއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި… އަދި ކަމެނާއްތައަށް ކެތްތެރިކަން ދެއްވާށި… އާމީން. 6 7 1
ޖަމީލުބެއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން 2
Kehtherikan dhenyyashi 2
Avas shifaa eh minvaru kurahvvaashi eve Aameen Shafakallah 2
Jameelubeah Ava’s shifaaeh minvaru kurahvaashi adhi kamanaatha ah kehtherikan minvaru kurahvaashi Aameen 6
ޖަމީލުބެއަށް އަވަސް ޝިފާ އެއް މިންވަރު ކުރައްވާށިއެވެ 5
ޖަމީލުބެއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި… އަދި ކަމެނާއްތައަށް ކެތްތެރިކަން ދެއްވާށި… އާމީން. 9
އިންސާﷲ ޖަމީލުބެޔައްއަވަސް ޝިފާޔަކައްއެދެން ތީހާދަރަގަޅުފިރިޔެކޭ 15
Jameelbeah Ava’s shifaaeh min varu kurahvaashi 14 1
Jameelbeah Ava’s shifaaeh min varu kurahvaashi 19
Jameelbeah Ava’s shifaaeh min varu kurahvaashi 29
Jameelbeah Ava’s shifaaeh min aru kurahvaashi 49 2
ޖަމީލު ބެ އައް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އާމީން. ޖަމީލުބެ އަންހެނުންނަށް ކެއްތެރިކަން ދެއްވާންދޭވެ. އާމީން 130 4