Advertisement
header ad
XeeTimesXeeTimes
ހުކުރު ދުވަހު މެންދުރަށް ޗިކަން ޕާސްތާ ސެލަޑް ތައްޔާރުކޮށްލަމާ ބަދިގެ

ހުކުރު ދުވަހު މެންދުރަށް ޗިކަން ޕާސްތާ ސެލަޑް ތައްޔާރުކޮށްލަމާ

ބޭނުންވާތަކެތި:

5 ޖޯޑު ފެނުކެއްކި ޕާސްތާ

¼ ފަޅި ބެލްޕެޕަރ (ރަތްކުލައިގެ) ކޮށާފައި

Article - in content
Advertisement

1 ސައިސަމުސާ ލޮނުމެދު ޕޭސްޓް

3 މޭޒުމަތީ ސަމުސާ އަނިއަން ޕޭސްޓް

2 ޖޯޑު ކޮށާފައި ހުރި ކުކުޅުމަސް (ކައްކާފައި)

1 ސައިސަމުސާ ގިތެޔޮމިރުސް ސޯސް

5 ބޭބީޓޮމާޓޯ ދެފަޅިކޮށްފައި

1 ކެރެޓް ކޮށާފަ (ފެނުކައްކާފަ)

1 ޗިކަންކިއުބް

1 ޖޯޑުބައި މަޔޮނައިސް

1/3 ސައިސަމުސާ މުގުރި އަސޭމިރުސް

ލޮނުކޮޅެއް

އޮލިވްއޮއިލް

ތައްޔާރުކުރާނެ ގޮތް:

ތަވާ އުނދުންމައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮފޮދެއް އަޅާފަ ހޫނުވީމަ އަނިއަން ޕޭސްޓް އަދި ކެރެޓާއި ބެލްޕެޕަރކޮޅު އަޅާފައި އެއްކޮށްލާށެވެ.

މަޑުގިނީގައި ދޭފަތުން އެއްކުރަމުންދާށެވެ.

މަޔޮނައިސް ފިޔަވައި ބާކީހުރި ބާވަތްތައް އެއްކޮށްލާށެވެ. ކުޑަކޮށް ހަނާވުމުން އެއްކޮށްފައި އުނދުންމަތިން ބާލާށެވެ.

ސަރވް ކުރަންވީމާ މަޔޮނައިސްކޮޅު އެއްކޮށްފައި ސަރވް ކުރާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —