Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ހުކުރު ދުވަހު މެންދުރަށް ބަކަރިމަސް ތައްޔާރުކުރެވިދާނެ މީރު ގޮތެއް ބަދިގެ

ޒީޓައިމްސް ބަދިގެ: ހުކުރު ދުވަހު މެންދުރަށް ބަކަރިމަސް ތައްޔާރުކުރެވިދާނެ މީރު ގޮތެއް

ބޭނުންވާތަކެތި:
600ގ ބަކަރިމަސް (ކޮށާފައި)
4 ފިޔާ ހިމުންކޮށް ކޮށާފައި
3 ހިކަނދިފަތް
1 ސައިސަމުސާބައި މަސްޓަރޑް ކްރީމް
1 ޖޯޑު ކަރީޕޭސްޓް
½ ޖޯޑު ޕީލްޑް ޓޮމާޓޯ
2 ރޯޓޮމާޓޯ ކުދިކޮށް ކޮށާފައި
1/3 ސައިސަމުސާ މުގުރި ރީނދޫ
10 ރާނބާފަތްކޮޅު ބައިއިންޗި އަށް ބުރިބުރިކޮށްފައިހުރި
3 ޖޯޑު ކާށި ބޯކިރު
1 ފަޅި ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައިހުރި
1/3 ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
1 ސައިސަމުސާބައި މުގުރި ދިރި
2  މޭޒުމަތީސަމުސާ ރާޅުކޮށް ތަޅާފައިހުރި ހިކިމިރުސް
1/2 ޖޯޑު ޓޮމާޓޯ ޕޭސްޓް
1 މޭޒުމަތީ ސަމުސާ ލޮނުމެދު އިނގުރު ޗިސްކޮށްފައިހުރި
1 ޗިކަންކިއުބް
ތެޔޮފޮދެއް
ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ލޮނުކޮޅަކާއި ރީނދޫ ކޮޅެއް ލައިގެން ބަކަރިމަސްކޮޅު މަޑުކޮށްލާށެވެ. އެއަށްފަހު ތަވާ އުނދުން މައްޗަށް އުދާލާށެވެ. ކުޑަ ތެޔޮފޮދެއް އަޅާށެވެ.
ހޫނުވީމާ ފިޔާ، ހިކަނދިފަތް، މިރުސް، ރާނބާފަތް އަދި ރީނދޫކޮޅު އަޅާފައި ހަނާކޮށްލާށެވެ. ބަކަރިމަސް ވެސް އެއްކޮށްލާށެވެ.
ދެން ކަރީ ޕޭސްޓް، 2 ޖޯޑު ކިރުގައި ގިރާލާފައި މަސްޓަރޑް ކްރީމް، ޓޮމާޓޯ، ޕީލްޑް ޓޮމާޓޯ އަސޭމިރުސް، ލޮނުމެދު، އިނގުރު، ޗިކަންކިއުބް، ދިރި، މުގުރި ފޮނިތޮށި، ކާފޫރުތޮޅި، ޓޮމާޓޯ ޕޭސްޓް އެއްކޮށް އަޅާފައި ރޯފިލަންދެން ކައްކާށެވެ.
ބާލަންވީމާ ބާކީހުރި ކިރު އެއްކޮށްލާށެވެ. ލޮނު ހެޔޮވަރު ކޮށްލާށެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —