Advertisement
header ad
XeeTimesXeeTimes
ޒީޓައިމްސް ބަދިގެ: ލެމަން ކޮކްނަޓް ކޭކް ވިތް ޔޯގަޓް ބަދިގެ

ޒީޓައިމްސް ބަދިގެ: ލެމަން ކޮކްނަޓް ކޭކް ވިތް ޔޯގަޓް

ބޭނުންވާތަކެތި:

2 ބިސް

½ ޖޯޑު ހަކުރު

Article - in content
Advertisement

½ 3 މޭޒުމަތީސަމުސާ ކާށިތެޔޮ ނުވަތަ ސަންފްލަވަރ ތެޔޮ

5 މޭޒުމަތީސަމުސާ ޔޯގަޓް (ކޮކްނަޓް ޔޯގަޓް)

3 މޭޒުމަތީ ސަމުސާ ލުނބޯޖޫސް

1 ޖޯޑު ފުށް

1/3 ޖޯޑު ކާށިހުނި

1 ސައިސަމުސާގެ ލުނބޯތޮށި (ހިމުންކޮށް ގާނާފައި)

½ 2 ސައިސަމުސާ ބޭކިންގ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް:

ބިސް އަދި ހަކުރު އެއްކުރުމަށްފަހު ފޮނުއަރަންދެން ގިރާށެވެ. އެއަށްފަހު ޔޯގަޓް އަދި ތެޔޮ އެޅުމަށްފަހު އެއްކޮށްލާށެވެ. ލުނބޯޖޫސް އަދި ލުނބޯތޮށި ވެސް އެއްކޮށްލާށެވެ. ފުށް، ކާށިހުނި އަޅާފަ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބޭކިންގ ޕައުޑަރ އަޅާފަ އެއްކުރުމަށްފަހު ޓްރޭއަކަށް އަޅާށެވެ.

އަވަން ހޫނުވުމުން ޓްރޭ އަވަނަށް ލުމަށްފަހު 35-40 މިނިޓަށް ފިހެލާށެވެ.

ކޭކުގެ މަތީގައި ބޭނުންނަމަ ކްރީމް ޗީޒް ހޭކިދާނެއެވެ. 100ގ ކްރީމް ޗީޒް އަށް 2 ސަމުސާ ހަކުރާއި ލުނބޯޖޫސް އެއްކުރުމަށްފަހު ކޭކުމަތީގައި ހާކާލެވިދާނެއެވެ. ކޭކުމަތީގައި ބޭނުންނަމަ ލުނބޯގެ ތޮށި އަދި ކާށީގެ އެތިއެތިކޮޅުވެސް އަތުރާލެވިދާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —