އިންސްޓަގްރާމްގައި ހިންގަމުން އަންނަ ' ޓޮޕް މެކަރޫންސް ' ޕޭޖު ބަލާލިންހެއްޔެވެ. ތަފާތު ގިނަ ބާވަތްތަކުގެ މެކަރޫންސް ލިބެން ހުރިއިރު ޕާޓީތަކަށް 'ޑެޒަރޓް ޓޭބަލް' ރީތިކޮށްލުމަށް މިއީ ގަނެލަން ރަނގަޅު ބާވަތެކެވެ. ތަފާތު ކުލަކުލައިގެ އެކި ޑިޒައިންތަކުގެ މެކަރޫންސް ބަލާލަން އެހާމެ ހިތްގައިމެވެ.
މި ވިޔަފާރީގެ ފަހަތުގައި ހުރި ތަޖުރިބާކާރު ޕޭސްޓްރީ ޝެފް މުހައްމަދު ހަމީދު ވަނީ މިމަސައްކަތުގެ ތަފްސީލް 'ޒީޓައިމްސް' އާއި ހިއްސާކޮށްފައެވެ. ފުޅާދާއިރާއެއްގައި މާލެ ސަރަހައްދަށް އަމާޒުކޮށްގެން މެކަރޫންސް ވިއްކަން ފެށީ ކޮވިޑުގެ ދުވަސްވަރުގައެވެ.
" ފްލޭވަރޑް މެކަރޫންސް އާންމުކޮށް ލިބެން ނުހުންނާތީ ރަނގަޅު ފެންވަރެއްގެ މެކަރޫންސް ލިބޭނެގޮތެއް ހެދުމަށް މިމަސައްކަތް ފެށީ. ޗޮކްލެޓް މެކަރޫންސް ތައްޔާރު ކުރަނީ ބެލްޖިއަމްގެ ޚާއްސަ ޗޮކްލެޓެއް ބޭނުންކޮށްގެން. ދިވެހިންނާއި ގުޅޭގޮތަށް ދިވެހިވަންތަ ރަހަތައް ހިމެނުމުގެ ގޮތުން ކަށިކެޔޮ، ކަނަމަދު ހުނިހަކުރު މެކަރޫންސް ވެސް ހުންނާނެ. މީގެއިތުރުން 'ޓީ އިންފިޔުސްޑް ފްލެވަރސް'ގެ ތެރޭގައި 'ގްރީން ޓީ'، 'އާރލް ގްރޭ ޓީ' ފަދަ ބާވަތްތަކުގެ މެކަރޫންސް ހުންނާނެ". ހަމީދު ކިޔައިދިނެވެ.
މެކަރޫންސް މެނޫގައި ލޯކަލް ޕެކޭޖް، ޗޮކްލެޓް ޕެކޭޖް، ނަޓްސް ޕެކޭޖް، ފުރުޓް ޕެކޭޖް އަދި ވަގުތުން ލިބެންހުންނަ ޕެކޭޖެއް ހިމެނެއެވެ. ވަގުތުން ލިބެން ހުންނަ ބާވަތްތަކުގެތެރޭގައި ހިމެނެނީ ސްނިކަރސް މެކަރޫންސް އަދި ކަށިކެޔޮ މެކަރޫންސްގެ އިތުރަށް ރެޑް ވެލްވެޓް މެކަރޫންސް އެވެ.
ފޮރސީޒަން ރިސޯޓުގައި 12 އަހަރު މަސައްކަތް ކުރި ހަމީދު މިމަސައްކަތް ކުރަނީ 19 ވަރަކަށް އަހަރުގެ ތަޖުރިބާއާއެކުގައެވެ. ބޭނުންވަނީ ދިވެހިން އެންމެ ބޭނުންވާފަދަ ފެންވަރެއްގައި ތަފާތު ވައްތަރުގެ މެކަރޫންސް ވިއްކުމެވެ.
" އަގު ހުންނާނީ މެދު މިންވަރެއްގައި. މެކަރޫންގެ ކޮލިޓީ ހިފެހެއްޓުމަށް އެބަޖެހޭ ރަނގަޅު ފެންވަރެއްގެ ތަކެތި ބޭނުންކުރަން. އަގު ކަނޑައަޅާފައިވާނީ އެގޮތަށް ބެލުމަށްފަހު. އެހެން ވަޒީފާއެއްގައި އުޅެމުން މިމަސައްކަތް މިކުރަނީ ވަރަށް ކުރާހިތްވާ މަސައްކަތަކަށްވާތީ". ހަމީދު
ޕޭސްޓްރީ ދާއިރާއިން މީހުން ތަމްރީން ކުރުމަށް ކުލާސްތައް ވެސް ނަގައިދޭ ހަމީދު ފާހަގަކުރިގޮތުގައި ކައިވެނި ޕާޓީތަކާއި އެހެނިހެން ހަފްލާތަކަށް ޚާއްސަކޮށްގެން މެކަރޫންސް ޓަވަރ އަދި ޑެޒަރޓް ޓޭބަލަށް ޚާއްސަކޮށްގެން މެކަރޫންސް ދަނީ ތައްޔާރުކޮށްދެމުންނެވެ.
" ކޭކު އަޅާ މީހުންވެސް އޯޑަރު ދޭ. އެމީހުން އަޅާ ކޭކާއެކު އެ ޕާޓީއަކަށް ބޭނުންވާގޮތަކަށް މެކަރޫންސް ތައްޔާރުކުރުމަށް އޯޑަރުދޭ. ކަސްޓަމަރުން ބޭނުންވާގޮތަކަށް ބޭނުންވާ ޑިޒައިނަކަށް ތައްޔާރުކޮށްދެން".
ހަމީދުގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ މެކަރޫންސްތައް ގަންނަން ބޭނުންވާ މީހުންނަށް އެމީހެއްގެ ގެއާއި ހަމައަށް ލިބޭނެގޮތަކަށް މިވިޔަފާރި ކުރިއަށް ގެންދިއުމެވެ. މާލެ އަށް ހިލޭ ޑެލިވަރީ ކޮށްދޭއިރު ހުޅުމާލެ އަށް ގެންގޮސްދެނީ ކުޑައަގެއް ނަގައިގެންނެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9552170 ނުވަތަ އިންސްޓަގްރާމްގެ ' Top_Macarons ' ޕޭޖަށް މެސެޖް ކޮށްލާށެވެ. ނޫނީ އެޕޭޖަށް ވަދެ ހަމީދު ތައްޔާރުކޮށްފައި ހުރި ރީތި މެކަރޫންސްތައް ބަލާލެވިދާނެއެވެ.
މެކަރޫންގެ އިތުރަށް ހަމީދު ދަނީ 'ޓާރޓްސް'، 'ފްރެންޗް ޕޭސްޓްރީސް'، 'ގްލޫޓެން ފްރީ ކޭކު' ވެސް ތައްޔާރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު
ތިކުރަށް ވާމަސަތް ކަތައް ސާބަހާ އައްސަރިބަސް ރާއްޖެތެރައަށް ވެސް ތިލިބޭގޮތް ވެއްޖިއްޔާ ވަރަށް ރަގަޅު
ކޮމެންޓްސް ބަންދުކުރެވިފައި