އެއްސަހަރެއްގައި އުޅުނު ހަސަންފުޅު ކިޔާ މީހެކެވެ. މީނާއަކީ ކުކުޅު ގެންގުޅެމުން އައި ވަރަށް ހީވާގި މީހެކެވެ. މީނާގެ މަސައްކަތަކީ ގޭގައި ކުކުޅުކޮށި ބަހައްޓައިގެން ކުކުޅަށް ކާންދީ ކުކުޅު ބިސް އަޅުވައިގެން ކުކުޅުބިސް ވިއްކުމެވެ. ހަސަންފުޅަކީ ހަޔާތުގެ ބައިވެރިއެއްވެސް ނެތް މީހަކަށްވާތީ އޭނާގެ އުފަލަކީވެސް މަސައްކަތަކީވެސް އޭނާ ގެންގުޅޭ ކުކުޅުތަކެވެ.
އެއްދުވަހަކު ހަސަންފުޅު ނަމާދަށްގޮސް ހުއްޓާ ދިމާވި ހަސަންފުޅުގެ ރަހުމަތްތެރިޔާ ހަސަންފުޅާ ދިމާލަށް ބުންޏެވެ. ހަސަންކުޅާއެވެ. ކަލޭ ކުކުޅު ގެންގުޅުން ހުއްޓާލާފައި ތިމަންނައާއި އެކު މަހަށްދާން ހިނގާށެވެ. އެކަމަކު ހަސަންފުޅު މިކަމަކާ އެއްބަހެއް ނުވިއެވެ. ހަސަންފުޅުގެ ރަހްމަތްތެރިޔާ އާއި ދިމާލަށް ބުންޏެވެ. ކަލޭ ތިމަންނަ ކުކުޅުގެންގުޅޭތީ އެކަމާ ނުރުހެނީ ހެއްޔެވެ. ހަސަންފުޅަކީ އެރަށުގެ އެހެން މީހުންނާ އަޅާ ބަލާއިރު ވަރަށް މުއްސަނދިވެސް މީހެކެވެ. ހަސަންފުޅުގެ ކުކުޅު ގެންގުޅުމުގެ މަސައްކަތަކީ އެހެން މީހުންނަށް ކުރަން އެހާ ފަސޭހަކަމެއް ނޫނެވެ. ވަރަށް ބުރަ ވަރަށް ކެތްތެރިވެގެން ކުރެވޭ ކަމަކަށްވާތީ އެކަން ކުރެވޭނީ ހަސަންފުޅަށް އެކަންޏެވެ.
ދުވަސްގަނޑެއްފަހުން ހަސަންފުޅު ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ހަސަންފުޅަށް ދިމާވެގެން އުޅޭ ކަމެއްވެސް ބުނެދޭކަށް ނޭނގެއެވެ. ރަށު ހޮސްޕިޓަލުން ވާނުވާ ނޭނގިގެން މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާދިނެވެ. މިކަމާ ހަސަންފުޅު ވަރަށް ކަންތައް ބޮޑުވެއްޖެއެވެ. އަދި އެންމެ ބޮޑަށް ހަސަންފުޅު ދެރަވަނީ ކުކުޅުތަކަށް ވެދާނެ ގޮތެއް ނޭނގޭތީއެވެ. ހަސަންފުޅުގެ އާއިލާ ބަލަހައްޓަނީވެސް ކުކުޅުބިސް ވިއްކައިގެން ލިބޭ ލާރިންނެވެ. ހަސަންފުޅުގެ ބައްޕަ ބުންޏެވެ. ދަރިފުޅާއެވެ. ބައްޕަގެ ބޮޑުބޭބެއާއި ގޯތި ހަވާލުކޮށްފައި ދަރިފުޅު ގޮވައިގެން ބައްޕަ ހިނގައިދާނަމެވެ. އެކަމާ ހަސަންފުޅު އެއްބަސް ނުވިއެވެ. ހަސަންފުޅު ބޭނުންވީ ހަސަންފުޅަށް އިތުބާރު ހިފޭ ރައްޓެއްސަކާއި ކުކުޅުތައް ހަވާލު ކުރާށެވެ. އެހެންކަމާއެކު އެކަމާ ހަސަންފުޅުގެ ބައްޕަ ދެކޮޅެއް ނުހެދިއެވެ. ހަސަންފުޅުގެ ރައްޓެހި އަލިބެއާއި ހަވާލުކޮށްފައި ހަސަންފުޅުގެ ބައްޕަ ހަސަންފުޅު ގޮވައިގެން މާލެ ހިގައްޖެއެވެ.
ހަސަންފުޅުގެ ބަލި ހާލަތު ރަނގަޅުވަމުން އަންނާތީ ހަސަންފުޅު ބޭނުންވީ އަވަހަށް ރަށަށްދާށެވެ. ހަސަންފުޅުގެ ރައްޓެހި އަލިބެއަކީ ރުޅިގަދަ މީހަކަށްވާތީ އެކަމާވެސް ހަސަންފުޅު ވިސްނައެވެ. ރުޅިއައިސްގެން ކުކުޅުތަކަށް ދެރަކޮށް ކަމެއްކޮށްފާނެބާވައޭވެސް ހިތަށް އަރައެވެ. ކޮންމެއަކަސް އަލިބެ ސާފުކޮށްފައި އޮންނަ ގޯތިތެރެ ކުކުޅުތައް ހަޑިކުރާތީ ވަރަށް ރުޅިގަދަވެގެން ކުކުޅުތަކާއި ދިމާލަށް ބުންޏެވެ. ކަލޭމެންތޯ ތިމަންނަތޯ މޮޅީ ބަލާލާނަމެވެ. ގޯތިތެރެ ހަޑިނުކުރާން ބުނީމަ ގޯތިތެރެ ނުކޮށްނާށޭ ބުނީމަވެސް އަޑެއް ނޭހީމުތާއެވެ. އެހެން ކިޔާފައި އައިސް ހުރިހާ ކުކުޅެއްގެ ފައިތައް ބުރިކޮށްލީއެވެ. އަދި ބުންޏެވެ. ދެން ނިކަން ގޯތިތެރެ ކޮނެބަލާށެވެ. މިއަޑު ޖެހިގެންހުރިގޭ ފާތުމައަށް އިވިގެން އައިސް ރޯގޮވައިގަތެވެ. އަދި ބުންޏެވެ. ހެޔޮވާނީ ކިހިނެއްހެއްޔެވެ. ހަސަންފުޅު ކަލެއަށް ކުރި އިތުބާރު ކޮބާހެއްޔެވެ. ދެން ކުކުޅުތަކުން ހަސަންފުޅަށް ކުރާނެ މަންފާއެއް އޮންނާނެ ހެއްޔެވެ. މިވާހަކައިގައި ތިއްބާ ހަސަންފުޅު ގެއަށް ވަނެވެ. މިމަންޒަރު ފެނިފައި ހަސަންފުޅު އަޑުން އަޑުނަގައި ރޯންފެށިއެވެ. އަދި ބުންޏެވެ. ބައްޕަގެ ބަސް އަޑުއެހުނު ނަމަ މިހެން ނުވީސްތާއެވެ. ރައްޓެއްސަކަށް އިތުބާރު ކުރުމުގެ ނަތީޖާއަކީ މީތާއެވެ. މައިންބަފައިންގެބަސް ނޭހުމުގެ ނަތީޖާ އަދި މާހިތިވެއްޖެއެވެ.