Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ސްރީލަންކަން ބިސްކަޓް ޕުޑިންގ ތަފާތުވެފަ މީރު! ބަދިގެ

ޒީޓައިމްސް ބަދިގެ: ސްރީލަންކަން ބިސްކަޓް ޕުޑިންގ ތަފާތުވެފަ މީރު!

ބޭނުންވާތަކެތި:

3 ޖޯޑު އައިސިންގ ޝުގަރ

4 މޭޒުމަތީ ސަމުސާ ކޮކޯޕައުޑަރ

Article - in content
Advertisement

1 މޭޒުމަތީ ސަމުސާ އިންސްޓެންޓް ކޮފީ

1 ޖޯޑު ބަޓަރ (އަންސޯލްޓެޑް)

ކުޑަލޮނުކޮޅެއް

1 ސައިސަމުސާ ވެނީލާ އެސެންސް

½ 1 ޖޯޑު ފްރެޝްމިލްކް

330ގ މާރީބިސްކޯދު (80 ބިސްކޯދު)

1 ޖޯޑު ކެޝޫނަޓް (ހިމުންކޮށްފަ)

 

މާރީބިސްކޯދު އެތުރުމަށްފަހު ޗޮކްލެޓް ކްރީމް ހާކާނެގޮތް

ތައްޔާރުކުރާނެ ގޮތް:

އައިސިން ޝުގަރ ފުރާނާލާށެވެ. ކޮކޯޕައުޑަރ، ދެއިނގިލިކުރިން ނެގޭ ވަރުގެ ލޮނުކޮޅެއް، ވެނީލާ އެސެންސް އަދި އައިސިން ޝުގަރ މިކްސްޖަރު ތައްޓަށް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ބަޓަރ އަދި ކޮފީ އެޅުމަށްފަހު މިހުރިހާ ބާވަތެއް ރަނގަޅަށް އެއްކޮށްލާށެވެ. މިކްސްޖަރުގައި ފަސްވަރަކަށް މިނިޓަށް އެއްކޮށްލުމުން ހުންނާނީ ޗޮކްލެޓް ކްރީމީ ސްމޫތީއެއްގެ ގޮތަށެވެ. ބިސްކަޓް ޕުޑިންގ ތައްޔާރު ކުރަންވީމަ ނަގާގޮތަށް ތައްޔާރުކުރި ޗޮކްލެޓް ކްރީމް ބަހައްޓަންވާނީ އައިސްއަލަމާރީގަ އެވެ.

ފްރެޝްމިލްކް ތައްޓަކަށް އަޅާށެވެ. މާރީބިސްކޯދު އެއަށް އެޅުމަށްފަހު ފޯކުރަމުން ތައްޓެއްގައި ބިސްކޯދުތައް އަތުރާލާށެވެ. އެއަށްފަހު ބިސްކޯދުތައް މަތީގައި ތައްޔާރުކުރި ޗޮކްލެޓް ކްރީމް ހާކާށެވެ. އަދި އަނެއްކާވެސް ބިސްކޯދުތައް އަތުރާލާށެވެ. މިގޮތަށް ޗޮކްލެޓް ކްރީމް ހާކަމުން 4 ވަރަކަށް ލޭޔަރ އަށް ބިސްކޯދު އެތުރިދާނެއެވެ. އެންމެފަހުން އެތުރި ބިސްކޯދުތައް މަތީގައި ޗޮކްލެޓް ކްރީމް ހޭކުމަށްފަހު އޭގެމައްޗަށް ހިމުންކޮށްފަ ހުރި ކެޝޫނަޓް އަޅާށެވެ. އައިސްއަލަމާރީގައި ބަހައްޓައިގެން 4 ގަޑިއިރު ރަނގަޅަށް ފިނިކޮށްލާށެވެ. ރަހަ ވަރަށް މީރުވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —