Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ރޯސް ކްރީމް ރޯލްސް ބަދިގެ

ޒީޓައިމްސް ބަދިގެ: ރޯސް ކްރީމް ރޯލްސް

ބޭނުންވާތަކެތި:

2 ޖޯޑު ފުށް
4 ޖޯޑުބައި ފެން

ރޯސް ކްރީމް ތައްޔާރުކުރުމަށް:

Article - in content
Advertisement

2 މޭޒުމަތީސަމުސާ ކޯންފްލަރ
2 ޖޯޑު ބައި ދިޔާ މިލްކް
ރަހަ ހިފާވަރަށް ރޯސް ސިރަޕް
½ ޖޯޑު ގެރިކިރު

ތައްޔާރުކުރާނެ ގޮތް:

ކޯންފްލަރ ދިޔާ ކިރުގައި ގިރާފައި އުނދުން މައްޗަށް އުދާލާށެވެ.
މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން އެއްކުރަމުން ކައްކާށެވެ.
ރޯފިލުމުން ކުލަހިފާ ވަރަށް ރޯސް ސިރަޕް އަޅާފައި ކައްކާށެވެ.
ގެރިކިރުވެސް އެއްކޮށްލާށެވެ. އުނދުންމަތިން ބާލާށެވެ.

ފުށާއި ފެން އަޅާފައި ތުނިކޮށް ފެންފޮޅި ފިހޭވަރަށް ފުށްގަނޑު ގިރާލާށެވެ.
އެކި ކުލަ ޖައްސާފައި އެމީހަކު ބޭނުން ކުލަޔަކަށް އެކުލަޔަކާއި ގުޅޭ ކްރީމެއްވެސް ލެވިދާނެ އެވެ.

ތަވާ އުނދުންމައްޗަށް އުދާލާފައި ތަވާ ހޫނުވީމަ ފޮޅި ފިހަން ތައްޔާރުކުރި ފުށްގަނޑުން އެތިކޮޅެއް އަޅާލުމަށްފަހު އެއްފުށް ފިހެވުނީމަ އޭގެ މައްޗަށް 'ރޯސް ކްރީމް' ދިގަށް އަޅާފައި ރިހަފޮޅި ފިހާ ގޮތަށް ފިހެލާށެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —